މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް، އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލު ކުރެއްވުމަށް ހުރަސް އަޅާފައި ނުވާނެ ކަމަށް ބުނެ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނެރުނު ނޫސްބަޔާނުގައި ހުރި ވާހަކަތައް ރައީސް ޔާމީންގެ ވަކީލުން ދޮގު ކުރައްވައިފިއެވެ.

ކަރެކްޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ވަކީލު ބައްދަލުވުމާއި ގުޅޭ ގޮތުން، އެ ސާވިސް އިން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންނަށް މި މަހުގެ 14ވަނަ ދުވަހު ފޮނުވި ސިޓީގައި ބައްދަލުވުމަށް އެދުމުން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ބައްދަލުވުން ހަމަޖެއްސައި ދޭނެ ކަމަށް ސާފުކޮށް ދަންނަވާފައިވާ ކަމަށެވެ. އަދި ވަކީލު ބައްދަލުވުމަށާއި އެހެނިހެން ބައްދަލުވުންތަކަށް އެދޭ ފޯމުތައް މިހާލަތުގައި އީމެއިލް މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް ކަރެކްޝަނަށް ފޮނުވޭނެ އިންތިޒާމް ހަމަޖައްސާފައި ވާކަން ވެސް ވަކީލުންނަށް ދަންނަވާފައިވާ ކަމަށް ކަރެކްޝަނުގެ ނޫސްބަޔާނުގައިވެއެވެ.

ކޮވިޑް-19 ހާލަތާ ގުޅުވައި ގާނޫނީ ވަކީލުންނާއި، އެހެނިހެން ބައްދަލުވުންތަކަށް އެދި އެ ސާވިސްގެ [email protected] އަށް އީމާލް ކުރުމުން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެ ބައްދަލުވުމެއް އިންތިޒާމް ކޮށްދެވޭނެ ވާހަކަ ދަންނަވާ ކަމަށް ކަރެކްޝަނުން ބުނެއެވެ.

ކަރެކްޝަނުގެ ވާހަކަތައް ދޮގުކޮށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ނެރެފައިވާ ނޫސްބަޔާނުގައި ބުނީ ކަރެކްޝަނުން މިއަދު ނެރުނު ނޫސްބަޔާނުގައި ހުރި ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.

"ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ބައްދަލު ކުރުމަށް ފޯމު ހުށަހެޅުމަށް އެއް ފަހަރަށްވުރެ ގިނަ ފަހަރަށް ދިއުމުން ވެސް މާލޭ ޖަލުން މައުލޫމާތު ދެއްވާފައިވަނީ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމާ ބައްދަލު ކުރެވޭނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށާއި، ކޮވިޑު-19 އާ ގުޅިގެން ސީދާކޮށް ގާތުން ބައްދަލުކުރުމުގެ އެއްވެސް އުސޫލެއް އަދި އިންތިޒާމެއް ހަމަޖެހިފައި ނުވާކަމަށެވެ. އަދި، އެއްވެސް ހާލެއްގައި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅައިފިނަމަ ސީދާކޮށް ގާތުން ބައްދަލު ކުރެވޭނޭ އިންތިޒާމު ހަމަޖެހޭނެ ކަމަކަށް ބަޔާންކޮށް އެއްވެސް އިރުޝާދެއް ދީފައެއް ނުވެއެވެ." ރައީސް ޔާމީންގެ ވަކީލުން ނެރެފައިވާ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނަށް ރައްދު ދިނުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބަޔާން ނެރެ ކަރެކްޝަނަލް ސަރވިސްގެ ރަސްމީ ޓްވިޓަރ ހެލްޑްލް އިން ޓްވީޓް ކޮށްފައި ވަނީ މިއަދުގެ ރަސްމީ ގަޑި ނިމުމަށް ކުޑަތަން ވެފައި ވަނިކޮށް ކަމަށެވެ. އަދި ކުރިއަށް އޮތީ ބަރަކާތްތެރި ހައްޖު ދުވަހާއި އަޟްހާ އީދު ދުވަހާގުޅޭ ދިގު ބަންދެއް ކަމަށްވާއިރު ރަސްމީ ގަޑި ނިމުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ނޫސް ބަޔާން ނެރުއްވުމުން ވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ނުރަގަނޅު ނިޔަތް އޮތް މިންވަރު ހާމަވެގެންދާ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ކަރެކްޝަނުގެ ބަޔާން ދޮގުކޮށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ނެރެފައިވާ ނޫސްބަޔާނުގައި ބުނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާލޭ ޖަލުން ވަކި ޖަވާބެއް ދޭއިރު ހަމަ އެ ޖަވާބާ ކަނޑައެޅިގެން ފުށޫއަރާ ގޮތަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މުޅިން އެހެން ވާހަކަތަކެއް ދައްކާތީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތައް ހިންގައި ކޮންޓްރޯލް ކުރަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިންތޯ ނުވަތަ އެހެން ފަރާތަކުންތޯ ސުވާލު އުފެދޭ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އޮޅުވާލި ވޯޓު

    ނަލަގަ މި ސަރުކާރުން މީހަކައް ރައީސްޔާމީން ފެންނަހިސާބައް ވެސްފޮނުވާކައްހަޖަމެ ނުވާނެ މިއަދު ކޮމްމެ ފަދަ އަނިޔާއެއްވެސް މި ނަހަލާލު ސަރުކާރައްދެވިދާނެ އެކަމަކު 96000 ރައްޔަތުން ތިބިކަން ހަދާނަބަހައްޓާތި ކިބޫ ބުއްޅަބޭ

  2. މޯދީ ސަރުކާރު އިސްތުއުފާ

    ނުހައްޤުން ޖަލުގައި ރައީސްޔާމީން ދޫކޮށްލާ ރައީސްޔާމީން އަށް ގެއްލުމެއް ވެއްޖެނަމަ އެކަމުގެ ޒިންމާ ކޯލިޝަނުގައި ހިމެނޭ ހުރިހާ ލީޑަރުން ނަގަންޖެހޭނެކަން ހަ ދާންކުރާތި!

  3. ރެއްކާ

    އެހެން ހެދީމައިތާ އެވީޑިއޯ ރެކޯޑްކޮށްގެން އެޑިޓްކޮށްގެން ކޮންމެވެސް ގަނޑެއްގަނެވޭނީ. ޖާހިލު ބައެއް މިތިބީ.

  4. ކޮވިޑް 19

    ކޮބާ ކޮވިޑް އެލަވަންސް.

  5. ކޮވިޑް2020

    ކޮބާ ކޮވިޑް އެލަވަންސް.