މިމަހުގެ ތެރޭގައި ހުޅުމީދޫއަށް އެރި އުދައިގެ ސަބަބުން އެރަށުގެ އަތިރިމައްޗާ ދިމާލުން ހުރާގަނޑެއް އުފެދިއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ނަލަފެހި މީދޫ ޖަމްއިއްޔާގެ ފަރާތުން އަހުމަދު ޒުހެއިރު ވިދާޅުވީ، މި ހުރާގަނޑަކީ މިދިޔަ ވިއްސާރާގައި އުފެދުނު ހުރާގަނޑެއް ކަމަށާއި ހުރާގަނޑު އޮތްކަން އެނގިފައިވަނީ އަތިރިމައްޗަށް ދިއުމުން ކަމަށެެވެ. އެތަނަކީ މީގެ ކުރިން ނޯންނަ ތަނެއް ވުމުން ގިނަ ބައެއްގެ ލޮލުގައި އަޅައިގަތްކަން އޭނާ ވަނީ ފާހަގަކޮށްފައެވެ/

މި ހުރާގަނޑަކީ ދުރުން ބަލާއިރު ހިއްކާފައި އޮންނަ ގޮތަށް ފެންނަ ހުރާގަނޑެކެވެ. އެހެން ނަމަވެސް ޒުހެއިރު ވިދާޅުވީ، އެއީ އަކިރިއާއި ގަލުން ހިކިފައި އޮތް މާސިންގާ ހުރާގަނޑެއް ކަމަށެވެ.

"ހުރާގަނޑުގެ ދިގުމިނުގައި 2500-3000 ފޫޓޫ ހުންނާނެ. ފުޅާ މިނުގައި އެކި ހިސާބުތަކުގައި އެކި ވަރު. ގާތްގަނޑަކަށް 25 ފޫޓު، 10 ފޫޓު ހުރި. އުސްމިނުގައި ބައެއް ހިސާބުތަކުގައި 6 ފޫޓޫ ހުރި" ޒުހައިރު ވިދާޅުވިއެވެ.

އިސްމެހެލަ ހެރަ ކައިރީ އުފެދިފައިވާ ހުރާގަނޑުގައި މުޑިކާށި އިންދާފައި-- ފޮޓޯ: ނަލަފެހި ޖަމްއިއްޔާ

މި ހުރާގަނޑަކީ އެރަށު ފުއްޓަރު ފަރާތު ރާޅޫ ނަގާ ހިސާބުގައި އުފެދިފައިވާ ހުރާ ގަނޑެކެވެ.

ހުރާގަނޑު އުފެދިފައިވާތީ، ނަލަފެހި ޖަމިއްޔާއިން ވަނީ އެތަނުގައި މުޑި ކާށިތަކާއި، އެސަރަހައްދުގައި އުފެދޭނެހެން ހީވާ ކަހަލަ މަގޫ ގަސް އިންދާފައެވެ.

މީގެ ކުރިން އުދައިގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކުގައި މިފަދަ ހުރާގަނޑު އުފެދިފައިވާއިރު، އައްޑޫގައި އުފެދިފައިވާ މި ހުރާގަނޑަކީ ނިސްބަތުން ބޮޑު ހުރާގަނޑެކެވެ.

މި ހުރާގަނޑު ގިނަ ދުވަސްވަންދެން އެތަނެއްގައި އޮންނަ ނަމަ ރަށެއް އުފެދިދާނެ ކަމަށް ތިމާވެއްޓާއި ބެހޭ ބައެއް މާހިރުން ލަފާ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. Anonymous

  ނިއުމަތްތަކަށްޝުކުރުވެރިވެ ރަހުމަތްތައް ބީވިޔަ ނުދޭށެވެ އަވަށްޓެރިން އެ ތިބެނީ ހަސަދަ ވެރިވެފައެވެ

  63
 2. ޞާރި

  ބުރިޖު ނާޅާ ތިކަން ތިވީ ސުލޯލިހު ސަރުކާރުގަ... ޔާމީނު ސަރުކާރުގަ ތިވަރުވެސް ނުވި

  21
  69
 3. އިންޑިޔާގެ ވެރިރަށް އައްޑޫ

  ފެންފޯއްރުކެއް ނޫންތަޖަހަނީ!

  45
  2
 4. އުތީމު މީހާ

  މާދަމާ އަންނި ބުނާނެ އައްޑޫ ހުރާގަނޑުގައި ރިސޯޓް ތަރައްގީކުރާނަމޭ. ދެން އައްޑޫ މެމްމަރުންނާއި އައްޑޫގައި ތިބޭ ރީނދޫބައިގަނޑުގެ ކުދިން ބާރަށް އަތްޖަހާނެ. ދައުރު ނިމިގެންދާއިރުވެސް އައްޑޫމީހުން ތިބޭނީ އިހުވެސް ތިބިގޮތަށް. މޭދަށަށް ބެގީޖަހައިގެން ދެކޮޅަށް ހިނގާލަ ހިނގާލައި.

  33
  2
 5. ކުދުވާނޑި މުހުންމާ

  އަވަހަށް އިންޑިޔާ ސަރުކާރާއި ހަވާލުކޮށްލާ މަސްކަނޑާ ތަނެއް ހަދަން.

  36
  2
 6. ިބޯކިބާ

  މިސަރުކާރުގެ ވައުދެއް އައްޑޫގައި އިތުރު ރަށްތަކެއް އުފެއްދުމަކީ، މިހާރު މިވީގޮތުން އެވައުދުވެސް ފުއްދަން ނުޖެހުނީ.

  37
 7. މަނާ

  ތިޔަ ސުރުހީއިން އަހަންނައް އެނގެނީ އެންމެ 3 ބަސް،
  އައްޑޫ، ކައިރިން، އުފެދިއްޖެ

 8. ޖޫދު

  މިސަރުކާރުން ތިޔަ ތަނުން ގޯތިދޭން އެބައުޅޭ