އިހްތިޖާޖް ކުރުމުގެ ހައްގަކީ ސަރުކާރުގެ އޯގާތެރިކަމުން ލިބޭ އެއްޗެެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން ރޭ މާލޭގައި ބޭއްވި މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ސަރުކާރަށް ފާޑު ވިދާޅުވެ، ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ ހައްގުގެ މެޑަލް ޖަހައިގެން ތިބި ބަޔަކު ބިރުން ސިހި އަނިޔާވެރިވުމަކީ ނޭވާ ހޮޅިއަށް އެޅުމުގެ އަލާމާތެއް ކަމަށެވެ.

އަދި ފުލުހުން އަނިޔާވެރިވެގެން ކުރިއެރުމެއް ނުލިބޭނެ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

"ދުނިޔެ އިން ފިލާވަޅު ހޯދާ،" ޖަމީލް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުމަތީގައި ކުރި މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ޕެޕަ ސްޕްރޭ ބޭނުންކޮށްފައެވެ. ޕެޕަ ސްޕްރޭ ބޭނުން ކުރުމުގެ ސަބަބުން ބައެއް މީހުންނަށް އަނިޔާވިއެވެ. އޭގެ ތެރޭގައި މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު ހިމެނިވަޑައިގަންނަވައެވެ.

 

މުޒާހަރާ ހުއްޓުވުމަށް ހާލަތާއި ނުބައްދަލު ބާރު ބޭނުންކޮށްފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

މިކަން ކުށްވެރިކޮށް އިދިކޮޅުން ވަނީ، ސުލްޙަވެރިކަމާއެކު އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމަށް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގަށް ހުރަސް ނޭޅުމަށް ސަރުކާރަށް ގޮވާލައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބަކުރުސަރ

    ދެންވެއްޓޭނީ ވެރިކަން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ މިއީ ފެހިސިގުނަލެއް.

    17
    1
  2. ޓައްޕު

    ޢެއްކޮލުގައިތިބީ ވަތަނީ ދިވެހިން އަގީދާ ހިމާޔަތްކުރަން ބޭނުންވާ މީހުން އަނެއްކޮޅުގައިތިބީ މުޝްތަޝްރިގުންގެ ބައިގަނޑު ﷲ ގެ ހައްދުތަކަށް އިންކާރުކުރާ ބިދޭސީސަރުކާރުތަކަށް ނޯކިރި ކޮށްދޭ ގޮނޑި ކޮށްކޮ ތަކެއް ދިވެހިން ހޭވޭރިވޭ ހޭލާ ހޭލައްވާ ފުލުހުން ނާ ސިފައިން ހައްގައް ނަސުރުދީ މީތިބޭފުޅުން ގެވެސް ގައުމު ދަރިންނާ ދަރިންގެ ދަރިންވެސް ދިރިއުޅޭނެ ބިން

    22
    2
    • ރާކަނި

      ތިބުނަނީ މުޒާހަރާ ކުރާ މީހުން ނޫން މީހުންނަކީ އިސްލާމް ދީނުން ބޭރުވެ ޤަވްމު ދެކެ ލޯބިނުވާ މީހުންނޭތޯ؟ ހަމަ ހިލާ އެހެން ނެއް ނުވާނެ. ތިބޭފުޅުންގެ އިސް ސަފުގައި ތިތިބީ މިޤަވްމު ދުށް އެންމެ ބޮޑު ވަގުން. ޚިޔާނާތްތެރިން ދީނޭ ކިޔަނީ ދިވެހި މުސްލިމް އަޚުންގެ ޚަމްދަރުދީ ހޯދަން.

      5
      9
  3. ފެކްޓް

    އަމިއްލައަށް އަނިޔާ ހޯދައިގެން ބުނާނެ އަނިޔާކޮށްފިއޭ.. ގޭގަތިބެ ބަލަ އަނިޔާ ވާތޯބަލަން. މިއޮއް ނާޒުކު ދަނޑިވަޅުގަ ކޮން މުޒާހަރާއެއް ކުރަން. އައްޔިތުންގެ ލޯބޖ ހޯދަން ބޭނުން ވަންޏާ ގައުމަށް ދެރަ ލިބޭ ކަންކަކަން އިދިކޮޅުންވެސް ހުއްޓާލާ

    8
    18
    • ސޭކްސްތާން

      ކޮން ނާޒުކެއްގެ ވާހަކައެއްތަ ތިޔަ ކިޔަނީ. ނާޒުކެއް ނުވެޔޭ މި ގަމާރު ސަރުކާރަކަށް.. ބޯޑަރ ހުޅުވައިފި. ސްކޫލަތައް ހުޅުވައިފި. މާރުކޭޓްތަކާއި ހުރިހާ ތަނެއް ހުޅުވައިފި. ފުރަބަންދު އޮތީ ނަމެއްގައި. ދެން ކޮން ނާޒުކެކޭ ކިޔާކަށް. ކަލޭ އޮވެބަލަ ލިބުނު ލާރިގަނޑައިގެން ގޭގައި.

      4
      4
      • ފެކްޓް

        މަ މިއުޅެނީ މަ މަސައްކަތް ކޮށްގެން ﷲ މިންވަރުކުރެއްވި 6000 ރުފިޔާއިން ފުއްދައިގެން އެމިންވަރަށް ޝުކުރުކޮށްގެން.

  4. ސޭކްސްތާން

    މި އަނިޔާވެރި ލާދީނީ ވެރިކަމުގެ ފަހު ދުވަސްތައް ގުނަން މިފެށުނީ. މެޖޯރިޓީ ގިނަ ރައްޔިތުންނާއި މީގެތެރޭގައި ދީނީ ގިނަ އިލްމްވެރިންވެސް މިސަރުކާރާ ވަނީ ދެކޮޅުވެރިވެފައި. ސަރުކާރުން ކިތަންމެ ބިރު ދެއްކިޔަސް ރައްޔިތުން މިކަން ނިންމާނެ ކޮޅުމަތި މިހާރު މިފެންނަނީ. ބިރުން އުޅޭ ބަޔަކު ބިރުން އުޅެންވީ ވެރިކަމަކީ ރައްޔިތުންގެ އަގުބޮޑު ރައުސްމާލެއް. ހިތުހުރި ގޮތެއް ހަދަން ދޫނުކުރާނެ.. ޔަގީން މުޖައްރިބު ކަށަވަރު

    1
    2
  5. ރާކަނި

    ޑރ. ޖަމީލް ބޭރުކޮށްލި މަޖިލީހުން ފާސްކުރި ޤާނޫނާއި ޝިޔާމް ޕީޕީއެމް. އަރާ ހަމަ ތިކުރީ ދެން މަޑުން ތިއްބަވާ ޤާނޫނަށް ބޯލެބުމަކީ އެންމެންވެސް ކުރަންޖެހޭނެ ކަމެއް. ޕީޕީއެމް އިސްތިސްނާއެް ނުވާނެ. ރައީސް ޔާމީނަށް ހީފުޅުވެގެން އުޅުއްވަނީ ޤަވްމުގެ ރައްޔިތުން ދަތި ހާލުގައި ތިބި ވަގުތުގެ ނާޖާއިޒް ފައިދާ ނަގައިގެން ސަރުކާރު ބަދަލުކުރަން. އެކަމެއް ޑރ. ޖަމީލް މެންނަކަށް މިއަދު ނުވާނެ. ބޮޑާވެ ކިބުރުވެރިކަން ހައްދުން ނެއްޓީމަ ﷲ ތިމާ ނިކަމެތި ކުރެއްވީ. ދެންވެސް ބޮޑާނުވެ. މިޤަވްމަށް ތެދުވެރި ވެ ލައްވާ.

    4
    6
  6. Anonymous

    ކޮބާ ކޮވިޑް އެލަވަންސް. ދޮގުހަދާ ފޭކު އިބޫ... ވައްކަން ކުރާ އެމްޑީޕީ ސަރުކާރު...