ސިޔާސީ ޕާޓީތަކުން މާލޭގައި ބާއްވާ އެއްވުންތައް ބާއްވާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުންތަކާއި އެއްގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެއްވުންތައް ބޭއްވުމަކީ މުހިއްމު ކަމެއް ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ އެހެންނަމަވެސް ސިޔާސީ ކޮންމެ ހަރަކާތެއް ވެސް ބާއްވަން ޖެހޭނީ ގާނޫނުއަސާސީ އަދި ގާނޫނުތަކާއި ވެސް އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ކޮވިޑްގެ ބަލިމަޑުކަން އަދިވެސް ރާއްޖޭގައި އެބައޮތް ކަމަށެވެ. އަދި ހަމައެއާއެކު އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިތުރުކޮށްފައިވާއިރު ސިޔާސީ ހަރަކާތް ހިންގަންވާޏީ އެޗްޕީއޭގެ އެންގުންތަކާ އެއްގޮތަށް ކަމަށް އިލެކްޝަނުން ބުނެއެވެ.

އިލެކްޝަނުން މިފަދައުން ބުނެފައިވާއިރު އެ ކޮމިޝަނުގެ ނާއިބު ރައީސް އަހުމަދު އަކްރަމް ވެސް ވަނީ ގާނޫނާއި ގަވައިދުގެ ތެރެއިން ސިޔާސީ ހަރަކާތްތައް ހިންގުމަށް އިލްތިމާސް ކުރައްވާފައެވެ.

އަކްރަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ގެ ހާލަތު ގޯހުން ގޯހަށް ދާއިރު، ﷲ ގެ އިރާދަފުޅާ އެކު މި ހާލަތު ބަދަލު ކުރަން އެންމެން އެކުގައި ތެދުވަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން ހަރަކާތްތައް ކުރިއަށް ގެންދާ އިރު ވެސް ގާނޫނާއި ގަވައިދަށް ބޯލަނބައި ގާނޫނުގެ ތެރެއިން އެކަންކަން ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

މިފަދަ ހަރަކާތްތައް ހިންގުމުގައި އިންސާނީ ކަރާމާތައް އިސްކަން ދިނުމަށް ވެސް ޖަމީލްގެ ޓްވީޓުގައި ވަނީ އިލްތިމާސްކޮށްފައެވެ.

އިލެކްޝަނުން މިފަދައިން ބުނެފައި މިވަނީ އިދިކޮޅު ފަރާތްތަކުން މާލޭގައި ރޭ ކުރި މުޒާހަރާގެ ތެރެއިން ފުލުހުންގެ ގަޔަށް ހައްޕުނޑު ޖެހި ކަމަށް ބުނެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އިސްތިއުފާ

    އިލެކްޝަންސަް ކަމިޝަންގެ ރައީސް ފުއާދު ތައުފީޤު އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

    16
  2. ކަނަމަނަ

    ލަދުހަޔާއްކުޑައިލެކުޝަންކޮމިޝަންއެއްތިއީ ތިވެސް މިސަރުކާރުގެ ޖަގަހައެއް

    24
  3. އޮޅުވާލި ވޯޓު

    ށަރީފު ކަލޭ 2018 ގަވޯޓު އޮޅުވާލީ ގާނޫނުގަ ވާގޮތުގެމަތިންތޯ ޔާﷲ ކަލެޔައް ލައުނަ ލައްވާށި

    24
    2
  4. ބޯހަލާކު

    ލާރިބަނޑުތައް (ވޯޓުންވައްކަން) އެއޯޑިއޯ އަދިވެސް އަޑުއަހާލަންބޭނުން..ނަމަވެސް ޓީވީ އަދި ނޫސްތައްވެސް ތިބީވިކިފަ (ލާދީނީ ކޯލީޝަނައް)
    ޢިލެކްޝަންގެ ތިމީހުން ﷲއިރާދަކުރެއްވިއްޔާ އަދި ހައްގުއަދަބުދެވޭނެ...

    27
    1
  5. ޚަބަރުދާރު

    ވަގުންގެ ކޮމިޝަންސް މުލު ވަގު ދެން ރައްޔިތުންނާއި ކުޅެއް ނުދަދާތި މާފާޑުފާޑަށް ފުއްޕާނެ ކަމެއް ނެތް ދެން ހޯ ހޯ!

    26
  6. ނުވޭދޯ

    ރައްޔިތުން ބަނޑަށް ޖެއްސީ ތިން މަސްދުވަހަށް ރާއްޖެ ބަންދުކޮށްގެން ތިބެ އެޗްޕީއޭ އިންނޭ އެޗްޕީއޭ އިން މިކަމަށް ޒިންމާވާތޭ ނޫން ނުވޭދޯ ދެން ތަމެން ޒިންމާވާނަންތޭ ކުރީގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކުރާ ހިޔާ ފްލެޓް މަޝްރޫއުގައި ފްލެޓްސް ތައް ދޭނެ ކަމަށް ގެޒެޓް ކޮށްފައިވާ މީހުން އަތުން މިސަރުކާރުން ފްލެޓްސް ތައް އެެއްވެސް ސަބަބެއް ނެތި ފޭރިގަންނައިރު އެކަމަށް ތަމެން ޒިންމާވާނަންތޭ ނޫން ނުވާނަން ދޯ ދެން ތަމެން ޒިންމާވޭތޭ މިހާރު ކޮވިޑް ފެތުރޭއިރު ނޫން ނުވޭދޯ....

    12
  7. މުލު ވަގު

    ކޮން އެޗުޕީއޭއެއް ކަލޭމެން އެޗުޕީއޭ އާއިއެ ކުކި މަހަށްދާން ޖެހޭނީ ރައްޔިތުންނަ ކާއި ދެންނު ކުޅެވޭނެ އެޗުޕީއޭ އޮވޭ ގަންޖާ ބޮލުން އެޅިހާބަތަ ކަށް ރިހަވެފަ!

    16
    1
  8. ތުރުތުރު ލާންފެށީތަ

    ކަލޭމެންގެ މައިންބަފައިންގެ ހަރު މުދާގަނޑެއްތަ ތިއީ އެންމެ ފުރަތަމަ ހައްޔަރު ކުރާމީހުންގެ ތެރޭގައި ކޮމިޝަންސް ގެ 5 ސްމާމުލުންގެ ފަސްވަގުން ވަގުންގެ ލިސްޓުގެ އެންމެ ކުރީސަފުންގައި ބޮޑުވަގު އީސީ ޝަރީފް:

    17
    1
  9. Happy

    ޢެހެވެދޯ މިހާލަތުގަވެސް މުޅިމާލެ ކުޑަކޮށްފައެހިގަނީ!!??

  10. meeting

    ތި މުޒާހަރާއިންފެންނަނީ ހުސްވަގުން?

  11. އިސްތިއުފާ

    އެޗްޕީއޭ ގެ ބޮޭޑޭ މެން ބުނި ގޮތަށް ކޮވިޑްގެ އެއްވެސް ކަމެއް ރަނގަޅަށް ނުދެއޭ ކަން މިހެން ހުރުމުން އެޗްޕީއޭ ގެ ބޮޑޭ އިސްތިއުފާ ދޭންވީއޭ ތަމެން އިސްތިއުފާ ދޭންވީއޭ ދެން އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

  12. ކަމަނަ

    ރައްޔިތު މީހާގެ ނޫސްބަޔާން:
    ރައްޔިތުމީހާ އަންގާގޮތަށް މިހާރުން މިހާރަށް އެލެކްޝަން ކޮމިޝަނުގެ މެންބަރުން އިސްތިޢުފާދީ.

  13. ބޮއްޅަ

    ހާދަބިރެއްތިގަންނަނީ ބަޔަކު މަގުމައްޗައް ނުކުންނާތީ ކީއްވެބާ ސިޔާސީޕާޓީގެ ބޮޑަތިމީހުން ގްރޫޕްހަދާފަ ލޮކްޑައުން އުވާލުމުގެކުރީގަ ތަންތަނައް ދައުވަތައްގޮސްއުޅުނުއިރު ތިބަޔާންތައް ނެރެން ނުކެރުނީ ބިރުނުގަނޭ ﷲއިރާދަކުރެއްވިއްޔާ ކުރިއައްއޮތް ވިލާގަނޑުގެ ވައި ވަރައްގަދަވާނެ

  14. ބޭޗާރާ

    ތިޔައީ ވަރަށް ފަސޭހަ ކަމެއް އިނގޭތޯ. މާދަމާ ރޭ މަޖީދީ މަގަށް ނުކުންނާނީ 30 މީހުން 30 މީހުން ވަކިން ތިބޭގޮތަށް. މިހެން ތިބޭއިރު ތިބޭނީވެސް ގައިދުރުކޮށްގެން 3 ފޫޓް ދުރުގައި. ކޮންމެ 30 މީހެއްގެ ބައިގަނޑާއި ޖެހިގެން އޮންނަ 30 މީހުންގެ ބައިގަނޑާ ދެމެދުގައި 10 ފޫޓު ބެހެއްޓީމާ ނިމުނީ. ދެން ކޮންމެ 30 މީހަކަށް ލައުޑްސްޕީކަރު ދީފައި ޖަޑިބަކު ބަހައްޓާނީ. އެއީ ބައިގަނޑުގެ ސަރުދާރު. އޭރަކުން ތިބީ ގަވާއިދާ ޚިލާފަކަށޭ ނުބުނެވޭނެ. އޭރުން ވާނީ ވަކިވަކި އެއްވުން ތަކަކަށް. މަޖީދީ މަގުގެ ބޮޑު ބައެއް ވަރަށް ފަސޭހައިން ފުރާލެވޭނެ. މިއީ މިހާ ފަސޭހަކަމެއް.

  15. ގާސިމް

    ތިޔައީމިގައުމުމިހާލަތައްދުއްވާލިވަގުންގެޓީމް.ވޯޓްކަރުދާސްތައްއަންދާލިޖައްބާރުން.

  16. އައްލާ

    އާދެ،އާދެ. އޮންލައިންކޮށް ދެން ބާއްވާނީ އިގޭތޯ.