އިސްލާމްދީނުގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ ވާހަކަތަކެއް ހިމަނާފައިވާ ރިޕޯޓެއް ނެރެފައިވާ އުތެމަ ޖަމިއްޔާއަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި އެ ޖަމިއްޔާއަށް އިސްލާމިކް މިނިސްޓްރީން ދީފައިވާނީ ނަސޭހަތް ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ދީނީ ގޮތުން ފުށު އަރާ ކަންކަމުގައި އިސްލާމިކް މިނިސްޓްރީން އެންމެ ފުރަތަމަ ވެސް އަމަލުކުރާ އުސޫލަކީ އެބަޔަކަށް ނަސޭހަތްތެރިވުން ކަމަށެވެ.

"އެ ބޭފުޅުންނާ ވާހަކަ ދައްކައިގެން އެ ބޭފުޅުންނަށް ނަސޭހަތްދީ ކިޔައިދީ އެ ހުރި ކަންތައް އިސްލާހު ކޮށް ދިނުން. އިސްލާމް ދީނަށް ފުށުއަރާ އެއްވެސް ކަމެއް ފެނިއްޖެނަމަ އަޅުގަނޑުމެން ހަމަ އެ މޭރުމުން ކަންތައް ކުރާނީ." މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ އުތެމަ ޖަމިއްޔާގެ މައްސަލާގައި ވެސް އެ ޖަމިއްޔާގެ ބޭފުޅުންނާއި އިސްލާމިކް މިނިސްޓްރީން ބައްދަލުކޮށްފައިވާނެ ކަމަށެވެ. އަދި އެ ރިޕޯޓާއި ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާނެ ކަމަށާއި އެކަންތައް އެ ޖަމިއްޔާއިން ރަނގަޅުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.

"އެ ބޭފުޅުންނަށް ވެސް، އެއީ ދީނީ ގޮތުން މައްްސަލައެއް ކަން ސާފު ނުވާ ކަންކަން، ބައެއް ރިޕޯޓުތަކުގައި ހުރުމުން، މިހާރު އެ މައްސަލަތައް ހިމެނޭ ބައިތައް އެ ބޭފުޅުންގެ ރިޕޯޓުން ނެގި ވާހަކަ އުތެމަ ޖަމިއްޔާގެ ބޭފުޅުން ވަނީ މިނިސްޓްރީއާ ހިއްސާ ވެސް ކޮށްފައި." މިނިސްޓަރު ވިދާޅުވިއެވެ.

މިރިޕޯޓަކީ 22 ޖޫން އިން 10 ޖުލައި 2020 އަށް ޖެނިވާގައި އޮންނަ ސީޑޯ ކޮމިޓީ ގެ 76 ވަނަ ބައްދަލުވުމަށް އުތެމަ އިން ހުށަހަޅާ ރިޕޯޓެކެވެ. އަންހެނުންނާއި މެދު ކުރެވޭ އެންމެހާ ތަފާތު ކުރުންތައް ނައްތާލުމުގެ ނަމުގައި އުތެމާ ޖަމިއްޔާ އިން ނެރުނު ރިޕޯޓްގައި ވަނީ މައްސަލަ ހޫނުވި އެމްޑީއެންގެ ރިޕޯޓް ދިފާޢު ވެސް ކޮށްފައެވެ. އުތެމާ އިން ވަނީ އެމްޑީއެން ރިޕޯޓްގައި ހިމަނާފައި ހުރި ކަންކަން ތަންފީޒު ކުރުމަށް ގޮވާލާފައެވެ.

އުތެމާގެ ރިޕޯޓު ހަދަން ވެސް ފަންޑު ކޮށްފައިވަނީ، އެމްޑީއެން ރިޕޯޓު ހަދަން ފަންޑުކޮށްފައިވާ ކެނެޑާގެ "ކެނެޑާ ފަންޑް ފޯ ލޯކަލް އިނިޝިއޭޓިވްސް" އިންނެވެ. އެކަން ރިޕޯޓުގެ ފުރަތަމަ ގަނޑުގައި ބަޔާންކޮށްފައިވެއެވެ.

އުތެމާގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މުޅިދުނިޔެއަށް އޭގެ އަސަރުކޮށްފައިވާ ދީނީގޮތުން ހައްދުފަހަނަ އަޅާފައިވާ ފިކުރިއްޔާތާއި އޭގެތެރޭގައި އަންހެނުންނާއި މެދު ތަފާތުކުރުންތައް ކުރިއަރުވާ އަންހެނުންނަށް އަނިޔާކުރުންފަދަ އިޖްތިމާއީ ހަމަޖެހުން ގެއްލޭފަދަ ވާހަކަތައް ޝަރީއާގެ އެކި ތަރުޖަމާތަށް ބޭނުންކޮށްގެން ދެކެވޭ ވާހަކަތަކުގެ އަސަރު ރާއްޖެއަށްވެސް ވަނީ ކޮށްފައެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި ދީނީތަޤުރީރު ކުރާ މީހުންނާއި އެމީހުންގެ އާއިލާއަށް ދައުލަތުގެ މުއައްސަސާތަކުން ދައުވަތުދީގެން ރާއްޖޭގައި ތަޤުރީރުކުރުމަށް ގެނެވި، ކުޑަކުދިންނާއި ކައިވެނިކުރުން ފަދަ ގެއްލުންދެނިވި ކަންކަމަށް ރާއްޖޭގައި ބާރުއަޅާފައިވާ ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ޅަދުކުޑަ

  ޙުސްދޮގު.

  21
 2. ހޮޅިސަރުކާރު

  ޢެންމެ ބޮޑު ކުށަކީ ވަށްކަން ކުރުމެއްނޫން.
  ޢެމީހުންނަށްވެސް ނަސޭހަތް ދީފަ ދޫކޮށްލާ!
  އާ އެހެންނާ! ރަސޫލް(ސއވ) އަށް ފުރަށްސާރަކޮށް ޤުރްއާނަށް ހަޖޫޖެހީމާވެސް ސްމޫތްކޮށް ފިރުމާފަ ދޫކޮށްލަންވީ!
  ވަރެއްގެ ސަރުކާރެއް މިއޮތީ.

  46
 3. މާމީ

  ރާއްޖޭގެ ތަޢުލީމީ މަންހަޖު ތައްޔާރު ކުރަން ލަފާދޭން މިސަރުކާރުން ކަނޑައެޅި އުތަމަ ދެން މީމީހާޔައް ކޮން ފިޔަވަޅެއް އެޅޭނީ .......

  35
 4. ޖުހާ

  ހަމަ ހެވެނީ މި މީހުން އުޅޭގޮތުން

  33
 5. އޮޅުވާލި ވޯޓު

  ކަލެޔައް ދެވޭނީ ކޮން ދީނީނަސޭހަތެތޯ ކަލެޔަކީ ދީނީ އިލްމުއުގެނިގެން ތިމަގާމައް އައިސްސަހުރިމީހެނޫން

  31
  1
 6. އަޙްމަދު

  އިސްލާމިކް މިނިސްޓަރުއެވެ. ނަސޭހަތްދީފައި ފޮނުވާލުން އެއީތޯ ދީނުގައި އޮންނަގޮތް! އަޅުގަނޑުމެންނަށް އެގިފައި އޮންނަ ގޮތެއްނޫން އެއީ! ވައްކަން ކުރުމުން ކީއްވެތޯ ނަސޭހަތްދީފައި ފޮނުވާނުލެވެނީ! ދިނުގައި މިދެކުމުގެ ތެރެއިން ލުއި ގޮތެއް އޮންނަނީ ވައްކަންކުރުމުން. އެއީ އަތްކެޑުން! މަރަންޖެގޭހެ ވަރު ޙުކުމެއް ކުރަންޖެހޭ ކަމުގައި ނަސޭޙަތްދީފައި ދޫކޮށްލެވުމަކީ ޖޯކެއް!!!!

  10
 7. އަހުމަދު

  ބޮޑެތި މަޤާމު ދިނީމާ ދީނުގެ ދިފާޢުގައި އެކެއްޗެއްވެސް ނުބުނެ މަރުގަޅި ވެފައިއިނީމާ ކަމަކުނުދޭ

 8. ބަދަވިން

  ވައްކަންކުރީމަ ޖަލައްލާފަ ދީނުންބޭރުވީމަ ނަސޭހަތް ދިނުން މީ ކިހާބޮޑުއަރަތެއް އެހެންވީމަ މިއިސްލާމީ ދައުލަތުގާ ވައްކަން ކުރުމައްވުރެ ދީނުންބޭރުވުން ކުށަކައް ނުވަނީ މީކޮންފާޑެއްގެ ގާނޫނެއް އޮންނަ ތަނެއް؟

 9. ޖިންނި

  ލާ ދީނީ ބޮން ދުއަންނި ނުލަފާ ޖާހިލު ކައްޒާބު ކަލެއާއި ކަލޭގެ އައުވާނުންނާއި އެމް ޑީ ޕީ ވެރިކަަމަށް ގެންނަން ވޯޓު ދިން އެންމެނަކީ އިސްލާމް ދީނުގެ ޢަ ދުއްވުން

 10. ބޮޑު އިބުރާހިމް

  ތިޔާ ނަސޭހަތަކީ ދިގުދެމިގެންވާ ނަސޭހަތެއްތާ.
  ނަސޭހަތް ފެށިގެން އައީ އުތެމައިގެ ބޭފުޅުންގެ ފަރާތުން، އެމީހުން ނަސޭހަތްދިނީ ރައްޔިތުންނަށް ހަދާނެ ނަހަދާނެއެއް ނޭގިފައި ރައްޔިތުން ތިއްބައި ބުއްޅަބޭ ނަސޭހަތްދިނީ ކިނބުލަށް ކިބޫ ނަސޭހަތްދިނީ މިނިސްޓަރަށް މިނިސްޓަރު ނަސޭހަތްދިނި އުތެމައަށް. މިހުރިހާ ނަސޭހަތެއް ނިމިގެން ދިޔައިރުވެސް ރައްޔިތުން މިތިބީ އުތެމައިން ދެމުން މިގެންދާ ނަސޭހަތާއިމެދު ހަދާނެގޮތް ހުސްވެފައި. އަޅެ މިނިސްޓަރު ރައްޔިތުންނަށް ވެސް ތިޔަ ނަސޭހަތް ޖާޑިން އެތިކޮޅެއް ދިއްކޮށްލަބަލަ.

 11. ކުދުވާނޑި މުހުންމާ

  ބަލަ މިނިސްޓަރ އަށް އޮތީ ދެގޮތް، ބުނާގޮތަށް ހަދައިގެން ހުރުން. އެހެންނޫނީ މަގާމް ދޫކޮށްފައި ގެއަށްދޭ. ގަބޫލުކުރެއްވިޔަސް ނުކުރެއްވިޔަސް ރުހުނަސް ނުރުހުނަސް ޔޫހޭވް ޓޫ އޮޕްޝަން ސަރ.

 12. އެތަކުރު

  އުތޭމަ ވިޔަސް، އުތީމު ވިޔަސް، ކީރިތި قرآن އާއިމެدު އާއްމުންގެ ތެރޭގައި ޝައްކު އުފައްدަން މަސައްކަތް ކުރުމަކީ ވަރަށް ނުބައި އަމަލެއް. އެންމެ ފުރަމަ އެކަށީގެންވާ ފިޔަވަޅު އަޅުއްވާ. ނަޞޭޙަތް دެއްވަންވާނީ ފިޔަވަޅު އެޅުއްވުމަށްފަހު. دިވެހިންގެ ތެރޭގައި މުނާފިގުންނަށްވުރެ މުއުމިނުން އެތަކެއް އިންސައްތައެއް އިތުރު، ألحمدلله. ފިޔަވަޅު އެޅުއްވުމަށްފަހު ނަޞޭޙަތް دެއްވުމުން މުއުމިނުންގެ ރުހުން ލިބިدާނެ، إن شاء الله.

  1
  1