ފިލްމީ ތަރި މުހައްމަދު ޔުނާންގެ ދަރިފުޅު، ޔޫން މުހައްމަދުގެ ސިއްހީ ފަރުވާ އަށް އިންޑިއާއަށް ފުރަން އޮތް ފްލައިޓުން މީހަކު ފައްސިވުމާ ގުޅިގެން އެ މީހުންގެ ފުރުން ލަސްވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ޔޫން އާއި އެކު އެއް ފްލައިޓަކުން ފުރަން އުޅުނު ފަސިންޖަރެކެވެ. ހިތުގެ ބައްޔަށް ފަރުވާ ކުރަމުންދާ ޔޫންގެ ފަރުވާ އަށް އިންޑިއާ އަށް ދާން ހަމަޖެހުނު ފްލައިޓްގައި އިތުރު ބައެއް ބަލިމީހުންވެސް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެ ފްލައިޓް ޝެޑިއުލްކޮށްފައި އޮތީ މިއަދު ހެނދުނު 10 ޖަހާއިރަށެވެ. އެ ފްލައިޓުގެ ފަސިންޖަރަކު ފައްސިވިކަން އެނގުނީ، 10:30 ވި ފަހުން މީހުން ފްލައިޓަށް އަރުވާ ފްލައިޓް ފުރަން ތައްުޔާރުވެފައިވަނިކޮށެވެ. އޭރު ގަޑިން ގާތްގަނޑަކަށް 11 ޖަހަނީއެވެ.

މިހާރު އެ ފްލައިޓްގެ ފުރުން 02:45 އަށް ވަނީ ލަސްކޮށްފައެވެ. އެ ފްލައިޓުގެ ފުރުން ލަސްވުމުން، އެނގިފައިވާ ގޮތުގައި އެ ފްލައިޓުން ފުރަން ހަމަޖެހިފައި އޮތް މީހުންގެ ކެއުން ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ.

ޔުނާންގެ އާއިލާ އަށް ބޭރަށް ފުރޭނެ ގޮތް ނުވެގެން، އަނބިމީހާ އާއި ދަރިފުޅު ގޮވައިގެން މުލިއާގެ ކައިރީގައި ދާދި ފަހުން އަޑު އުފުލާފައިވެއެވެ. ޔޫން ދައްކަން އާއިލާއިން ބޭނުން ވަނީ ކުރިންވެސް ޔޫންގެ އޮޕަރޭޝަން ކޮށްފައިވާ ޑޮކްޓަރު ސުނިލްއަށެވެ. ސުނިލްއަކީ މިހާރު ކޮޗިންގެ ލިސީ ހޮސްޕިޓަލުގެ ޑޮކްޓަރެކެވެ.

ނަމަވެސް އެ ހޮސްޕިޓަލަަކީ އާސަންދަ ލިބޭ ހޮސްޕިޓަލެއް ނޫނެވެ. އަދި ފަހުން ކިމްސް ހޮސްޕިޓަލުން ޔޫން ދެއްކޭނެ ގޮތް ހަމަޖެއްސިއެވެ. އެކަމަކު، ކިމްސް ހޮސްޕިޓަލަކީ ޔޫން އަށް ފަރުވާ ލިބޭނެ ތަނެއް ނޫން ކަމަށް ބުނެ އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެކަމަކު، އާސަންދަ އިން އަންގާފައި ވަނީ އިންޑިއާގެ ލީސް ހޮސްޕިޓަލަށް ގޮސް ޔޫންގެ އޮޕަރޭޝަން ކުރުމަށެވެ. އަދި އެކަމުގައި އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީން ކަން އާސަންދަ އިން ދީފައިވާ ކަމަށް ވެސް އާއިލާ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސަނީ

    އަނެއްކާ ދާންވީނު މުލީއާގެ ދޮށައް...
    އުޅޭ ގޮތުން ބަލަން ތިބޭމީހުންވެސް ލަދުން ބޯހަލާކް..

    3
    7
  2. ނަބީލް

    އަވައް މުލީއާގެ ކައިރިއައްދޭ، އޭރުން ފުރުން އަވަސް ކުރާނެ.

    3
    6
  3. ނަސްރަތު

    ކޮބާ އިބޫ، އަވަހާ ފްލައިޓެއްވެސް ޗާރޓަރ ކޮއްދީ މިމީހުން ފުރަން، އެހެން ދިވެހިންނައް ނުލިބޭ އާސަންދަ އެހީވެސް އެމީހުންނައް ދެވިއްޖެއްނު...

    4
    2
  4. ސަނާ

    އާސަންދާ އަވަހާ މިމީހުން ފުރަން ފްލައިޓެއްވެސް ގަންދީބާ

    2
    2
  5. ޢައްޒަ

    ހުރިހާ ކަމެއް ބަހައްޓާފަ މިމީހުން ކޮޅެއްގަ ޖައްސަބަލަ، ހަބަރު ހުޅުވާލާއިރައް ސުނާން ސުނާން..

    5
    4
  6. ސަލީމް

    ދެން އިންޑިއާ އިން އަންނަ އިރައްް ކަރަންޓީން ކުރީމަވެސް މިމީހުން ބޮޑު ތުރާވާން ފަށާނެހެން ހީވަނީ...
    މި މީހުންގެ މައްޗައް ގާނޫނާ ގަވައިދު ނުހިނގަނީބާ ؟

  7. ޟިޔާޒާ

    ތުއްތު ކުއްޖާއައް އަވަސް ފަރުވާއެއް ދެއްވާށި..

  8. ސަނާހް

    ކާކުތަ މި ދެމަފިރިން ތެރެން ފިލްމް ސްޓަރަކީ ؟
    ނޫނީ ދެމީހުންވެސް މީ ފިލްމް ކުޅޭ މީހުންތަ ؟

  9. މީ އިންސާފް ؟

    އަވަހާ އެ ހޮސްޕިޓަލް ގެނޭ މާލެ އައް، އާސަންދަ ހުސްވެގެންވެސް މުލީއާގެ ދޮށައް ދާމީހާގެ ކަންތައް ފުރުހަމަ ކުރަންވާނެ..

  10. ސަމީ

    ދެން އިރު ކޮޅަކޮޅާ މި މީހުން ހަބަރައް މިއަރަނީ ކީއްވެބާ ؟

  11. ސަންތި

    ފިލްމް ސްޓާ އިންނައް ޢިންގޭނީ ހަމަ ޑްރާމާ ކުޅެން އެކަނި. ތީކީ ދަރިއަކައް ހެޔޫހިތުން އުޅޭ ބައެއް ނޫން.

    3
    1
  12. ސަމީމާ

    އޯއް ޕްލީސް..