ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަަސައްކަތް ކުރާ މީހުންނަށް ދޭން ނިންމި އެލަވަންސް މިއަދު ޖަމާ ކުރަން ފަށައިފިއެވެ.

ކޮވިޑް-19 އާ ދެކޮޅަށް ފްރޮންޓް ލައިންގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެލަވަންސްއެއް ހަމަޖައްސަވާފައިވާ ކަން ހާމަކުރެއްވީ މެއި މަހުގެ ކުރީ ކޮޅުގައެވެ.

ފިނޭންސް މިނިސްޓްރީން މީގެ އިރުކޮޅެއް ކުރިން ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ދެވޭ ފްރޮންޓްލައިން އެލަވެންސް މިއަދު ދޭން ފަށާފައިވާ ކަމަށެވެ.

އެގޮތުން މިހާތަނަށް 220 ފަރާތަކަށް 2.9 މިލިއަން ރުފިޔާ ދެވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.

"ފުރަތަމަ ކޮވިޑް-19 ފެނުނު ދުވަސް ކަމަަށްވާ މާރިޗް 20 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އެ ފަރަތާތްކަށް ލިބެންވާ ފައިސާ އެއީ". ފިނޭންސް މިނިސްޓްރީން ވިދާޅުވިއެެވެ.

މިނިސްޓްރީން ވިދާޅުވީ، އިތުރު ފަރާތްތަކަށް އެލަވެންސް ދިނުމުެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށް ދާ ކަމަށެވެ. އެގޮތުން ޑޭޓާ ވެރިފިކޭޝަން އާއި އެޕްރޫވަލްގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް އެ މިނިސްޓްެރީން ވިދާޅުވިއެވެ. އަދި އެ މަސައްކަތްތައް ނިމުމާއެކު އިތުރު ފަރާތްތަކަށް އެލަވެބްސް ދެވޭނެ ކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ސަރުކާރުން އިއުލާންކޮށްފައިވާ ގޮތުން ނަމަ މި އެލަވަންސް ދިނުމަށް ހަމަޖެހިފައި ވަނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ.

އެގޮތުން ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ހައި ރިސްކު ފަރާތްތަކަށް ދުވާލަކު 500ރ. އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ދެވަނަ ގިންތީގެ ފަރާތްތަކަށް 250ރ. ލޯ ރިސްކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދުވާލަކަށް 200ރ. އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. ޢަހުމަދު

    އައި ޖީ.އެމް.އެޗް ގެ ނަރުހުނަށް އަދިވެސް ނުލިބޭ. ނަރުހަ ކުބުނީ އެމީހުންނަށް ނުލިބެނީ އައިޖީއެމްހެޗް ގެ އެޗް އާރު ޑިޕާޓްމަންޓް އިން އެލަވަންސް ރިޕޯރޓް ނުފޮނުވާ އިހްމާލުވެފައި ވާ ކަމަށް. ވަގުތު އިން މި ކަން ބަލާފާ ޔަގީން ކޮށްފަ ހަބަރު އިސްލާހް ކޮލުން އެދެން. ނަރުހުނުނަ ކީ އެންމެ ކުރީގައި މި ކަމުގައި އުޅޭފަރާތް.

    23
    2
  2. ާއަހުމަދު

    ސިފައިންނަށާއި ފުލުހުންނަށްވެސް އަދި ނުދޭ ... އެއީ މި ކަމާއި އެންމެ ބުރަކޮށް އުޅުނު ދެބައި މީހުން

    38
    1
    • ސަޓޯ

      ނުދޭނެ.. ކުރީ ފަހަރުވެސް ވެރިކަން ލިބުނީމަ ތެޅިގަތީ މުސާރަ ކަނޑަން.... މިފަހަރުވެސް ހެދީ އެހެން... އެމްޑީޕީ މީހުން ތިބެނީ ފުލުހުންނާ ހިތާވެފަ.. އެމީހުން ދީން ބަދަލު ކުރަން ކުރާ މަސައްކަތައް އޮތް ހަމައެކަނި ހުރަހަކީ ފުލުހުން...

      10
  3. ޑޮކްޓަރެއް

    އަދި ނުލިބޭ.

    20
  4. ތެދު

    އައިޖީއެމްއެޗްގެ ފްރޮންޱް ލައިންގައި އުޅެނީ އީއާރް ޑޮކްޱަރުން، ޕެރަމެޑިކްސް، އީއާރް މަސަތްކަތު މީހުން އަދި ނަރުހުން. މުޅި އައިޖީއެމްއެޗް ސްޱާރފުން ނުހިމެނޭ.

    12
    11
    • ޓޮންނަ

      ފްރަންޓް ލައިން މާނަ ކުރާ ގޮތް އަދި އެއް ފަހަރު ބަލާލާ!

      6
      1
  5. ފްރޮންޓް ލައިނަރެއް

    ޖަމާވަނީ ދެނީ އެކައުންޓަށް ވަންނަނީ މިހެން ކިޔާކިޔާ ހަލާކުވަނީ. ތި ދޭނީ ކޮންދުވަހަކުންބާ

  6. ޙހހހ

    ތީ ސަރު ކާރުން ކުރިޔަސް ރަނގަޅު ކަމެއް ނޫން. ތި ކަމުގައި ފުރަންޓްގައި ތި އުޅޭ މީހުންނަ ކީ އެމީހުންގެ ވަޒީފާގެ ގޮތުން ކުރަންޖެހޭ ކަން ކަން ، ޑިޒާސްޓަރ، ނަރުހުން ، ޑޮ ކްޓަރުން ، ސިފައިން ، ފުލުހުން ، ދެން މިއުޅޭ މުއައްސަސާތައް ،

  7. ހައްވަތު

    ރައީސް އަށް ދަންނަވާލަންބޭނުންވަނީ ހަމައެކަނި ސިއްހީދާއިރާގެ މީހުން އެކަނިނޫންކަން މިމަސައްކަތުގައިހަރަކާތްތެރިވެފައިވަނީ އަޅުގަނޑުމެންވެސް އެކަމުގައި ހަރަކާތްތެރިވީމެވެ

  8. ޭކަދިރަ

    ތިލިބުނު މީހަ ކު އުޅޭބާ މިރާއްޖޭގަ

  9. ޣޮމަސްތޮޮރި

    ވެމްކޯ މީހުންނައްވެސް ނުލިބޭ

  10. ވިސްނޭ

    ނުލިބޭ ނުލިބޭ ހުސްދޮގު ހަދަނީ....

  11. މާރިޔާ

    އައިޖީއެމް އެޗް ގެ އެޗް އާރު އާރުގެ ބައެއް މީހުން މިފައިސާދިނިމާދެކޮޅައްމަސައްކައްކުރޭ މީ ހަގީގަތެއް މިކަން
    ޜ.ސޯލިހްއައްއަންގާލިން އެއީއެމީހުންނައް ގަޑިހަމަނުކުރެވޭތީ

  12. ޢަހްމަދު އަރްފް

    ދެން ކޮންބަޔަކަށް އަނެއްކާ ތިދިނީ. ޢޮޅިގެން އަނެއްކާ ސަރުކާރުގެ އިސް މީހުންނަށް ބަހާލެވުނީބާ

  13. ސަޓޯ

    ތި ލިބުން މީހެއް މިގައުމަކު ނެތް... އަހަރެމެނަކަށް ނުލިބޭ.. ނުވެސް ދޭނެ... ތި ޑާޓަ ޕުރޮސެސްއަކީ އިބިލީސް ކައިވެނި... މިއީ ފެކު ފެއިލް ވެފައޮތް ސަރުކާރެއް... އަންނި އާއި އެމްސީ ހަމީދު އުޅެނީ ރާއްޖެއިން އިސްލާމް ދީން ފޮހެލެވޭތޯ.. އެމީހުނަށް އޮތީ ނަރަކަ

    10
  14. Happy

    އަދިނުލިބޭ

  15. ނާސް

    ހުސްފޭކު

  16. އަޙްމަދު

    ކޮބާ؟ ފާރމަސިސްޓްނަށް އެމީހުން ކޮވިޑް-19 ވަރަށް ބުރަކޮން މަސައްކަތްކުރި ޞިއްހީހިދުމަތްތެރިނުގެ ގުރުނާން އަދި ރަށްރަށުގެ މުއްވަސަސާތަކުގެ މުވައްޒަފުން ޑެސްކްތަކުގައި ބުރަކޮން މަސައްކަތްކުރި.

  17. މިނިސްޓަރ

    ބޮޑުއޮޅުވާލުމެއް

  18. މާރިޔާ

    އައިޖީއެމް އެޗް މީހުންނައްނުދޭންވެގެންމަސައްކުރަމުންއެބަދޭ

  19. ސަރީ

    ކީއްވެމަށަށްނުލިބިގެންމިއުޅެނީ

  20. Wawަ

    Alhamdlilaahި.. Masah libihjެ.. Skukuran

  21. ދޮންބެ

    ފިޓް ފަޒީލްގެ ގިވްއަވޭ ބާ!!!

  22. އަހްމަދު

    ކޮން ބަޔަކަށްތޯ ލިބުނީ އަމީރުއަށް އެކަނިންބާ

  23. ކިޔުންތެރިޔާ

    މި އެލަވަންސް ލިބުނީ ކޮށްބަޔަކަށް ބާއޭ ހިތަށް އެބައަރާ... ގައިމު ވެސް ރެއެއްދުވާލެއް ނުބަލާ ބަލިމީހުން ގޮވައިގެން ދަތުރު ކުރާ ފަރާތްތައް އަދި އެއްމެ ބުރަކޮށް މަސައްކަތްކުރާ ސާމްޕަލް ތައް ނަގަން އުޅޭފަރާތް ތަކަށްވެސް އަދިއެއް މި އެލަވަންސް އެއްނުލިބޭ.. އަދި މި އެލަވަންސް ލިބުނު ފުލުހެއް ސިފައިންގެމީހެއް ނޫޅޭ... ބަލިމީހުން ގޮވައިގެން އެއްމެ ބުރަކޮށް އުޅޭ ޑޮކްޓަރެއް ނަރުހެއް ނެތް ކަށްނޭގެ މި އެލަވަންސް ލިބުނު.... ކީއްކުރާނީ ދޮގުމައްޗަށް ދޮގުހަދައިގެން ތި ބޭފުޅުންގެ ޖީބުތައް ފުރާލެވޭތޯ ބަލާތި

  24. އެއްލޯޖޯބެ

    ރޮކެޓު ސަރުކާރު އިސްތިއުފާ

  25. ތުތުނާ

    ކޮން ބަޔަކައް ބާ ތިޔަ ލިބިގެން ތި އުޅެނީ؟؟
    މޯލޑިވިއަން ގެ ކުދިން ނައް ވެސް ތިޔަ ނުލި ބޭ.
    އެވެސް ކުރީ ސަފުގަ އެންމެ ހައި ރިސްކުގަ އުޅުނު ކުދިން

    ކޮބާތޯ އިނސާފު؟؟؟؟؟؟؟؟.

  26. ޢަހުމަދުމެ

    ކިޔުންތެރިޔާ ބުނާހެން. ނޭނގެ މި ވާއެއް ނުވާއެއް. ނަރުހުންނަށް ނުލިބޭ. ޢައިޖީއެ މްއެޗް އެޗްއާރު ތިގޮތަށްކަންތަށް ކުރާނަ މަ ތީ ބައެއްގެ ހައްގު ތި ގެއްލުވާލަނީ. ޙީނުކުރާތި ނަރުނުނަށް ތިކަން ނޭނގެނީއޭ. ނަރުހުން ބަރާބަރަށް އެބުނާފޯ މު ފުރާފަ އެޗްއާރު އަށް ލާ. ޢައިޖީއެ މް އެޗް އިން ބަރާބަރަށް ސާ މްޕަލް ނަގާ ނަރުންނަށް ވެސް ނުލިބޭ. ޢެޗްއާރު އަށް ގޮވާލަން މިކަން އަވަހަށް ހައްލުކުރަން. ނޫންނަ މަ ރައީސް އަށް ދަންނަވާނަން. ބަލާނީ ހަފްތާއެއް. ޥަރަށް ސަލާން.

  27. ޢަހްނަން

    ވަގުތަކީ ވަރަށް ރަނގަޅައް ހަބަރު ޔަގީންކުރާ ބައެއް. ޢަޅުގަނޑު އެދު މަކީ މިކަން އައިޖީއެ މްއެޗް ގެ އެޗް އާރު އާ ގުޅާފަ އެބޭފުޅުން މި ނުދޭން މަސައްކަތް ކުރާސާބަބު އުޅުންފިލުވާފަ އިތުރު ހަބަރެ އް ގެނެސްދެން. ޥަރަށް ގިނަ ނަރުހުން ވަގުތުނޫހަށް އެކަން ބަލާފަ ގެނެސްދޭނެ ވަގުތަކާށް އިންތިޒާރު ކުރާވާހަކަ ދަންނަވާލަން. މީ ނަރުހެއްގެ ބަސް.

  28. ނެެޭގެ

    Polihunna sifain kobaa??? Gaimu Adhi nulibe..
    Emme burakoh aailaa aa dhuruga ethah dhuvaheh hedha Koh ulhunu ebbaheh ei. Allowance eh dhey vaahaka nudheki nama miadhu e nudheegen ves vaahaka nudhakkkane..

  29. ނޭގެ

    Polihunna sifain kobaa??? Gaimu Adhi nulibe..
    Emme burakoh aailaa aa dhuruga ethah dhuvaheh hedha Koh ulhunu ebbaheh ei. Allowance eh dhey vaahaka nudheki nama miadhu e nudheegen ves vaahaka nudhakkkane..

  30. ލައިލާ

    އަޖީއެމްއެޗްއިން މިކަމުގާ ނުބާބައެއް ކުޅޭކަމައްވަނީ ބެލުންރަގަޅު

  31. Falhuveriyaa

    Aharumen komme dhuvahaku guest govaigen dhathuru kurumaky risk eh noontha

  32. 2.9 އަކުން ނުލިބޭ

    މިހާތަނަށް 2.9 މިލިއަން ރުފިޔާ ދެވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ. މިއީ އަމީރު ބަންނަ ޔޮޓަށް ދިން ފައިސާތޯ. ފިސާރި ކާލައިފި..ފްރަންޓްލައިންގަ މަސައްކަތްކުރި ވަޒީރުންނާއި އިސްބޭބޭ ފުޅުންނަށް ދީގެން ތިހުރިހާ އެއްޗެއް ތިކިޔަނީ. ރައީސް ސޯލިޙް މިއެލަވަންސެއް ދޭން ކަނޑައެޅީ މާރޗް މަހު. މިހާރު މި އޮގަސްޓް ފެށި އަހަރު ނިމެނީ..ފިނޭންސް މިނިސްޓްރީން ފަލަ ސުރުހީ ނުދީ ރީތިކޮށް ބުނަންވީނުން ތި 2.9 ދިން ބަޔަކާއި ކުރިއަށް ދޭން އޮތް ބައެއް

  33. ވަރަށް

    ސިފައިންގެ މީހުން، ޕޮލިހުން، ނަރުހުން އެއީ އެންމެ ހައި ރިސްކު ބޮޑު ކޮށް މަސައްކަތް ކުރެއްވި ފަރާތްތައް އެކަމު އަދި އެއިން އެއްވެސް ބަޔަކަށް ތިޔަ ބުނާ އެެލެވެންސެއް ޖަމައެއް ނުވޭ. ކަން ނުކޮށް ނަންވާން އުޅުން ރަގަނޅެއް ނޫން.

  34. ފާތުން

    ހެޔޮ ނުދިނަސް،ތި އެލަވަންސް ދޭނެ ކަމަކައް ނޫން މަސައްކަޔް ކުރީ ،ކޮންމެ ކަމެއް ސިޔާަސީ ކުރާަތީ ދެރަ ވަނީ