މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް، އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވަކީލުންނަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދީފައިވާ އިރުޝާދުތަކާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ކަމަށް ކަރެކްޝަނުން ބުނެފިއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން އިއްޔެ ވަނީ ނޫސްބަޔާނެއް ނެރެފައެވެ. އެ ނޫސްބަޔާނުގައި ބުނެފައި ވަނީ ޔާމީންގެ ވަކީލުންނަށް އެމަނިކުފާނާއި ބައްދަލު ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި ދެއްވުމަށް އެދި ހައިކޯޓުން ދައުލަތަށް އަންގާފައިވާއިރު ވަކީލުންގެ ބައްދަލުވުން ހަމަޖެހިގެން ނުދާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އިޢުލާނުކުރި ލޮކްޑައުންގެ ގިނަ އުޞޫލުތައް އުވާލައި، ގިނަ ކަންކަމަށް ބޮޑެތި ލުއިތަކެއްދީފައިވާއިރު، އަދި ކޯޓުތައް ވެސް މިހާރު ހުޅުވައި ޝަރީޢަތްތައް ވެސް ފަށްފައިވާއިރު، އަދި އެގޮތުގެމަތިން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގުޅޭ ބައެއް ޝަރީޢަތްތައް ވެސް ފަށާފައިވާއިރު، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ ދަށުން އެފަދަ ޝަރީޢަތްތަކުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ލިއްބައިދޭ، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ހުރަސް އަޅަމުން ގެންދާތީ އެކަމާމެދު ނުހަނު ކަންބޮޑުވާ ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނުގައިވެއެވެ.

އެކަން ދޮގުކޮށް މިއަދު ކަރެކްޝަނުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ވަކީލު ބައްދަލުވުމާއި ގުޅޭ ގޮތުން، އެ ސާވިސް އިން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންނަށް މި މަހުގެ 14ވަނަ ދުވަހު ފޮނުވި ސިޓީގައި ބައްދަލުވުމަށް އެދުމުން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ބައްދަލުވުން ހަމަޖެއްސައި ދޭނެ ކަމަށް ސާފުކޮށް ދަންނަވާފައިވާ ކަމަށެވެ. އަދި ވަކީލު ބައްދަލުވުމަށާއި އެހެނިހެން ބައްދަލުވުންތަކަށް އެދޭ ފޯމުތައް މިހާލަތުގައި އީމެއިލް މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް ކަރެކްޝަނަށް ފޮނުވޭނެ އިންތިޒާމް ހަމަޖައްސާފައި ވާކަން ވެސް ވަކީލުންނަށް ދަންނަވާފައިވާ ކަމަށް ކަރެކްޝަނުގެ ނޫސްބަޔާނުގައިވެއެވެ.

ކޮވިޑް-19 ހާލަތާ ގުޅުވައި ގާނޫނީ ވަކީލުންނާއި، އެހެނިހެން ބައްދަލުވުންތަކަށް އެދި އެ ސާވިސްގެ [email protected] އަށް އީމާލް ކުރުމުން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެ ބައްދަލުވުމެއް އިންތިޒާމް ކޮށްދެވޭނެ ވާހަކަ ދަންނަވާ ކަމަށް ކަރެކްޝަނުން ބުނެއެވެ.

މީގެ އިތުރުންވެސް މިކަމާއި ގުޅޭ މައުލޫމާތު ރައީސް ޔާމިނާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުންނަށް ދީފައިވާނެ ކަމަށް ކަރެކްޝަނުން ބުންޏެވެ. ހަމައެހެންމެ، ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން މާލޭ ޖަލަށް ހުށަހެޅި ފޯމާ ގުޅިގެން އަމަލުކުރަންވީ ގޮތުގެ އިރުޝާދު މާލެ ޖަލުން ވަކީލުންނަށް ދީފައި ވާނެ ކަމަށާއި ނަމަވެސް، މާލެ ޖަލުން ދީފައިވާ އިރުޝާދަށް އަމަލުނުކޮށް، ހަގީގަތް އޮޅޭ
ފަދަ ގޮތަކަށް މައުލޫމާތު ފެތުރުމަކީ، އެކަމާ މެދު ކަންބޮޑުވާ ކަމެއް ކަމަށް މޯލްޑިވްސް ކަރެކްޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަހުމަދު

    ތިތާކު ނެތް ތިތަން ހިންގޭވަރުގެ ގާބިލުކަން ހުރި ވެރިއެއް. ސަރުގެވެސް ބޮޑު ބޮލުގެ ރިހުމެއްތީ.

    31
  2. ކަހުރަބު

    ކެނެެރީގޭ ލާ ދީނީ ބޮން ދުއަންނި މި ޤައުމުގަ ހުރިހާ ދުވަަހަކު 3 ބާރުން ާ ޢަމަލު ކުރާނީ ބޮން ދުއަންނި ބުނާގޮތަށް ޕަޕެޓް ވެސް

    29
    1
  3. ކަނަމަނަ

    ރ ޔާމީން އަބަދަކް ޖަލުގަނުހުއްނާނެ ނިކުންނާނެ އެދުވަހަކުން އަނިޔާތިދޭ އެއްމެނާއިމެދު.......؟

    33
    2
  4. Anonymous

    ރައީސް ޔާމަށް ހެޔޮޖަޒާބދެއްވާށި. މިއަނިޔާވެރި ނުބައި ސަރުކާރު އިނދަޖައްސަވާދެއްވާނދޭވެ. އާމީން

    15
  5. ސަރީ

    ކެނެރީމުސަޅު އާއި އައުވާނުންނާ ރައީސް ހަނދާން ބަހައްޓަވަންވާނެ ކަލޭމެންނަށް ވެސް އޮންނާނީ ތިގޮތްކަން!

  6. އައިފާނު

    ޔަގީނޭ ދަޖާލު ނުކުންނާނެ.... .ނުބައިކަން ދައްކައިލާނެ.. އަނިޔާތިދޭ އެންމެންގެ ލޯތައް ކޮނެލާނެ...ކަންފަތްތައް ކައިލާނެ..ބަސްނާހާ ކުދިން ގެއްލުވައިލާނެ....... ... .ގައުމު ވިއްކައިލާނެ... .. .ޚަޒާނާ ދޮންނަ މެޝިނައްލާ ދޮވެލާނެ... . .އަދުރޭމެން ކަހަލަ ކުދިން ހެއްވައިލާނެ. . .ފައިސާދީގެން ހިތްހަމަ ޖައްސާލުން ހުއްދަ ކުރާނެ... ގޯޅިތަކުގެ ކަންމަތިތަކިގައި ލޯމެރިފަ ތިބޭބަލިކުދިންނައް " ޚަ" ބޭސް ގެނަސް ދެއްވާނެ... ދެން ބާރަށް އަތްޖަހާ..... ......... ....

  7. އިސްތިއުފާ

    ރައީސް ޔާމީނުގެ ވަކީލުންނަށް އެމަނިކުފާނާއި ބައްދަލު ކުރަން ފުރުސަތު ތަމެން ނުދޭތީވެ ހޯމް މިނިސްޓަރު އިސްތިއުފާދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

    13
    1
  8. ބަބުރުކޮއި

    ބަލަ އހެންވެގެންތަ އެންމެފަހުން އޮތް އަޑުއެހުމުގަ ވަކީލުންނާ ބައްދަލުނުވެވޭ ވާހަކަ ފަނޑިޔާރުން އަރިހުގަ އެމަނިކުފާނުދެންނެވީ ތިހުރިހާ ކަމެއްވެސް ތިހެންހުއްޓަތަ އެހެންވެދޯ ދޮގުހަދަންނޭންގިވެސްތި ދޮގުހަދަންއުޅެނީ ބަލަކަލޭމެން ދައްކާވާހަކައެއް މިހާރުމީހުން އަޑެއްނާހާނެ