ކޮވިޑް-19 ގެ ބަލި ރާއްޖޭގައި އުޅޭ ކަމަށް ގަބޫލުކުރާ ކަމަށާއި އެހެންނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޮވިޑް-19 އުޅޭ ކަމަށް ބުނެ ރައްޔިތުން ގެތަކަށް ވައްދާ ބަހައްޓައިގެން ރައްޔިތުންގެ ނަމުގައި ބޭރުގެ އެކި ގައުމުތަކުން އެތައް މިލިއަން ފައިސާއެއް ނަގަމުން އަންނަ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ބުނެފިއެވެ.

މިއަދު ހަވީރު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މިއަދުގެ ސަރުކާރުން ކޮވިޑް-19 ބޭނުން ކުރަނީ ވައްކަން ކުރުމަށް ބޭނުން ކުރާ ޓޫލެއް [ހަތިޔާރެއް] ގޮތުގައި ކަމަށެވެ. ރައްޔިތުންގެ ނަމުގައި އެތައް މިލިއަން ރުފިޔާއެއް ބޭރު ގައުމުތަކުން ނަގާފައިވާއިރު އެއިން އެއްވެސް ފައިސާއެއް ރައްޔިތުންނަށް ލިބިފައި ނުވާކަމީ އިދިކޮޅުން ކަންބޮޑުވާ ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މިދިޔަ އަހަރު ރައްޔިތުން މަޖިލީހަށް ވަޑައިގެން އަޅުގަނޑު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ކާމިޔާބު ކަމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރު ދުވަހުން ބޭރު ގައުމުތަކުން ހޯދި ފައިސާ ތިމަންނާމެން އެއް އަހަރު ދުވަހުގެ ތެރޭގައި ހޯދައިފީމޭ. ދެން އަޅުގަނޑުމެން މި ބަލާލީ، ބަލާލިއިރި 26 ބިލިއަން ރުފިޔާ އެބަވޭ ނަގާފައި. މިއިން އެއްވެސް ފައިސާއަކުން ރައްޔިތުންގެ ދިރިއުޅުން ރަނގަޅު ކުރުމަށް ދެވިގެން އަންނަ ތަނެއް ނުފެނޭ،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ޖެހުނީ ދިވެހިންގެ މިނިވަންކަން ދިވެހިންގެ އަތުން ބީވެގެން ދާން ބޭނުން ނުވާތީ ކަމަށެވެ. އެގޮތުން ޝިޔާމް ވިދާޅުވީ ބޭރު ގައުމުތަކުން އެހީތެރިކަން ހޯދާ ކޮންމެ ފަހަރަކު ދިވެހި ގައުމުގެ މިނިވަންކަން ގެއްލިގެންދާ ކޮންމެވެސް ކަމަކަށް އަދުގެ ސަރުކާރުން އެއްބަސްވާ ކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން ޝިޔާމް ވަނީ ރޭގެ މުޒާހަރާގައި ފުލުހުންގެ ގަޔަށް މުޒާހަރާގެ ބައިވެރިން ހައްޕުނޑު ޖެހި ކަމަށްބުނެ ދެކެވެމުން އަންނަ ވާހަކަތަކާއި ގުޅިގެން ވެސް ވާހަކަދައްކަވާފައެވެ. ޝިޔާމް ވިދާޅުވީ ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުންނަކީ އެފަދަ ކަމެއް ކުރާނެ ބައެއް ނޫން ކަމަށެވެ. އަދި ހަމައެއާއެކުގައި އެފަދަ ކަމަކަށް ދުވަހަކުވެސް އެ ކޯލިޝަނުގެ ލީޑާޝިޕުން ވެސް އަދި އާއްމު މެންބަރުންވެސް ހިތްވަރު ނުދޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ އެކަމަކީ ދުރާލާ ރޭވިގެން ބަޔަކު ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި އެކަން ހުދު ފުލުހުންނަށް ވެސް އެނގޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭނާ ވަނީ އެ ސަރަހައްދުގައި ފުލުހުން ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތައް ބަލައިގެން އެކަން އަސްލު ކުރި މީހުން ހޯދުމަށާއި އެ މީހުންނަށް އަދަބު ދިނުމަށް ގޮވާލާފައެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ އެއްވެސް ހާލެއްގައި އިދިކޮޅު ކޯލިޝަނުން މަގުމައްޗަށް ނިކުންނަނީ ވެރިކަން ވައްޓާލަން ނޫން ކަމަށެވެ. އެފަދަ ގޮތަކަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް ސޯލިހަށް ހީފުޅު ކުރެވިފައި އޮވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ނިކުންނަނީ ގެއްލިފައިވާ ހައްގުތައް ހޯދަން. އެއްވެސް ހާލެއްގައި މިއުޅެނީ ވެރިކަން ވައްޓާލާކަށް ނޫން. ކުރިޔަށް އޮތްތަނުގައި މި މުޒާހަރާތައް ވަރުގަދަ ވާނެ،" ޝުޖާއު ވިދާޅުވިއެވެ.

ކުރިޔަށް އޮތީ ހައްޖު ދުވަސް ކަމަށްވުމުންނާއި އަދި އަޟްހާ އީދު ދުވަސް ކަމަށްވުމުން ކުރިޔަށް އޮތް ތިން ދުވަހު މުޒާހަރާ ނޯންނާނެ ކަމަށް އިދިކޮޅުން މިއަދު ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އިސްތިއުފާ

    ރައީސް އިބޫ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

    27
    17
  2. ޢަންސާރު

    މުޒާހަރާތަށް ވަރުގަދަކޮށް މި ވެރިކަން ވައްޓާލަން ޖެހޭ

    27
    24
    • ފެކްޓް

      ކްނކަމާ ހިތްހަމަނުޖެހުނީ ނުޖެހޭ ބަޣާވާތް ކުރާކަށް.

      11
      5
      • Anonymous

        ނުޖެހޭނެ އެއްގޮތަކަށް ވެސް. ކީރިތި ކޮށްފަ އިސްތިއުފާ ދޭނެ ވިއްޔާ

  3. ކުދުވާނޑި މުހުންމާ

    ބޮޑުތަނުން ވައްކަން ކޮށްފި، އޯޑަރު ކުރި ވެންޓިލޭޓަރުތަށް އަދިވެސް ހަމަޔަކަށް ލިބުނުކަމެއްނޭގޭ. މަޖިލިސްގެ ނައިބު ނައިބު ރައީސް އަފީފު ކުރެން އަހާލީމައި އަމީނު އެކަންތަށް ކުރިގޮތް އަލިފުން ޔާ އަށް ކިޔައިދޭނެ.
    ކޮވިޑް ގެ އަސަރު މިގައުމަށް ކުރިއިރު ބައިތުލްމާލުގައި ހުރި ފައިސާގެ ތެރެއަށް ކޮވިޑާއި ގުޅިގެން އެތަކެއް މިލިޔަން ރުފިޔާ ގައުމަށް ވަދެއްޖެ ކަމަށް ވަޒީރު އެބަބުނޭ. އެކަމަކު ތިން ހަތަރު މަސްވީތަނާ ގައުމު ހުލިވެއްޖެ. ޖާބިރު ބުނާހެން އެހެންތާވާނީ މެނޭޖެކުރަން ނޭގޭބަޔަކާއި ގައުމު މެނޭޖްކުރަން ހަވާލުވީމައި.
    ރައީސް ގާތްމީހުންގެ ބާވެ ހަސްނެތިފައިވާ ރިސޯޓްތަށް ކަރަންޓީނަށް ނަގައިގެން އެތަކެއްފައިސާ އެމީހުންނަށް ހޯދައިދެވިއްޖެ. ކޮވިޑްގެ ސަބުން ވަޒީފާ ގެއްލުނު މީހުންނަށް އެތަށް ސަތޭކަ މިލިޔަން ރުފިޔާ ދީފީމޭ ދެއިރު ދެދަޅަޔަށް ގޮވާއިރު އެލިބުނު މީހަކުނެތް، ލިބުނިއްޔާމު ލިބުނީ އެމްޑީޕީ މަގުމަތީ އެކްޓިވިސްޓުންނަށް. އިހްލާސް ތެރިކަމެއް ހުރިއްޔާމު އެފައިސާ ލިބުނު މީހުންގެ ލިސްޓް އާންމުކޮށްބަލަ. ބައިތުލްމާލުން ކުރާ ހޭދައަކީ އެއާންމުކުރުމުން އެހެން ބައެއްގެ އަބުރަށް ގެއްލުންވާނެ އެއްޗެކަމަށް ބަލައިގެންނުވާނެ. އެވަރު މީހުން ބައިތުލްމާލުން އެހީނުހޯދާނީ. ރިސޯޓްތަކުން މުވައްޒިފުން ކަނޑައި ނުވަތަ މުވައްޒިފުންގެ މުސާރަ އުނިކުރާ ރިސޯޓްތަކަށް ސަރުކާރުގެ މާލީ އެހީ ނުލިބޭނެކަމަށް ގޮވިގޮވުން އަނެއްކޮޅަށް ޖަހާލައި އެހުރިހާ ފައިސާއެއް ސަރުކާރަށް ބައިއަތުހިފައިގެން ތިބި މީސްމީހުންގެ ރިސޯޓްތަކަށް ބަހާލައިފި، އެތަންތަނުން މުވައްޒިފުންވެސް ކަނޑާލައިފި ބޭތިއްބި މީހުންގެ މުސާރަ ބޮޑުތަނުން އުނިކޮށްފި. ކޮވިޑޭ ކިޔައިގެން ބައިތުލްމާލުގައި ހުރި ފައިސާކޮޅު އެގޮތްމިގޮތަށް ގާތްމީހުންނަށް ބަހައި ހުސްކޮށް އެންމެ ފަހުން ގޮތް ހުސްވީމައި ރައްޔިތުން މަރުވިޔަސް ހެޔޮކަމަށް ގައުމު ހުޅުވާލީމައި ފެންނަނީ ރިވެތި މަންޒަރެއްނު. ގައިމު ތޮއްޑޫވަހީދު ބުނި އިޓަލީމީހުން އެތިބީ މިގައުމު ނުހުޅުވައިގެން މިތަނަށް ނާދެވިގެން އެތާގެ އެއާޕޯޓާއި މަގުމަތީގައި ކިއުލައިން ދަމާލާފައޭ. ގައުމު ހުޅުވާލައިފި ހީކުރުވަރާއި ގާތަކަށްވެސް ފަތުރުވެރިންނާދޭ، ގައުމު ހުޅުވާލުމައި ދިން ލުއި ތަކުގެ ސަބަބުން ހީކުރިވަރަށްވުރެން ބޮޑަށް ގައުމުގައި ކޮވިޑްފެތުރެމުން މިދަނީ.
    މިހުރިހާކަމެއް މިހެން ހިނގަމުންދާއިރުވެސް ރައީސްމީހާ ވަޒީރުމީހާ މަޖިލިސްމެމްބަރުމީހާ ސިޔާސީ ބޮޑެތިި މުސާރަ ލިބޭމީހާ ހިތަށް ހަމަ ކަހެރުވަކެކޭވެސްނާރާ. އެމީހުން އެއުޅެނީ އުޅޭނެ ގޮތަކަށް. އެންމެ ކުޑަމިނުން ރައީސް މީހާއަށް ނުކެރޭނެ ބުނާކަށް މިނިސްޓަރުންގެ ކާރަށް ބައިތުލްމާލުން ހޭދަކޮގެން ދެން ތެޔޮނޭޅޭނެޔޭ. މީހަކު ބާރަށް އެއްޗެކޭ ބުނެފިތަ ކީރިތިކުރައްވައިގަންނާނެ ހުންނަ މަކަރުވެރިކަމުން.
    ކިނބުލަކީވެސް ވަރަށް މަކަރު ގަދަ އެއްޗެއް.

    • ކިއުން ތެރިއެއް
  4. ރާގޮޑިރާޖަ

    މީ މޮޔައެއްބަާ؟ ޙުރިހާނޫހެއްގަ މި ކަލޭގެ މޮޔަގޮވަމުން ދަނީ.

    17
    12
  5. އަބްދޫ

    ޜައީސް ސާލިހް މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރަމުން ނުގެންދާ ކަމަށް ފާހަގަ ކުރެންފެށުމުން ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން މަޖިލީހުން ރައީސް މަގާމުން ދުރުކުރަންވާނެ.މަޖިލީހުން މަސްއޫލިއްޔަތު އަދާނުކޮށް ގާނޫނުއަސާސީން މަޖިލީހާއި މަތިކޮށްފައިވާ ޒިންމާ އަދާނުކުރާނަމަ ގާނޫނުއަސާސީގެ 4 ވަނަމާއްދާގަ ބުނާ ބާރު އަބުރާ ރައްޔިތުން އަތުލަންވާނެ.ސިފައިންނާ ފުލުހުން ރައްޔިތުންގެ ހިމާޔަތުގާ ރައްޔިތުންނާ އެކުވާން ވާޖިބުވާނެ.

    18
    7
  6. ބޯގޯސް

    މެންބަރު އެބުނީވަރައްބޮޑު ތެދެއް މިސަރުކާރުން މިހާރުކުރާކަމަކީ ކޮވިޑު ނަވާރައިގެ ނަމުގަ ވައްކަން ކުރަނީ އެހެންޏާ އެއަދަދައް މިގައުމުގަ ފެތުރޭނަމަ ދުނިޔޭގެއެއްވެސް ގައުމަކުން ޓޫރިސްޓުންނެއް ނާންނާނެ އެކަމަކު މިހާރުވެސް އެގޮވަނީ ޓޫރިސްޓުން މިގައުމައް ފޮނުވާދޭށޭ މުޅިންވެސް އޮޅުވާލުން

    13
    10
  7. ހަސަދު

    ސިކުޑި އުނި ސިޔާސީ ލީޑަރުން ރަނގަޅުވާނީ ގޭގައި ތިބިއްޔާ. ކޮވިޑް އުޅެނީ މިރާއްޖެއަކު އެކަންޏެއް ނޫން. ކޮވިޑް އަދި މިފަދަ ބަލި ތަކާ ބެހޭ ގޮތުން ވާހަކަ ދައްކަން އެގޭނީ ރޯފިލާފަ ތިބޭ މީހުންނަށް. ސިޔާސީ ކޮސް ގޮވާ މީހުން ޕޯޑިއަމް ތަކާ ދުރުވާން އާދޭހާ އެކު ދަންނަވަން. ގައުމު ސަލާމްތަ ކޮށް ދެއްވާ!!!!

    17
    10
  8. ރިހި ރާންބާގަސް

    ފުޅަށްބުޑުން ދަންޏާ ހަސަނަށް ހީވާނީ ކެޔޮގަނޑު ކަނޑާލަފާނޭ! ވަގެއްގެ ތައްޕަހުގަ އުޅޭ ތިޔަކަހަލަ ގޮތެއްފޮތެއްނެތް މީހަކަށް ހީވާނީ އެހެންމީހުންވެސް ކުރާނީ ވައްކަންކަމަށް! މިކަލޭގެ މިހާރު ތިހިރީ ގުރާދޫ ކޮށްޓަށް ބަދަލުކޮށް އެތާންގަ ފަރުވާދޭން ފަށަންޖެހިފަ! އަސާ ބޭނުންވެގެން ޖާހާ މަސާހިބުކަން އެދޭ މީހުންނަށް ޖެހޭ ދަތުރު ކަލޯއަށްވެސް ތިޔަހަރަފންނަނީ ޖެހިފަ!

    11
    13
    • ޣެމީހާ

      ގުރާދުއަށް ދާން ޖެހެނީ ރަގަޅު ނުރަގަޅު ނޭގިގެން އުޅޭ އެއްކޮޅަށް ޖެހިތިބި ރީދޫ

      5
      2
  9. އަލްޖިބްރާ

    ކަލޭ ނޫނަސް އެމެރިކާއާއި ބްރެޒިލް ގައިވެސް ވެރިކަމުގައި ތިބީ ތިކަހަލަ "ކަޑުކޮހުން" !

  10. ކިރކޫކް

    މީނަ ހަމައިގަ ހުރިހެނެއް ހީއެއްނުވޭ. އިދި ކޮޅު އެބަޖެހޭ ޕްރޮފެސަނަލަވާން. މޮޔަގޮވީމަ ތާއީދު ކުރަންތިބޭ މީހުންވެސް ފޫހިވާނީ.

  11. Happy

    ކޮބާހޭ މމޕރސ ލާރިގަނޑު

  12. ޢަފީފު

    ވަގަކާއެކު އުޅޭނީ ހުސް ވަގުން
    މުލުވަގު ޔާމީނު އޮތީ ޖަލުގަ ހަޖަމު ނުވެގެންްް ކުދިވަގުންްތައް ތެޅި ބާލަނީ

    1
    1
  13. ސިކުނޑިންވިސްނާ

    ބަލަ ގަމާރުންނޭ އެވަރައް ބަލިފެތުރޭ ގައުމަކައް ކޮންގައުމަކުންބާ މީހުން ފޮނުވާނީ ސަލާމަތުންތިބެފަ އެނގިގެން ހަލާކެއްގެތެރެއަކައް އެކަކުވެސް ފުންމާނުލާނެ ކިތަންމެވަރަކައް ހުޅުވާފައޮތަސް ބޭރުގައުމުތަކަކުން އެވަރައް ބަލިއުޅޭގައުމަކައް މީހުންނާންނާނެ

  14. ުއުނދުޅި

    ވައްކަމޭ ނުކިޔަ ދެންވެސް ރައްޔިތުންގެ ލޯބި ލިބޭތޯ އުޅެބަލަ
    ބަންގުލަދޭސް ކުދިންކޮޅެއް ނެރެގެން މުޒާހަރާއަށް ނުކުމޭ

    2
    3
  15. އުތީމު ތަކުރު

    މާލެ ސިޓީގަ ކިތައްމެ ގިނަ ޕޮޒިޓިވް ކޭސްތަކެއް ކޮންމެ ދުވަހަކު އިއުލާން ކުރަމުން ގެންދާއިރު އެއްވެސް ރަށަކުން މާލެއަށް މީހުން އައުމަށް އެއްވެސް ހުރަހެއް ނެތީ ކީއްވެބާ؟؟؟؟

  16. ރިހި ރާންބާގަސް

    އެއްކޮޅަށް ޖެހިގެންގޮސް ހަލާކުވެފަ ތިތިބީވެސް ތިޔަ ޕާޓީގެ ޔާމީނުގެ އައުވާނުން! އަވަހަށް ނައިފަރުގަ ގުރާދޫ ކޮށީގެ ގޮތްޕެއް ހަދާފަ ޝިޔާމް އާއެކުގަ ކަލޯވެސް ވަދެއޮވޭ! ތިތިބީ ވެރިކަން ލިބިފަ ޝިޔާމް އެހެރީ ގައުމުގެ ރައީސް ކަމުގަ ކަލޯ ތިހިރީ ނައިބް ރައީސް ކަމުގަ!