ކޮވިޑް 19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަހަރުގެ އަޟްޙާ އިދު ނަމާދުގެ ބޮޑު ޖަމާއަތުގައި ނުބާއްވާ ގޮތަށް އައްޑޫސިޓީ ކައުންސިލުން ނިންމައިފިއެެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީގައިވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން ނޯންނާނެއެވެ. މާލެ ސިޓީގައި އީދު ނަމާދު ކުރުން އޮންނާނީ ހުކުރު ކުރާ މިސްކިތްތަކުގައެވެ.

އައްޑޫ ކައުންސިލުން ވިދާޅުވީ، އައްޑޫ ސިޓީގެ އެއްވެސް އަވަށެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ނޯންނާނެ ކަމަށާއި، ނަމަވެސް، އައްޑޫގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި މިއަހަރުގެ އީދު ނަމާދުކުރުން އޮންނާނެ ކަމަށެވެ.

ކައުންސިލުން ވަނީ، ނަމާދަށް ދާއިރު، މާސްކް އަޅައިގެން މުސައްލަ ހިފައިގެން ދިއުމަށް ނަސޭހަތްތެރިވެފައެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އިއްޔެ އެކަނިވެސް 92 ދިވެއްސަކު ވަނީ ކޮވިޑް-19 އަށް ފައްސިވެއެވެ.