ރާއްޖޭގައި އަދިވެސް ހަލުވިކަމާއި އެކުގައި ކޮވިޑް-19 ވައިރަސް ފެތުރެމުން އަންނާތީ ބަލީގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ނާއިބު ރައީސް ފައިސަލް ނަސީމް އިލްތިމާސް ކުރައްވައިފިއެވެ.

ނާއިބު ރައީސް ފައިސަލް ނަސީމް ކުރެއްވި ޓްވީޓެއްގައި މިރޭ ވިދާޅުވީ ޖަމާއަތުގައި ނަމާދު ނުކުރެވި ސްކޫލުތައް ބަންދުވެ ވިޔަފާރިތައް ހުއްޓި ވިޔަފާރިތައް ހުއްޓި، އެންމެން ގޭގައި ބަންދުވުމުގެ ގެއްލުން އެންމެންވެސް ތަހައްމަލު ކޮށްފައިވާ ކަމަށެވެ.

ނާއިބު ރައީސް ވިދާޅުވީ ކޮވިޑް19ގެ ހާލަތު އިތުރަށް ރާއްޖޭގައި ގޯސްވި ނުދެއްވުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި އެ ވަބާއިން ސަލާމަތްވުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ނާއިބު ރައީސް މިފަދައިން ވިދާޅުވީ ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް-19 އަނެއްކާ ވެސް ފެތުރެން ފެށުމާ ގުޅިގެންނެވެ. ފުރަބަންދަށް ލުއިތައް ދިން ފަހުން، އިއްޔެއަކީ އެންމެ ގިނަ އަދަދެއްގެ މީހުންނަށް ބަލި ޖެހުނު ދުވަހެވެ. އިއްޔެ އެކަނި ވެސް 137 މީހަކު ފައްސިވިއެވެ.

މީގެ ކުރިއާ ހިލާފަށް މިހާރު އަތޮޅުތެރޭ ރަށްތަކުންވެސް ކޮވިޑް-19 ފެންނަ މިންވަރު ވަނީ ގިނަވެފައެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަންނަނީ ފަރުދީ ފެންވަރުގައިވެސް ފިޔަވަޅު އެޅުމަށް އިލްތިމާސްކުރަމުންނެވެ. އަދި ރާއްޖޭގައި އަލުން ހަރުކަށި ފިޔަވަޅުތައް އެޅުމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ކަމާބެހޭ ފަރާތްތަކުން ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އިސްތިއުފާ

    ކޮން ހާލަތު އިތުރަށް ގޯސްވިޔަނުދޭން ކިޔަންތޭ ބޮޑު އެއް ހާލަތު އޮންނާނީ އާންމުން ބަނޑަށް ޖެހި މަރުވަނީއޭ ނައިބް ރައީސް ފުވައްމުލަކު ފައިސަލް މިހާރުން މިހާރަށް އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

  2. Anonymous

    ކަލޯ ގޮވާލާ ބަލާ!! އުތަމަ ޖަމްޢިއްޔާ އުވާލަން! ނޫނީ އެމީހުން ހައްޔަރުކުރަން! ހައްތަހަ ވެސް އެވާހަކަ ނުދައްކަވައި ކޯންޗެއް ތޯ ތިޔާވިދާޅުވަނީ!!

  3. Hi there

    ޥެރިކަން ވެއްޓިދާނެ ހާލަތު އިތުރަށް ގޯސްވިޔަ ނުދެއްވާ

    10
  4. ނަބީލް

    މީވެސް އުޅޭމީހެއްދޯ

    15
  5. ބަސީރު

    ބަލަ ކަލޭ ދެކޮޅަން ދެ ކަންނެޔޮ ލާގެން ގޭގަ އޮތަސް ކަލެއަށް ބޮޑިމުސާރަ ލިބޭ އެކަމު އަހަރެމެއް ކިހިނެއް މަސައްކަތް ނުކޮށް ލާރިހޯދާނީ އރހެއްވެ ގޭން ބޭރަން ދާންޖެހެނީ މިހިރަ ގަމާރާ

  6. މަރިތަބު

    ކަލޭ އެހެއްވެތަ ދެއިރު ދެދަޅައަށް މޫނުގަ ފައުންޑޭޝަން ހާކާގެން ތުބުޅި އޮފް ބޮއްޔެއްހެއް ހަދާގެން އައިޝަތު އަލީ ފަހަތުން ތި ސުކޫތަކަން ބުރުތަޅަނީ

  7. ނަގޫރޯޅި

    މި ހާލަތު ބަދަލު ކުރަންބޭނު މީޔާޖެހޭނީ ވައްކަ މުގެ މިސަރުކާރު ބަދަލުކުރަން. އެނޫންގޮތެއް ނެތް.

  8. ސޭކްސްތާން

    އަނހަ މީ ކޮންތާކު އައި މީހެއް. ރައްޔިތުން ހަނާ އަރާއިރު މީނާ އޮތީ ކޮންތާކަށް ވަދެ. ފިލާ އޮވެ ނިކުމެފައި މި ބުނަނީ ހާލަތު ގޯސް ނުކުރާށޭ. ބަލަ ކަލޭމެންގެ ދޯހަޅި ލާދީނީ ސަރުކާރުންނޭ ހާލަތު ގޯސްކޮށްގެން އުޅެނީ. ރައްޔިތުން މީގައި ކީއްތަކުރާނީ. އެހެން ގައުމު ތަކގައިވެސް ބަލި ކޮންޓްރޯލް ކުރަން ފިޔަވަޅު އަޅަނީ
    ސަރުކާރުތަކުންނޭ. މީދެން އޮޔާ ގޮސްފައި އޮތް ސަރުކާރެއްވީމަ ވާނީވެސް މިހެން. އެކަކު ކިޔާ އެއްޗެއް އަނެކަކު ކިޔާ އެއްޗެއް ދިމާވަނީކީ ނޫން