އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ދުވަހަކުވެސް ދިވެހި ފުލުހުންނާއި ސިފައިންނާއި ކުރިމަތިނުލާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަދުރޭ މިގޮތަށް ވިދާޅުވެފައި މިވަނީ، އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ކުރިޔަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން ބަޔަކު ފުލުހުންގެ ގަޔަށް ކުޅުޖަހާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ހަމީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި އަދުރޭ ވިދާޅުވެފައި ވަނީ، ފުލުހުންނާއި ސިފައިންނަކީ އިދިކޮޅު ފަރާތްތަކުގެ އިޚްތިރާމާއި ލޯތްބާއި ޤަދަރު ލިބިގެންވާ ދެ މުއައްސަސާ ކަމަށެވެ. އަދި ދިވެހި ސިފައިންނާއި ފުލުހުންނަށްޓަކައި އަބަދުވެސް ފަޚުރުވެރިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ޕީޕީއެމް/ޕީއެންސީ އިން ދުވަހަކުވެސް ދިވެހި ފުލުހުންނާ ދިވެހި ސިފައިންނާއި ކުރިމައްޗެއް ނުލާނެ. އެއީ އަޅުގަނޑުމެންގެ އިޚްތިރާމާއި ލޯތްބާއި ޤަދަރު ލިބިގެންވާ ދެ މުއައްސަސާ. ދިވެހި ސިފައިންނާ ފުލުހުންނަށްޓަކައި އަޅުގަނޑުމެން އަބަދުވެސް ފަޚުރުވެރިވަމު،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިފަދައިން ވިދާޅުވިއިރު، ފުލުހުންގެ ގަޔަށް މިރޭގެ މުޒާހަރާ ތެރެއިން ކުޅު ޖަހާފައިވަނީ މުޒާހަރާގެ ބައިވެރިން ނޫން ކަމަށް ނައިފަރު ދާއިރާގެ މެމްބަރު، އަހުމަދު ޝިޔާމްވެސް ވަނީ ވިދާޅުވެފައެވެ. ޝިޔާމް ވިދާޅުވީ، މުޒާހަރާގެ ބައިވެރިން ފުލުހުންގެ ގަޔަށް ކުޅުޖެހި ކަމަށް ބުނެ ސީޕީ ޙަމީދު ޖައްސަވަނީ ސިޔާސީ ސްޓަންޓެއް ކަމަށެވެ.

މިރޭގެ މުޒާހަރާގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝިޔާމް ވަނީ، ފުލުހުންގެ ގަޔަށް ކުޅު ޖެހި މައްސަލަ ކުއްވެރިކޮށް، އެ އަމަލު ހިންގި ފަރާތް ހައްޔަރު ކުރުމަށްވެސް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ލާމްގަމު

    ދޮގު ހަދާ ކަލޭގެ. ކަލޭމެންގެ މަގުސަދަކީ ފުލުހުން މަގުތަކަށް ނެރެ އެމީހުންނަށް ކޮރޯނާ ޖެއްސުން. ކަލޭމެން ފަޅު ރަށަކަށްދޭބަލަ މުޒާހަރާ ކުރަން. ނޫނީ ތިހާ އެއްވާ ހިއްވަންޔާ ހައްޖަ ދޭބަލަ ކަލޭމެންގެ ވަގު ލީޑަރުބުނާގޮތަށް.

    8
    18
    • Anonymous

      މޑޕ މީހުން ވަރަށް ތާހިރު ތިވާހަކަ ދައްކަން. އެއްވާ ހިއްވެޔޯ. ހަހަ. ހާދަހާވާ ބިރެއް ގަނެޔޭ ދޯ. ގުންޑާ ގްރޫޕް

  2. ބަދުރޭ

    ކުރިމައްޗެއް ނުލާ ފުލުހުން ފެނުމުން ބިރުން ގޯޅި އަޅައިގެން ފިލަމުން ދުވަނީ ?? ހައްޕުނޑުޖަހަން ކާކު ދަަސްކޮށްދިނީ ޔާމިނުތަ؟

    7
    18
    • Anonymous

      ބޮޑު ވަޒީރުގެ ތަޅާނެ ކުދިން ކޮޅެއް ނެތޭ ޕޕމ އަކު. ދެން ކީއްބާ އަހަރެމެން ކުރަންވީ

      5
      1
  3. ހަތް ޕުނޑޭ

    ! ކުޅު ޖެހީ މާ ވެސް ޓުވިޓު ކުރަނީ ފިޔަވަޅު އަޅަކާށް ނުކެރޭ@ އެހެންވީ މާ ޓިނު ޖެހީ

  4. އާދަމްބެ

    މުޒާހަރާޖެއްސީމަ ހަޖަމެއްނުވާނެ.

    6
    1
  5. Anonymous

    ޢަސްލުވާގޮތަކީ ދިވެހިން ބަންގާޅިންނާތަފާތުވުވުން ސިފައިނާފުލުހުން ބާންގާޅިން ގާ އުކައިގަތުމުން ދުވެ ފިލާ ފަތަށްޖެހޭ އެކަމަކު ދިވެހި މީހާ ބޭނުމެއްނުވޭ ފުލުހުންނާކުރިމަތިލާ އަނިޔާދޭކަށެއް ދިވެއްސަކަށްވިތީ އޭގެ ނާޖާއިޒްފައިދާނަގާނީ ސިއްކަ ދަނބިސޮރު ދިވެހިންނާ ދިވެހިންނާ ޖައްސުވާ ދަތްބާރު ކުރުވަނީ މި ފުލުހުން ހޭވެރިވެ ވިސްނާލަން ޖެހޭކަމެއް ދިވެހިން ބޭނުމެއްނުވޭ ބުއްޅަގެ އޯޑަރަށް ފުލުސް ކުދިންނަށް ކުރީގަ ތަޅަާނެ ކުދިން ކޮޅެއް ހޯދައިގެން ތަޅާކަށެއް ދިވެހިން ދިވެހިންނާ ނުތަޅާ ބުއްޅަވަނީ އޭނަގެ މީހުން ލައްވާ ދިވެހިން ދިވެހިންނާ ތަޅުވާފައި އެވީޑިއޮތައް ބަލާބަލަ

  6. ބަދުރޭ

    ތިބުނީ ރަނގަޅަށް ޕޕކުދިން ނިކުތީ ފުލުހުން ނާއި ކުރިމަލާކަށް ނޫނޭ ބަދުރޭ އެހެންވެދޯ ފުލުހުން ގަޔަށް ހައްޕުޑު ޖެހީ ބަދުރޭމެނަށް ތީހަމަވާނެވަރު ބަދުރޭމެން ކުރާކޮންމެ ކަމެއްތިކުރަނީ އަންނިދޭއެތިކޮޅުގެވަރުތިބެ އެހެވީމަ ބަދުރޭމެނަކަށް ނޭނގޭނެ ވާނުވާއެއް ދެންވެސް ވާނުވަގައި ތިބެ ކޮމެންޓުޖަހާތި ބަދުރޭ ކޮމެންޓް!