އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ މިރޭ ކުރިޔަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން، ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރި މައްސަލަ އިދިކޮޅު ކޯލިޝަނުން ކުށްވެރި ކޮށްފިއެވެ.

މިކަން ކުށްވެރިކޮށް ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ދިވެހި ރައްޔިތުންގެ ބަޔަކު އިސްވެތިބެ މިރޭ ކުރިޔަށްގެންދިޔަ ސުލްޙަވެރި އިހުތިޖާޖުގައި، ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް ޕެޕަރ ސްޕްރޭ ޖެހި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އަދި ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމާއި، ޚިޔާލު ފާޅުކުރުމުގެ ހައްޤު ސުލްޙަވެރިކަމާއެކު ބޭނުންކޮށް ޝުޢޫރު ފާޅުކުރަމުން ގެންދަނިކޮށް އެއްވެސް އިންޒާރެއް ދިނުމެއްނެތި ފުލުހުން ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށް އިއިކޮޅުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

"އަދި ބައިވެރިންގެ ތެރެއަށް ޕެޕަރ ސްޕްރޭ ޖަހައި، އަނިޔާވެރިކޮށް އިހުތިޖާޖުގެ ބައިވެރިން ހައްޔަރުކޮށްފައި ވާކަންވެސް ފާހަގަކުރެވެއެވެ. އޭގެތެރޭގައި މި ކޯލިޝަނުގެ ކައުންސިލް މެމްބަރު، އަހުމަދު ނަރީޝް ވެސް ހިމެނެއެވެ. އެހެންކަމުން މި އިހުތިޖާޖުގެ ތެރޭގައި އަނިޔާވެރިކަމާއެކު ހައްޔަރުކުރި ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލަމެވެ." އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން އިތުރަށް ބުނެފައި ވަނީ، ފުލުހުން އިހުތިޖާޖުގެ ބައިވެރިން ދުރަށް ޖެއްސުމުގައި، އިހުތިޖާޖުގައި ބައިވެރިވި ގިނަ ރައްޔިތުންތަކަކަށް އަނިޔާވެ، ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު، މުޙައްމަދު ސަޢީދަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.

މިކަން ކުށްވެރިކޮށް އިދިކޮޅުން ވަނީ، ސުލްޙަވެރިކަމާއެކު އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤަށް ހުރަސް ނޭޅުމަށް ސަރުކާރަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަންގު

    ޕާޓީ މިނިވަން މެދުމިން މީހުންނަށް ދީންދަސްކުރައްވާ
    މިފަދަ މަތިވެރި ހައްޖުމަހު 10 ދުވަސް ތަކުގެ ރޭތަކުގައި މަގުތަކަށް ނުކުމެ ހަޅޭއްޖަހާ މީހުންނަށް އުނދަގޫކޮއް ހެދުމީ ކިހައި ނުބައި ލާދީނީ އަމަލެއްތޯ ،

  2. ޢަހުމަދު ނަސީރު

    ބަގުލަދޭޝް އިއްޒައްތެރިން ނިކުތީމަ ފިރުމާނީ ދިވެހިދަރީން މަގުތަކައް ނިކުތީމަ ކަރުނަގޭސް ހާއި ރަބަރު ވަޒަން ބޭނުން ކުރާނެ މިސަރުކާރުން ގޮޑިކޮއްކޮ ސަރުކާރެވިއްޔާ........

    9
    1
  3. Anonymous

    ބަންގާޅީން ނިކުތީމާ ފެޔަށްޖެހި ފުލުހުންގެ ބާރެއްވެސް ނެތް ކަރުނަގޭސްވެސް ނެތް. ރައިޓް ގިޔަރެއްވެސް ނެތް. ދިވެހިންނަށް ވީމާ ހުރިހާ އެއްޗެއް އެބަހުރި.
    މިކަމުން އެނގެނީ އެއީ އަދުގެ ސަރުކާރުގެ އިސްބައެެއްގެ ރޭވުމަށް ބަންގާޅީން ލައްވާ ޖައްސުވާ ސްޓަންޓެއްކަން

    11
    1