ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ހަމީދު އުޅުއްވަނީ ސިޔާސީ ސްޓަންޓު ޖައްސަވަން ކަމަށާއި، އެކަން އެގޮތަކަށް "ނުހިނގާނެ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު، އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިގޮތަށް ވިދާޅުވެފައި މިވަނީ، މިރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިޔަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން، އިހުތިޖާޖުގެ ބައިވެރިންތަކެއް ފުލުހުންގެ ގަޔަށް ކުޅު ޖަހާފައިވާ ކަމަށް ވިދާޅުވެ ސީޕީ ހަމީދު ޓްވީޓު ކުރެއްވުމާއި ގުޅިގެންނެވެ.

އެ ޓްވީޓުގައި ސީޕީ ހަމީދު ވަނީ، އިހުތިޖާޖުގެ ބައިވެރިން ކުޅުޖެހި ކަމަށްބުނާ ފުލުހެއްގެ ފޮޓޯވެސް އާންމުކުރައްވާފައެވެ. އެ ޢަމަލު ކުށްވެރި ކުރައްވަމުން އޭނާ ވިދާޅުވީ އިހުތިޖާޖުގެ ބައިވެރިން ދެ ފުލުހެއްގެ ގަޔަށް ކުޅުޖަހާފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން، ސީޕީ ހަމީދުގެ ޓްވީޓު ރީޓްވީޓު ކުރައްވަމުން ޝިޔާމް ވިދާޅުވެފައި ވަނީ، މާލެ ވަށައިގެން ސީސީޓީވީ ކެމެރާ ހުންނާނެ ކަމަށާއި، ކެމެރާތައް ބައްލަވާފައި އެ މުޑުދާރު ޢަމަލު ހިންގި ފަރާތްތައް ހައްޔަރު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

މިރޭގެ އިހުތިޖާޖުގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝިޔާމް ވިދާޅުވީ، ފުލުހުންގެ ގަޔަށް ކުޅު ޖެހީ އިހުތިޖާޖުގެ ބައިވެރިން ނޫން ކަމަށާއި އެއީ ބަޔަކު ރާވައިގެން ހިންގާފައިވާ ޢަމަލެއް ކަމަށެވެ. އަދި އިހުތިޖާޖް ފެށުމުގެ ކުރިންވެސް މިފަދަ ޢަމަލެއް ހިނގަން އުޅޭކަން ފުލުހެއްގެ ފަރާތުން މަޢުލޫމާތު ލިބުނު ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އިހުތިޖާޖު ފެށުމުގެ ކުރިން 20:22 ގައި ފުލުސް އޮފިސަރަކު އަޅުގަނޑު ޗާންދަނީ މަގު ދުވާރު މަތީ ހުއްޓާ ވަޑައިގެން ވިދާޅުވީ، ސަރ މެން މިރޭ ނިންމާފަ އޮތީ ކުޅު ތަޅަން ކަމަށް މަޢުލޫމާތު ލިބެއޭ. އަޅުގަނޑު ދެންނެވިން އަޅުގަނޑުމެންނަކީ ދިވެހި ފުލުހުންނަށް ވަރަށް އިޚްތިރާމްކުރާ ބައެކޭ. އެފަދަ ކަމެއް ކުރާނެ އަދި އެފަދަ ކަމަކަށް ހިއްވަރު ދޭނެ ބައެއްވެސް ނޫނޭ ޔަޤީންކުރައްވާށޭ،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، މިކަމުން މިއީ ބަޔަކު ރާވައިގެން ހިންގި، އަދި ފުލުހުންނަށްވެސް ކުރިން މަޢުލޫމާތު ލިބިފައި އޮތް ކަމެއްކަން ޔަޤީންކުރެވޭ ކަމަށެވެ. އެހެންކަމުން މިކަން ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޢަލީ

    އަހަރެން އަކީ ޕީޕީއެމް އަށް ތާއީދުކުރާ މީހެއްނޫން، އެކަމަކު ގަބޫލެއް ނުކުރަން ތިކަހަލަ އަމަލެއް އެމީހުން ކުރާނެކަމަށް، އަބަދުވެސް ފުލުހުނަށް ވަރަށް އިހްތިރާމްކުރާ ބައެއް ޕީޕީއެމް އަކީ، ތީ ސީދާ އެމްސީ ހަމީދުގެ ރޭވުމެއްކަން ޔަގީން، މުޒާހިރާއާއި ދެތެރޭ ނަފްރަތު އުފެދުމައް ކޮށްފަހުރި ކަމެއްކަން ޔަގީން

    92
    10
  2. މަނިކު

    ކުޅުޖެހުމުގެ ޢަމަލު ހިންގީ އެންސީ ހަމީދުރާވައިގެން އެހެން ފުލުހަކުވެސްވަނީ މިކަމުގެ މަޢުލޫމާތު ދީފައި

    79
    4
  3. ތައްޚާން.

    ހަމީދު އާވާނެ އަދި، ތިއުޅެނީ 2008 ގަ 2020 ށް އާދޭ. ޥިސްނާލާ ލޮބުވެތި ފުލުހެންނޭ ތީ މިއުޅޭ ލާދީނީ ބައިގަޑުގެ މުޒާހަރާއެއްނަމަ ތިގޮތަށް ވަދެގަންނާނަންތަ؟ ނުވަންނާނެ ހަމަ ޔަޤީން. އެއީ އެގްރޫޕް ކޮންމެފަދަ ނުބައި ކަމެއްވެސް ކޮށްފާނެކަން ފުލުހުންނަށް އެގޭތީ.

    73
    2
  4. ސަންގު

    ޕީޕީ ކުދިންނަކީ ކަޅުތެޔޮ ޖެހުމާ ތަނތަނުގެ ބިއްލޫރި ތެޅުމާ ޓީވީ ސްތޭސަންތަށް ރޯކުރުމާ އަދި މުޒާހިރާ ތެރެޔައް ގްރޫޕް ވައްދާ ހަމަނުޖެހުން ހިނގުމުގެ ތަޖުރިބާ ހުރި ޕާޓީ އެއް.

  5. ޙހހހ

    ބަލަ އެ މްޑީ ހަ މީދު ، ތިބޭފުޅާ ޕާޓީކުރެއްވި ފޮޓޯ ތިގޮތަށް ޓްޥީޓްކޮށްލަބަލަ ، މުޑުދާރު އަ މަލެކޭ ޖަހާފަ ،

    8
    1
  6. ސަރުބަތު

    ސިޔާ މް ހަ މީދުއާއި ހަ މައައް އަންނަން އަދި 100 އަހަރު ބޭނުންވާނެ. 5 އަގަރު ހަ މަވީމ މަ ތިނި މުނީ. ނޯ އެކްސްޕީރިއެންސް ނޯ ޕޮލިޓިކްސް.

    1
    6
  7. ސަޓޯ

    އެމްޑީޕީ މީހުން ތިކަހަލަ ހަޑި މުޑުދާރު ކަންތައް ކުރާނީ

    21
    1
  8. ސުންޕާ---

    ކަލޭ މާ ބޮޑަށް ފުއްޕާނެ ކަމެއް ނެތް! ހުރިހާ ބާޣީން ހިފާ ހައްޔަރުކުރުން އެބަ އޮތް

    9
    4
  9. އާދަމްބެ

    ހަޖަމެއްނުވާނެ. ރޔ މިނިވަން ކުރޭ ވަގުސަރުކާރު

    15
  10. ނަައީމް

    އައްނިގެ ބާރުގެދަށައް ވެރިކަންދާ ކޮންމެފަހަރަކު ސިފައިންނާއި ޕޮލިހުންގެ އަގުވައްޓާލުމަށް ތިފަދަ އެތަކެއް މަސައްކަތެއްކުރޭ ހަގީގަތުގަވެސް ޕީޕީއެމް /ޕީއެންސީ ސަޕޯޓަރުން އަދިއިސްސަފުގަ ތިއްބަވާ ބޭފުޅުން ހަޑިހުތުރު އަމަލު ހިންގުމަށް ހިއްވަރެއނުދޭނެ ކެމެރާ އިން ރީތިކޮށް ފެނޭ ކާކުކަން ފިޔަވަޅުއަޅާ ނަމާއި ޕާޓީ ހާމަކުރޭ ސަރުކާރުހިންގާޕާޓީގެ ޕާޓީކުއްޖެއް

    18
  11. އަހްމަދު

    ވަރަށް ރަނގަޅުވާހަކައެއް ޝިޔާމް ތިޔަ ވިދާޅުވީ!

    14
    1
  12. Anonymous

    ކުރީގައި ޕޮލިހުންގާގައި ތަޅާ އެމީހުންނަށް ދިރިއުޅުމަށް ދަތިކޮށް އެމީހުންގެ އާއިލާތައް ބަދުނާމުކުރިމީހުން މިއަދުގެ ސަރުކާރުގެ އިސްސަފުގައި ހަމީދުވެސް ދިވެހިންނާ ދިވެހިން ޖައްސާ ދެކޮޅުވެރިކުރަން މަސައް ކަތްނުކުރޭ ޕޮލިހުން ހޭލާ މުޝްތަޝްގުންގެ ދަލުގާނުޖެހޭ

    11
  13. ސަމަންދަރު

    ޕީޕީއެމްގެ ސަޕޯޓަރުންނަކީ ފުލުހުންނަށް އިހުތިރާމް ކުރާބައެއް ފުލުހުންނަކީ ޕީޕީއެމް ސަޕޯޓަރުންނަށް އަބަދުވެސް އިހުތިރާމް ކުރާބައެއް ތިފަދަ ނާތަހުޒީބު އަމަލެއް ނުހިންގާނެ ތިޔައީ ލާދީނީންގެ ރޭވުމެއް ކިތަންމެވަރަކަށް ފަނިކުރަން އުޅުނަސް މުޒާހަރާތަށް ދާނީ ވަރުގަދަވެ ހަށްގަށް ނަސްރުލިބެމުން އިންޝާ ﷲ.

    15
    1
  14. ކަހުރަބު

    ﷲ ތަޢާލާގެ ދީނަށް ފުރައްސާކުރުމުންތަ އެއް ހަމައަށް ނާ ދެވޭނީ

  15. ލާދީނީ

    އެއީތެދެއް އިއްޒަތްތެރި މެންބަރު ޝިޔާމް އެބުނީ ތެދެއް އެމް ޑއެން ހަމީދަށް ކެނޭނެތަ އެކަމާއުޅެން ކެރެއްޏާ އަޅެ ހޯދަބަލަ ހައްޕުޑު ޖެހިމީހާ އެމްޑީޕީ މީހަކު ޕޕއެމްގެ ޓީސާޓެއް ލައްވާފައި ހައްޕުޑު ވީޑިއޯކޮޅެއް ހަދާލަބަ ތިބޭނުން ވެގެންއުޅޭ ކަންތައް ކުރަންޖެހޭނެތާ!