ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާތީ ލާޔާ އެސޯސިއޭޝަނުން އިސްނަގައިގެން ބާއްވާ "ލާޔާ ރަޓުއީދާ 1441" ނުބާއްވާ ގޮތަށް ނިންމައިފިއެވެ.

ބޮޑު އީދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަކޮށް ފާހަގަ ކުރަމުން އަންނަ އީދެކެވެ. ނަމަވެސް މި އަހަރު ދިމާވި ކޮވިޑް-19 ގެ ބަލި މަޑު ކަމުގެ ސަބަބުން ގިނަ ރަށްތަކުގައި ވަނީ މި އީދު ފާހަގަ ނުކުރަން ނިންމާފައެވެ.

ލާޔާ އެސޯސިއޭޝަނުން އަންނަނީ ކޮންމެ އަހަރަކުވެސް ގދ. ގައްދޫގައި އީދުގެ ހަރަކާތްތައް ކުލަގަދަކޮށް ބާއްވަމުންނެވެ.

ލާޔާ އެސޯސިއޭޝަންގެ ރައީސް އަހުމަދު ފަހީމް "ވަގުތަށް" ވިދާޅުވީ، މިއަހަރުގެ އީދު ހަރަކާތްތައް ނުބޭއްވުމަށް ނިންމާފައިވަނީ މިހާރު ދިމާވެފައިވާ ކޮވިޑް-19ގެ ބަލި މަޑު ކަމުގެ ސަބަބުން ކަމަށެވެ.

"ލާޔާ އެސޯސިއޭޝަނުން މިދިޔަ އަހަރުވެސް ވަރަށް ކުލަ ގަދަކޮށް މި ހަރަކާތްތައް ހިންގާފައިވަނީ. އޭގެ ފަހުން ކޮންޓިނުއަސް ކޮށް ކުރާ ގޮތަށް އޮތީ، ނަމަވެސް ދިމާވެފައި މިއޮތް ކޮވިޑް-19 ގެ ސަބަބުން މި އަހަރުގެ ހަރަކާތްތައް ނުބާއްވާ ގޮތަށް މިއޮތީ،" ފަހީމް ވިދާޅުވިއެވެ.

މިއަހަރުގެ އީދު ހަރަކާތް ނުބާއްވާގޮތަށް ނިންމާފައިވި ނަމަވެސް، ލާޔާ ސްޕޯޓްސް އެކަޑަމީން އޮގަސްޓް މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ހޭންޑްބޯލް މުބާރާތައި އެހެނިހެން ބައެއް ހަރަކާތްތައް އޮންނާނެ ކަމަށް ފަހީމް ވިދާޅުވިއެވެ.

ފަހީމް ވިދާޅުވީ، މި ހަރަކާތްތައް ބޭއްވުމަށް އަދި ހަމަ ޖެހިފައިވަނީ ހުއްދަ ނަގަން ޖެހޭ ތަންތަނުން ހުއްދަ ނަގައިގެން އެފަދަ އިދާރާތަކުގެ އިރުޝާދާއި އެކީ ކަމަށެވެ.

"އޮގަސްޓް މަހުގައި ބާއްވާ ބައެއް ހަރަކާތްތައް އޮންނާނެ. ނަމަވެސް ކަމާބެހޭ އިދާރާތަކުން ނުބާއްވަން އަންގައިފި ނަމަ އެ ހަރަކާތްތައް ވެސް ކެންސަލް ކުރާ ގޮތަށް މިތިބީ،" ފަހީމް ވިދާޅުވިއެވެ.

ލާޔާ ސްޕޯޓްސް އެކަޑަމީއަކީ، ކުޅިވަރުގެ ދާއިރާއިން ގައްދޫގައި ހުނަރުވެރި ޒުވާނުން އުފެއްދުމުގެ މަގްސަދުގައި އުފައްދާފައިވާ އެކަޑަމީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނާއި

    ގދ. ގައްދޫގައި ކޮވިޑް ގެ އެއްވެސް ކޭސް ފެނިފައިނުވާތީ އާއި އެކަމުގެ އެއްވެސް އަލާމާތެއް ފެންނަން ނެތުމާއި ގުޅިގެން ގައްދޫ ގައި މިފަހަރު ގައްދޫ ޒުވާނުން އިސްނަގައިގެން އީދު ފާހަގަ ކުރޭ

    4
    1
  2. އާސިމާ

    އަހަރެމެންގެ ރަށް ދިއްދޫ މީހުންނަކީ މި ކަހަލަ ކަންތަކުގައި އެއްވެސް ވަރަކަށް ވިސްނާ ބައެއްނޫން.އހެން ރަށްަތަކުގެ ޖަމްއިއްޔާ ތަކުން ނަމޫނާ ދައްކާއިރު މި ރަށުގައި މުޅިން އިދިކޮޅު.މީހުންގެ ސަލާމަތަށް އިސްކަންދޭން އެބަޖެހޭ.ގައްދޫ މީހުންނަކީ ހޭލުންތެރި ބައެއް.މިރަށު މިއީ މުޅިން އިދިކޮޅު.

  3. މުޚުތާރު

    މިދިޔަ ފަހަރުގެ އީދު ހަމަ ހަބޭސް.މި ފަހަރު އީދު ލާޔާއިން ކުރިންބޭއްވި ގޮތަށް ބޭއްވުން އެއީ މިވަގުތު ރަގަޅުކަމެއްނޫން.ނަމަވެސް ރަށުގެ ރަށްވެއްސެއްގެ ހައްސިއްޔަތުން ރަށުގައި އުޅޭ ކުދިން އީދު ކުޅެލަން ޖެހޭނެ.ދެން އަންނަ ފަހަރަކު ލާޔާރަޓުއީދާ ފާހަގަކުރާނީ.

    2
    3
  4. ާސެސެ

    gadudU.