އިމްޕޯޓް އެކްސްޕޯޓް ޑިއުޓީ ގާނޫނަށް ގެނެސްފައިވާ ބަދަލާއި އެކު އިމްޕޯޓް ޑިއުޓީއިން ލިބޭ އާމްދަނީ އިތުރުވިނަމަވެސް ރައްޔިތުންގެ ބޭނުން ކުރާ އާންމު މުދަލުގެ އަގު ބޮޑު ނުވާނެ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

"ޕީއެސްއެމް"ގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކަސްޓަމްސްގެ ސީނިއާ ސުޕްރިޓެންޑެންޓް އަހުމަދު ނިޔާޒު ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިމްޕޯޓް 35 އިންސައްތަ އާއި 40 އިންސައްތަ އާއި ދެމެދު އަދަދަކަށް ދައްވެފައި ވާކަމަށާއި އެހެން ނަމަވެސް މިހާރު ގެނެވުނު ބަދަލާއި އެކު އާމްދަނީ އިތުރުވާނެ ކަމަށެވެ.

ނިޔާޒު ވިދާޅުވީ، އެ އިސްލާހާއި އެކީ ދައުލަތަށް އާމްދަނީގެ ގޮތުގައި 600 މިލިއަން ރުފިޔާގެ އިތުރުވުމެއް އަންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މީގެ އިތުރުން މިއަހަރުގެ ބާކީ މިއޮތް މަސްތަކުގައިވެސް ދައުލަތަށް އިމްޕޯޓް އެކްސްޕޯޓުން 140 މިލިއަން ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

މިޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިޔާޒު ވިދާޅުވީ، އާމްދަނީ އިތުރުވިނަމަވެސް ރައްޔިތުން ބޭނުން ކުރާ ގިނަ އަދަދެއްގެ މުދަލުގެ އަގު ބޮޑުވެގެން ނުދާނެ ކަމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ގުޅިގެން ހުރި ސިނާއަތްތައް ފުޅާ ކުރުމަށް ގިނަ ތަކެތީގެ ޑިއުތީ ރޭޓް ދަށްކުރެވިފައި ކަމަށެވެ.

"ކޮންމެ އިސްލާހެއްގައިވެސް އާންމު ރައްޔިތުން ބޭނުން ކުރާ މުދަލުން ޑިއުޓީ ކުޑަކުރުން އެބައޮތް. މިދިޔަ އަހަރު ގެނެވުނު އިސްލާހުތަކުގެ ތެރެއިން އާންމު ރައްޔިތުން ބޭނުން ކުރާ ކާބޯތަކެއްޗާ، ބޭހާއި ހިފާ ގެންގުޅޭ ސާމާނާއި އިމާރާތް ކުރުމަށް ބޭނުން ކުރާ ސާމާނުން މިވަނީ ޑިއުޓީ ސުން ޕަސެންޓަށް ބަދަލު ކުރެވިފައި" ނިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ނިޔާޒު ވިދާޅުވީ، އިމްޕޯޓް އެކްސްޕޯޓް ގާނުނަށް މި ގެނެވުނު އިސްލާހާއި އެކު 1،600 އައިޓަމެއްގެ ޑިއުޓީ އަށް ބަދަލުގެނެވިފައި ވާކަމަށާއި މީގެ ތެރެއިން ބައިން އައިޓަމް ތަކަކީ ޑިއުޓީ ދައް ކުރެވިފައިވާ އައިޓަމްތަކެއް ކަމަށެވެ. އަދި އަނެއް ބައި އައިޓަމް ތަކަކީ ޑިއުޓީ ސުންޕަސެއްޓަށް ތިރިކުރެވިފައިވާ އައިޓަމް ތަކެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަޓޯ

    ކޮބާ ކޮވިޑް އެލަވަންސް. ޑޮގުހަދާ ފޭކު އިބޫ... ވައްކަން ކުރާ އެމްޑީޕީ ސަރުކާރު...

  2. ދަރަނި ދަންތުރަ

    ތަކެތީގެ އަގުބޮޑެއްނުވާނެ 1 ޑޮލަރ 18 ރުފިޔާޔަށް ރައްޔިތުންގެ ޖީބުތަށް ފުރިބަންޑުންވަނީ ނޫ އިގުތިސޯދު ދިޔާވެގެން ފައިބަނީ އިބޫ އިސްތިއުފާ..

  3. ބޯޖަލީލު

    ކޮވިޑު އެލަވަންސް ލިބޭނީ މެޑަމް ފަޒުނާ ވިހޭދުވަހަކުން ކެއްކޮށްލާ

  4. އޮޅުވާލި ވޯޓު

    ތީދެން ވަރައްހެއްވާވާހަކައެ މުދަލުގެ ޑިއުޓީ ވަނީބޮޑު އެކަމަކު މުދަލުގެ ވަނީއަގުހެޔޮ ކިހާދެން ދެއުޅިއެއްނުވާވާހަކައެ