ކުރީގެ ރައީސް އަބުދުﷲ ޔާމިނަށް ޖަލު ނޫން އެހެން ގޮތެއް ހޯދަންޖެހޭ ކަމަށް ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލަތް ހަލީމް) ވިދާޅުވެއްޖެއެވެ.

ދޮންބިލަތް ހަލީމް މިހެން ވިދާޅުވީ "ސަންގްޓީވީ" ގެ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ދޮންބިލަތް ވިދާޅުވީ، ކުރީގެ ރައީސުން ވެރިކަން ނިމުމުން ޖަލަށް ގެންދާ ސަގާފަތް ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ. ރައީސް ޔާމިނަކީ ވެސް ރައްޔިތުން އިންތިޚާބުކޮށް ގައުމުގެ ރައީސްކަން ކުރެއްވި ވެރިއެއް ކަމަށާއި، އެމަނިކުފާނަށް ދެރަވާނެ ގޮތަކަށް ކަންތައް ކުރުމަކީ ގައުމަށް ރަނގަޅުވާނެ ގޮތެއް ނޫންކަމަށް ދޮންބިލަތް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހަމްދަރުދީވޭ ރައީސް ޔާމީނަށް، ޔާމިނަކީ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށް ރައީސް ކަން ކޮށްފައިވާ ވެރިއެއް، އެމަނިކުފާނާއި މެދު ކުޑައިމީސް ކުރާކަން ނެތިން، ރައީސް ޔާމިނަށް ކުރެވުނު ކަމަކީ އުމުރު ހަމަނުވާ ކުއްޖަކާއި އެކު މާ ބޮޑަށް އުޅެވުނީމަ ދިމާވި މައްސަލައެއް. މިއަދު ޔާމިނަށް ހަޖޫ ޖަހައި އެމަނިކުފާނު ދެރަވާނެ ގޮތެއް ހެދުމަކީ މި ގައުމަށް ރަނގަޅުވާނެ ގޮތެއް ނޫން. އަޅުގަނޑުމެން އެބަ ބަލަންޖެހޭ ރައީސް ޔާމީން މިހާރު އޮތް ތަން ނޫންތަނަކަށް (ބަދަލު ކިުރަން) އެހެންގޮތެއް ހޯދަންޖެހޭ. އެމަނިކުފާނު ވެސް ކުށްވެރިވީމަ ކުށްވެރިވީ، އެހެން ނަމަވެސް ވެރިކަން ކުރާ ކޮންމެ މީހަކު ޖަލަށް ލާންޖެހޭ ކަމަކަށް ނުދެކެން." ދޮންބިލަތް ވިދާޅުވިިއެވެ.

ދޮންބިލަތް ވިދާޅުވީ ޕީޕީއެމް އަކީ ވަރުގަދަ ސިޔާސީ ޕާޓީއެއް ކަމަށާއި ޕީޕީއެމް އަކީ ގަދަރު ކުރަން ޖެހޭ އިހްތިރާމް ކުރަން ޖެހޭ ޕާޓީއެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައީ ބަދަލު ހިފާކަށް ނޫނެވެ. ނަމަވެސް 07 ފެބްރުއަރީގެ މައްސަލަ ބަލައި އެއީ ބަޣާވާތެއް ކަމަށް ނިންމާނެ ކަމަށް ދޮންބިލަތް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 07 ފެބްރުއަރީ އަށް އިންސާފު ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް ފާސްކޮށް އެމްޑީޕީން އެމައްސަލަ ނިންމާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. އަލީ ނަޒީރު

    ވެރިކަން ނުހިންގި އެތަކެއް ބިލިޔަނުން ރާއްޖެ ދަރުވާލާފަ ދެން ޕާޓީގެ ދެތިން އާއިލާއަށް ލާރި ބަހާފަ ތިޔަ އުޅެނީ ބޯދަމައިގަންނަން! ރައީސް ޔާމީން ކުށެއް ނުކުރޭ! އަދި ޖަލައްލީ ސީދާ ނުހައްގުން! ބަލަގަ މިހާރުގެ މީހުންނަށް ނޭންގިގެން އުޅުނަސް އަހަރުންނަކަށް ނޯޅޭ! ދޮންބިލަތެއް ކަޅުބިލަތެއް ކިޔާނެކަމެއް ނެތް! ތީ ބާޢީ ގުއްދޫސް ކަޅޭގެ ކުޑަ ބާޢީ! ރައްޔިތުން މަރަން ހަމަލާދޭން ބަޑިގެނައި މީހުން މައިޒާން އަލިބެއާ ކެރަފާ ނަޒީމުއާ !!! ކާކަށް އޮޅުވާލަން ތިޔަ އުޅެނީ!! އެމްޑީޕީ އިސް ސަފުގައި ނުހުންނާނެ ދިވެހިރައްޔިތުންގެ ލޭ ނުބޯ، ރައްޔިތުންގެ މުދަލުން ވައްކަން ނުކުރާ، ރައްޔިތުންނަށް ޢައްދާރުނުވާ އެކަކުވެސް!!

    69
    7
    • އިންތި

      ވެރިކަންކުރާ ކޮންމެ ރައީސްއަކު ޖަލައްލާކައްނުޖެހެ. ހަމަ އެގޮތަށް ވައްކަންކުރާ ކޮންމެ މީހަކުވެސް ޖަލަށްލާކަށް ނުޖެހެ. ޖަލަށްލާންޖެހޭނީ ކުއްކުރާމީހުންގެ ނަސަބުގެ ހުރި މޮޅު ދެރަ ބެލުމަށްފަހު ދެރަނިކަމެތިން އެކަނި. މީ ކޮންކަހަލަ ހުކުމެއް! އިބިލީހުގެ ހުކުންވެސް އޮންނާނީ މިގޮތަށް.

      2
      1
  2. މާލެ ބޭބެ

    އެމްޕީ ހަލީމް..ވެލެންސިއާ ގައި ބޯޅަ ކުޅުނުއިރާއި އޭގެފަހުންވެސް ރ.ޔާމިނަކީ ތިބޭފުޅާގެ ފްރެންޑެއް... ނަމަވެސް މިއަދު މަނިކްފާންގެ ނިޔަތް ހަމަ ރަގަޅުތޯ...އެހެންކަމަށްވާނަމަ ޝުކުރިއްޔާ...ނަމަވެސް ދަންނަވަން އޮތީ ރ.ޔާމިންވަނީ ސިޔާސީ ހުކުމެއްގައޭ، އެމަނިކްފާންގެ ސަޕޯޓަރުން 11 ނޮވެމްބަރ ގެކުރިން ރ.ޔާމިން ޖަލުން ނެރެ ދޫކޮށްލާވަރުގެ ސިޔާސީ ރާޅުތަކެއް މިސަރުކާރުގެ މަށްޗަށް ބިންދާލާނޭ... ރައްޔިތުންތިބީ ދޫކޮށްލާކަށްނޫން.... މާއްދާ 4 ގެ ބާރުގައި ރައްޔިތުން ނުކުމެ ޤައުމު ހަމަޔަކަށް އަޅުވާނެ...

    53
    2
  3. އެދެމޭއެދެމޭއެދެމޭ

    ރައީސް ޔާމީން ނުހައްގުން ޖަލަށް ލީ ރައީސް އިބޫ އާއި ކެނެރީގެ ނަޝީދުގެ ނުބައި ރޭވުން ތަކުންނޭ އެމެންދުވެރިކުރައްވާދޭންވެ

    46
    2
  4. ހަނި

    ؟؟ ??ރިޔާ ވިސްނެނީ ޔަމިނު ގެމުހިމު ކަން

    41
    2
  5. ޢަންސާރު

    ވެއްޓެނީ ވެއްޓެނީ

    48
    1
    • Anonymous

      ކުރިޔަށް އޮތް ތިން އަހަރުވެސް ތިޔަހެން ހިޔާލީ ފޮލާކައްކާލަ ކައްކާލަ ތިބޭ ހިތްހަމަ ޖައްސާލައިގެން އިނގޭ.. ބަޔަކު ތިބެންވާނެ އިމޭޖިނެރީ 2 ޑީ ވޯލްޑެއްގަވެސް

      1
      8
  6. ހަނި

    ދޮންބިލެތް އަދިކިިރިޔާ ވިސްނެނީޔަމިނުގެ މުުހިމުކަން އއަދި އެންމެންނަށްވެސް ފަހުން ވިސްނެނެ މަރުހަބާ

    51
    5
  7. ރާއްޖެތެރޭމީހާ

    ތިއުޅެނީ ރައީސް ޔާމީނޭ ފަޅޮލޭ ކިޔައިގެން ނަޝީދައް ވެރިކަން ހޯދަދޭން! ހިތުން ބަރުލަމާނީ ވެރިކަމަކަށް ބަދަލުކޮށް ވައްކަން އިތުރުކޮށް ހަމައެކަނި ދަޢުލަތުގަ ބާކީއޮތް މާމަގެ ފައްޓަރުބައިވެސް ޖަހައިގަންނަން!

    57
    3
  8. ދޮން ބިލެ ގެ މާ**

    ކޮމެމީ ހަކު ވެސް ކުޝެއްކޮއްގެން ޖަލައްދާން ޖެހޭނީ. ތިބުނަނީ ޔާނު ކެއި ލާރި ނުހޯދާ މާފުކުރަން ވީތަ ،

    9
    44
  9. ޝާނީ

    ހަބަރު ގަ ކުރާ ކޮމެންޓް . ޕަބްލިޝް ކުރުން އެދެން .

    22
  10. ކަނބާ

    ދޮންބިލެއް ރަގަޅުތަ؟

    31
    3
  11. ކިޔުންތެރިޔާ

    ހިތްތިރި ބޭފުޅެއްކަން ހާމަވެގެންދޭ! ނަމަވެސް ހިތާމަޔަކީ ބޮޑު ބުދު ކުރިމަތިލައިގެން އިންނަހާ ހިނދަކު ހައްގާއި ނަސްރަށް ނުގޮވޭތީ! ބޮޑު ބުދުގެ އުދަނގޫ ބޮޑު ނަމަވެސް ހައްގާއި ނަސްރަށް އަޑުއުފުލަންޖޭހޭނެ!

    30
    1
  12. ޒީރޯ ޓޮލެރެންސް

    ދޮންބިލެތް ހަލީމަކީ ރައީސް ޔާމީނަށް އެއްވެސް އިހުތިރާމެއް ކުރި އަދި ކުރާނެ މީހެއްވެސް ނޫނެވެ. ތިޔަހާ އޮމާންކޮށް ވާހަކަ ދައްކަން ތިޔަ ފެއްޓެވީ އިދިކޮޅުގެ ބާރު ގަދަވާތަން ފެންނާތީ އާއި ދަތުރުފަތުރުގެ ޚިދުމަތް ދޭނެކަމަށް ބުނެ އިއުލާނުގައިވާ 1 ރަށުގެ އިތުރަށް ރަށެއް ކަޓުވާލައިގެން ދަތުރުފަތުރުވެސް އެމްޓީސީސީ ބޮލަށް ކަނޑާލި ކޮރަޕްޝަނުގެ މައްސަލަ އޭސީސީއަށް ވައްދާނެކަން އެނގޭތީ އެކަން ފޮރުވަން ވެގެންނެވެ.

    41
    1
  13. ދަރަނި ދަންތުރަ

    އެއީ ބަގާވާތެއްނޫން ނަސީދު ބޮލަށް ތެޔޮއަރައިގެން އިސްތިއުފާދިނީ އަސްލު މައްސަލަޔަކީ އެއަހަރު ފާސްކުރި ބޮޑުބަޖެޓު ، ބަޖެޓުކަންތަކާ ފިނޭންސް މިނިސްޓަރ އީނާޒު ޔާމީނާ ވާހަކަދައްކާލަން ޔާމީނުކާރުގައި އިންތަންފެނިގެން ރީދޫ ގުންޑައިން އިނާޒު ހޭއަރުވާލީ ހަރުގެއަށް ގެނެސް ބަގާވާތަކުން އީނާޒު މިނިސްޓަރ ކަމުން ވަކިކުރީ އެއާއެކު ބަޖެޓު ކަންތަކާ ނަސީދު ބޮލުން ދުންއެރީ ، ހެޔޮހާލުގައި ރަސްމީއޮފީހުގެ ރަސްމީ ޕޯޑިޔަމްގައި ޕާޓީގެ އިސްފަރާތްތަކުގެ ހާޒިރުގައި މީހަކު އިސްތިއުފާދިނުން އެއީ ބަގާވާތެއްނޫން ނަސީދު ބޮލުން ދުންއެރީ

    38
    3
  14. ދަރަނި ދަންތުރަ

    އިބޫ ވެސް ޖަލަންލާނަން ބަލަން ތިބޭތި

    46
    2
  15. ޝާން

    ވަގުން ވައްކަން ކުރީމަ ޖަލަށް ލާނެ. އެއީ ވެރިކަން ކުރި މީހަކަސް އަދި އެހެން މީހަކަސް ހަމަ ހަމަ ވާންޖެހޭނެ. ހުކުމް ކުރުމުން އެމީހަކު އޮންނަން ޖެހޭނީ ޖަލުގަ. ތިގޮތަށް ވެރިކަން ކުރިމީހާއޭ ކިޔާފަ ދޫކުރަންޏާ ވެރިކަން ކުރާ ކޮންމެ މީހަކު ދައުލަތުގެ ހަޒާނާ ބަނޑު އަޅައިގެން ދައުރުނިންމާފަ އޮންނާނީ ގޭގަ.

    1
    11
  16. ބޯކިބާ

    ލަދުހަޔާތް ކޮބާތަ ކަލޭމެންގެ، މިލިއަން ޑޮލަރުގެ މަނީލޯންޑަރިން ހިންގިމީހަކަށް ޖަލުނޫން އެހެންތަނެއް ހޯދަން ކަލޭމެން ތިނިކުތީ މިހާރު، ރިހާކުރުފުޅި ނެގިމީހާއަށް އޮތީ ޖަލު.

    13
  17. ައާދަމް ނަވީން

    ދޮންބިލަތް ރަގަޅައް ވެސް ދޮންވެޖެ . ގޮޑިން ވެޓޭނެ ،

  18. Mahujanu

    ދޮންބި ލެތާ ހައުސިން މިނިސްޓަރާ ސުވާ ލު ކޮށް ލަބަ ލަ މިނިސްޓަރު ޖު ލައިމަހު ނެރެންބުނި ފު ލެޓް ލިސްޓް ކޮބާތޯ؟ މިއަދުމީ އެބުނާ މަހަކުން 30 ވަނަ ދުވަސް، އަނެއްކާ ބަންދުދުވަސްތަކަށް ކަނޑާފަތޯ، އެއީ 2023 ތޯ.

    12
    1
  19. އޮޅުވާލި ވޯޓު

    ދޮންބިލަތާ ކަލެޔަކަނޭގޭނެ ރައީސްޔާމީނުޢާދޭތެރޭގަ ކަންކުރަންވީގޮތެ ބުނާކައް ކަލެޔައް އެގޭނީ ބުއްޅަބޭގެ ކަންތަކުގެ ވާހަކަދައްކަން

    12
  20. އަހުމަދު ނީޒް

    މި ވެރިކަމުގަ ޝާމި ލްވާ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެންމެން އުމުރައް ޖަ ލަށް ދާނެ ނޫނީ ބޭރުގައުމުތަކަށް ފި ލާދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން. އަދި އެދުވަސް ވަނީ ވަރަށް ކައިރީގަ. ބަދަ ލުގެ ނަމުގަ ޓެކްސް ފައިސާ ބެހުމާ މުގުރިހަ ދީފާ 750 ރުފިޔާ ކަރަންޓީނަށް ޚަރަދު ކުރި ޚަރަދު ހިފި އެންމެން ވިސްނާ.

    10
  21. އަހުމަދު ނީޒް

    ކައްވަޅައް ލާ. އޭރުންކަ ލޭމެން ގަންނަ ގަނޑެއް ގަނެވޭނެ. ދެން ތިބީ އަޅުވެތިކޮށްފަ ތިބި 3 ޕާޓޭ. އެމީހުން އެއްޗެއް ނުބުނާނެ އެމީހުންގެ އަމިއް ލަ ކަމަކާ ނުބެހެންޏާ.

  22. ހަކީމް

    ކަލޭ ވަށްކަން ކުރުން ނޫންގޮތެއް ހޯދަންޖެހޭ...

  23. ދަންބެރު

    އިބޫ އާއި އަންނި ޖަލަށްލާނަން 10 އަހަރަށް ބަލަންތިބޭ މިއަދު އަހަރުމެންގެ މުޒާހަރާތަށް އީދަށްފަހު މާ ބާރުގަދަކުރާނަން .

    10
    1
  24. ޞައްތި

    ޖަލުނޫން ގޮތެއް ދެން ހޯދަން ވިސްނާ މިހާރުގެ ރައީސުންގެ ފަހުން. އެ އިނާޔަތް މިތިބަ ބަޔަކަށްވެސް ދޭންޖެހޭ. ދޮންބިލެތާ، ކޮންމެހެން ހީލަތްތެރި ރަތްކުޅު ބުރުވާނެކަމެއްނެތް

  25. ފެހި ބިލެތް

    ކަލޭމެން ޔާމީން ލާން ބޭނުން ތަނަކަށްލާ...އަދި ކަލޭމެން ބޭނުން ކޮންމެ ތަނަކަށް ޔާމީން ލެވިދާނެ...މިހާރު ރާގު ބަދަލުވެގެން ތިދަނީ ކީއްވެގެން ކަން އަހަރުމެނަށް ވަރަށް ރަނގަޅަށް އެނގޭ މާ ހެޔޮ ބޮޑުވެގެން އުޅޭނި ކަމެއް ނެތް..ޤައުމުގަ ވެރިކަން ކުރާ ހުރިހާ ވެރިން ޖަލަށް ވަންނަން ޖެހޭނެ ކަމެއް ނޭންގެ...އެހެން ނަމަވެސް އެނގޭ ކަމަކީ ޕީޕީ އެމް ގެ ވެރިކަމެއް ޒަމާނެއްގެ ކޮޅުން މިޤައުމުގަކުރަންލިބުނަސް ތިޔަ ސޯލިހު އާ އައްނިއާ ޖަލުގެ ކުޑަ ގޮޅިއަށް ލެވޭނެކަން.....މިކަން ދޮން ބިލެތްގެ ވިސް ނުމުގަ ބަހައްޓާތި...ރައްޔިތުންގެ ބައިތުލްމާލު ދަވާލާފަ...ރައްޔިތުން ބިކަކޮށްފަ...ސަރުކާރުގެ އިހުމާލުން އެތަކެއް ކުޑަކުދިންނާ މާބަނޑު އަންހެންނާ މިދުނިޔެ ދޫކުރިކަން ހަނދާނަކުން ނުނެތޭނެ...ގަސްތުގަ ފަރުވާ ކުޑަ ކުރުމުގެ ސަބަބުން ކޮވިޑު ޖެހިގެން މަރުވި މީހުންގެ ހަނދާން ނުނެތޭނެ...މުޅި ރާއްޖެއަށް މިވައިރަސް ފަތުރަން ތިޔަ މަޖިލިސްމެމްބަރުން މަޖިލިސް ރައީސްކުރި ކަންކަން ބެލޭނެ ދުވަސް މާތް ﷲ ގެ އިރާދަފުޅާ އެކު ލަސްތަކެއް ނުވެ ފެނިގެންދާނެ..

  26. ހިކި ބިލެތް

    ކަލޭމެން ޔާމީން ލާން ބޭނުން ތަނަކަށްލާ...އަދި ކަލޭމެން ބޭނުން ކޮންމެ ތަނަކަށް ޔާމީން ލެވިދާނެ...މިހާރު ރާގު ބަދަލުވެގެން ތިދަނީ ކީއްވެގެން ކަން އަހަރުމެނަށް ވަރަށް ރަނގަޅަށް އެނގޭ މާ ހެޔޮ ބޮޑުވެގެން އުޅޭނި ކަމެއް ނެތް..ޤައުމުގަ ވެރިކަން ކުރާ ހުރިހާ ވެރިން ޖަލަށް ވަންނަން ޖެހޭނެ ކަމެއް ނޭންގެ...އެހެން ނަމަވެސް އެނގޭ ކަމަކީ ޕީޕީ އެމް ގެ ވެރިކަމެއް ޒަމާނެއްގެ ކޮޅުން މިޤައުމުގަކުރަންލިބުނަސް ތިޔަ ސޯލިހު އާ އައްނިއާ ޖަލުގެ ކުޑަ ގޮޅިއަށް ލެވޭނެކަން.....މިކަން ދޮން ބިލެތްގެ ވިސް ނުމުގަ ބަހައްޓާތި...ރައްޔިތުންގެ ބައިތުލްމާލު ދަވާލާފަ...ރައްޔިތުން ބިކަކޮށްފަ...ސަރުކާރުގެ އިހުމާލުން އެތަކެއް ކުޑަކުދިންނާ މާބަނޑު އަންހެންނާ މިދުނިޔެ ދޫކުރިކަން ހަނދާނަކުން ނުނެތޭނެ...ގަސްތުގަ ފަރުވާ ކުޑަ ކުރުމުގެ ސަބަބުން ކޮވިޑު ޖެހިގެން މަރުވި މީހުންގެ ހަނދާން ނުނެތޭނެ...މުޅި ރާއްޖެއަށް މިވައިރަސް ފަތުރަން ތިޔަ މަޖިލިސްމެމްބަރުން މަޖިލިސް ރައީސްކުރި ކަންކަން ބެލޭނެ ދުވަސް މާތް ﷲ ގެ އިރާދަފުޅާ އެކު ލަސްތަކެއް ނުވެ ފެނިގެންދާނެ..