އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގުޅިގެން މާލޭގައި ރޭ ބޭއްވި މުޒާހަރާގައި ހައްޔަރު ކުރި ދެ މީހުން ދޫކޮށްލައިފިއެވެ.

ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށާއި މި ސަރުކާރުގެ ވެރިންގެ އިސްތިއުފާ އަށް އަދި އަދުލު އިންސާފު ގާއިމު ކުރަން ގޮވާލައި ބޭއްވި މުޒާހަރާގައި ހައްޔަރު ކުރި އެކަކަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ނަރީޝްއެވެ. ނަރީޝްއާ އެކުގައި އިތުރު އެކަކު ވެސް ހައްޔަރު ކުރިއެވެ.

އެކަމަކު، އެ ދެ މީހުން ކޯޓަށް ހާޒިރު ކުރުމަކާ ނުލައި ދޫކޮށްލީ، ނަސޭހަތް ދިނުމަށް ފަހު ކަމަށްވެއެވެ.

ޕީޕީއެމް އަދި ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންނާ އެކުގައި މުޒާހަރާ އެންމެ ފުރަތަމަ ފަށާފައި ވަނީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތީގައެވެ. އެ ސަރަހައްދަށް އެއްވިތާ މާ ގިނަ އިރުތަކެއް ނުވެ، ފުލުހުން މުޒާހަރާ ރޫޅާލަން ފެށުމުން ކޮންމެވެސް ވަރެއްގެ ކުރިމަތިލުމެއް ހިނގިއެވެ.

އެގޮތުން، މުޒާހަރާގައި ލައުޑް ސްޕީކަރު ގެންގުޅުނު އެކަކު ހައްޔަރުކުރިއެވެ.

އޭގެ ފަހުން، މުޒާހަރާގެ ބައިވެރިން މާލޭގެ އެކި މަގުތަކަށް އެއްވެ އަޑު އުފުލާފައިވެއެވެ.

މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ދެ ވަނަ ކުރިމަތިލުންތަކެއް ހިނގީ މަޖީދީ މަގާއި ސޯސަން މަގު ގުޅޭ ކަންމަތީގައެވެ. އެ ސަރަހައްދަށް އެއްވި މީހުން ފޮނުވާލަން މަސައްކަތް ކުރުމުގެ ތެރޭގައި ފުލުހުން ވަނީ ޕެޕަ ސްޕްރޭ ބޭނުންކޮށްފައެވެ.

އަދި އެ ސަރަހައްދަށް އެއްވި ނަރީޝް ހައްޔަރުކޮށްގެން ގެންދިޔައެވެ. މި ހަމަނުޖެހުންތަކުގައި ބައެއް މީހުންނަށް އަނިޔާވިއެވެ.

މުޒާހަރާގެ ބައިވެރިން މުޒާހަރާ ނިންމާލާފައި ވަނީ ޕީޕީއެމް އޮފީސް ސަރަހައްދަށެވެ.

އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ މުޒާހަރާތައް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މިކަމާނަފުރަތު ކުރަން މުޒާހިރާ ކުއްވެރިކުރަން

    2
    17
  2. ނޭފަރޭ

    މޫނިމާނަޢީމުގެ އޯޑަރަށްކަންނޭގެ އެ ދޫކޮށްލީ! މޫނިމާނަޢީމަކީ ވަގު ސަރުކާރުގެ ބަސްވިކޭ މީހެކޯ ކަމެއް ނުވިޔަސް!

  3. ދުންތަރި

    މުޅިމާލޭގަ ކެމެރާ ހަރުކޮށްގެން 24 ގަޑިއިރު ބަލަންތިބެޔޯ އެކަމަކު ކުށެެްކުރާމީހަކު ނުހޯދޭ ވަރަށް ހެއްވާ ވާހަކައެއް މުޒާހަރާކުރީ ވަޝައިގެން ކެމެރާހަރުކޮށްފަހުރި ތަންތަނުގަ އެހެންވީމާ ކުޅުޖެހިޔަސް ލޮނުޖެހިޔަސް ފެންޖެހިޔަސް އެ ޖެހިމީހާ ހޯދެންވާނެ ކުށުގެ ޢަމަލުހިންގި މީހާ ނުހޯދައި ވަކިބަޔަކަށް ފޫޅުކެނޑުމަކީ ޒިންމާދާރުކަން ކުޑަ ޢަމަލެއް