ލ. ފޮނަދޫގައި ކަރަންޓީންގައި ހުރި މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު މަރުވެއްޖެއެވެ.

އުމުރުން 29 އަހަރުގެ އަންހެން މީހާގެ އާއިލާ އިން ވަނީ އެފަދަ ކަމެއް ހިނގި ކަން "ވަގުތަށް" ކަށަވަރުކޮށްދީފައެވެ. އެކަމަކު، އެކަމާ ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް ދިނުމަށް އާއިލާ އިން ވަނީ ދެކޮޅު ހަދައިފައެވެ.

އެނގިފައިވާ ގޮތުގައި އަންހެން މީހާގެ ބަނޑަށް ދަރިފުޅު މަރުވިތާ ދުވަސްތަކެއް ވެއްޖެއެވެ. އެކަމަކު، އޭނާ އަދިވެސް ހުރީ ފޮނަދޫ ގެއެއްގެ ކަރަންޓީންގައެވެ. އަދި މަރުވި ދަރިފުޅު އަދިވެސް އޮތީ ބަނޑު ތެރޭގައި ކަމަށްވެއެވެ.

ނަމަވެސް މާބަނޑުވި އަންހެން މީހާގެ ހާލު ރަނގަޅު ކަމަށްވެއެވެ.

މިކަމާ ގުޅިގެން ހެލެތް މިނިސްޓްރީގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، އެ މީހާ ބާއްވާފައި އޮތީ ކަރަންޓީންގައި ހުރުމުން ނޫން ކަމަށެވެ.

"މާބަނޑު މީހެއްގެ އޭނާގެ ބަނޑަށް އެ ދާ ދުވަހަށް ބަލާފައި ބަނޑަށް ދަރިފުޅު ނިޔާވީމަ ފުރަތަމަ ބަލާނީ އަމިއްލައަށް ރިހިގެން ކުއްޖާ ވެއްޓޭތޯ. ދެން އޭގެ ފަހުން ދެން ބަލާނީ ބޭސް ބޭނުންކޮށްގެން އެކަން ކުރެވޭތޯ. އޭގެ ފަހުގައި އޮޕަރޭޝަންއަކާއި ހަމައަށް ދާނީ. އެހެންވީމަ ކޮންމެހެން އޭނާ ކަރަންޓީންވެފައި ހުރީމަ ބާއްވާފައި އޮތީކީ ނޫން، މަރުވީމަ ތިން އިމާޖެންސީ އިންނާތީ އެއީ، މެޑިކަލީ އެ އިންނަ އެންމެ ރަނގަޅު ގޮތަށް ބަލާފައި އެ ހުންނާނީ". މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ މީހާގެ ކަންކަން ވަރަށް ގާތުން ޑޮކްޓަރުން ބަލަމުންދާ ކަމަށެވެ.

ރާއްޖޭގައި ފަހަކަށް އައިސް، މާބަނޑު އަންހެނުންގެ ބަނޑަށް ދަރިފުޅު މަރުވުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. ދާދި ފަހުން ހއ. ބާރަށުގައި މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު ވަނީ މަރުވެފައެވެ. އެ ފަހަރު އެ މީހާގެ ބަނޑަށް ދަރިފުޅު މަރުވީ ހަމަސް ފުރިފައި އޮއްވައެވެ.

ކޮވިޑް-19 އާއި ގުޅިގެން ރަށްތައް ފުރަބަންދުކޮށް، ރަށުން ފުރައިގެން ދިއުމުގައި ދަތިތައް ކުރިމަތި ކުރުމުން މާބަނޑު މީހުންގެ ބަނޑަށް ދަރިފުޅު މަރުވުމާއި، އުފަންވާތަނުން ދަރިފުޅު ނިޔާވާ ހާދިސާތައް މީގެ ކުރިންވެސް ހިނގާފައި ވެއެވެ.

މީގެ ކުރިން ތޮއްޑޫގައި ވެސް މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު ނިޔާވެފައި ވެއެވެ. ނަރުދޫ އަންހެނެއްގެ ބަނޑަށް ވެސް ދަރިފުޅު ނިޔާވި ހާދިސާއެއް ކުރިން ހިނގާފައި ވެއެވެ. އަދި ކުޑަހުވަދޫ ހޮސްޕިޓަލްގައި ދުވަސް ނުފުރައި ވިހޭ އެއްމާބަނޑު ދެކުއްޖަކު ނިޔާވި ހާދިސާއެއް ވެސް މި ފުރަބަންދުގެ ތެރޭގައި ފެންމަތިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބޯގޯސް

    އާއި ލާއިން މައު ލާތު ދޭން ތިޔަ ދެކޮހެދީ އަނެއްކާ ތިޔަ އާއި ލާއަކީ މިސަރުކާރު ދިފާއުކުރާބައެއް ވީމަދޯ ވީގޮތް ނުބުންޏަސް ރައްޔިތުންނައް އެނގޭނެ މިހާރު ވެފައޮތް ގޮތް ވަމުންދާގޮތް ދެން ސޯ ލިބޭ ދިފާއުކޮއްގެން ތިބޭ

    40
    10
  2. ގަފްނާނު

    ފޫޅުމައިކޯސް ނަހަދާހުރި މީހަކަށް ރައީސްކަންދިނީމަ ވާގޮތްތީ

    44
    6
  3. ލައިޓް

    މިއީ ސުވާލަކީ. ބާރުތައް ދަރުބާރުގެޔަށް ޖަމާކޮށްގެން މި ކުރަނީ ކީއް? ޑީސެންޓްރަލައިޒް އެއީ އިލެކްޝަން ސްޓަންޓް އެއްދޯ.

    45
    6
  4. ހަނި

    ކޮބާކަލެމެން ގެމެެންބަރު އެމިހުންގެހުރިހާކަމެތް ފުރިހަމަވާނެ

    35
    3
  5. ޢިކުރާމު..

    މިސަރުކާރުގެ ސިއްހީނިޒާމު އެކީމިއޮތީ ފުނޑިފަ ހދ ކުޅުދުއްފުށި ހޮސްޕިޓަ ލުގަހުރި ނާރުގެ ޙައްސަޑޮކްޓަރު މިހާރު އެގެންދިޔައީ އައްޑޫއައް މިހާރު މިތިބީ ރައްރަށުންނާ މިރަށުގެ މީހުން މާ ލެދާން ޖެހިފަ މީތޯ ހައްގުވާމިންވަރު 3 ސަރަހައްދުގެ ހޮސްޕިޓަ ލައް ނާރުގެ ޑޮކްޓަރުން ގެންނަވަރައް އެސަރަހައްދުން ޓެކްސްނުދައްކާބާ ދެންބުނެފާނެ ހޮސްޕިޓާ ހިންގޭނީ ބަރުލަމާނީ ނިޒާމަކުންނޭ

    50
    3
  6. ތުނބުޅި

    އެޗްޕީއޭ އިން އެންގީ ކަރަންޓީނު ކުރަން. އިންސާނީ ޙައްޤުތަކާއި ކަރާމާތް ރައްކާތެރި ކުރަން ނާންގާތީ ވާގޮތް ތީ

    25
    3
  7. ލކ

    ގައުމާ ރައްޔިތުންގެ ހައްގުގާ ފުުރާނައިންގުރުބާނވުގައި ދެމިތިއްބަވާ

  8. ޑރ.ރާމީ ހަސަން (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    ރާއްޖޭގައި މިހާރު މިކަން ޢާއްމު ކަމަކަށް ވަނީ އެވެ. މިއީ ވަރަށް ދެރަ މައްސަލަ އެކެވެ. ރާއްޖެތެރޭގައި ހުންނަ މާބަނޑު މީހާ، ޑޮކްޓަރ އަކާއި ހަމައަށް ދިއުމުގެ ކުރިން މިހެން ދިމާވަނީ ހެލްތު ސިސްޓަމް ގެ ކޮންމެވެސް ދިމާލެއްގައި މައްސަލަ އުޅޭތީ ކަމަށް ދެކެމެވެ. ކުރިއަށް އޮތް އަހަރު ތަކުގައި މިކަމުގެ ހައްލެއް ކަމުގައި ދެކެނީ ރާއްޖެތެރޭގެ ހެލްތު ގެ ކަންކަމަށް ވަކި މިނިސްޓަރަކު ބަހައްޓައި، ވަކި ބަޖެޓެއް ދިނުމެވެ. ޢޭރުން މިހެން ދިމާވީމާ އެ މިނިސްޓަރު މަޖްލިސް އަށް ޙާޒިރުކޮށް ޖަވާދާރީ ކުރުވޭނެއެވެ. މިހާރު އޮންނަގޮތުން ޖަވާބުދާރީވާން ޖެހެނީ ރައީސް އޮފީހުގައި ހުންނަވާ ސްޓޭޓް މިިނިސްޓަރ، ޢަލީ ޝިޔާމް ކަމެއް ހެލްތު މިނިސްޓަރ އަމީން ކަމެއް ރައްޔިތުންނަކަށް ނޭންގެއެވެ. ކޮންމެ ގޮތެއްވިޔަސް، ކޮންމެވެސް މީހަކު މިކަމުގެ ޒިންމާ ނަގަން ޖެހޭނެއެވެ.

  9. ހުއްބުލް ވަތަން

    ކޮބާ އަމީނު. މިގޮތައް ކިތައްމީހުން މަރުވެއެދިޔައީ. ރާއްޖެއިން ބޭރުންގެންނަ ބޭސް ނުލިބިގެންވެސް އެތައްބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފަ. މިމީހުން ޒިންމާކުރުވާ ޝަރީޢަތުގެ ކުރިމަށްޗަށް ގެނެވެންވާނެ.

    3
    1
  10. ލ.ގަމު

    ސިއްރު ކުރިޔަސް ވީކަމެއް ނުވާކަމަކަށް ނުވާނެ މިހާރު ރާއްޖޭގެ އެކިއެކި ކަންކޮޅުތަކު ބޭސްފަރުވާ ހޯދަން މާ ލޭ ކޮޅަށް ދިއުމުގެ ބަދަ ލު މީހާރު އެކިރަށްރަށުން މީހުންތައް އަނަނީ ލ.ގަމަށް މިހެން ވާންމިޖެހުނީ މިސަރުކާރު ފެއި ލް ވީމަ ޚާއްސަކޮ މަހުޖަނު މާމިގި ލީ ދާއިރާގެ ރައްޔިތުން ބޭސްފަރުވާޔަށް ލ.ގަމަށް އަނަން ޖެހެނީ މާމި ލީ ދާއިރާގެ އިއްޒަތްތެރި މެންބަރު އެދާއިރާގެ ރައްޔިތުން ދެކެވާ ލޯތްބެ އްގެ ބޮޑުކަމުން ފ ދ ތ މ މިއަތޮޅު ތަކުން ބަ ލިމީހުން ލ.ގަމަށް ބޭސްފަރުވާހޯދަން އަންނަ މީހުން ގިނަވާންފަށައިފި ކޮވިޑުގެ ކުރައްކާއޮންނަނީ މުރާހަރާ ކުރާމީހުނަށް އެކަނި ތޯ؟ކޮވިޑުން ސަ ލާމަތް ވުމަށް ހުއްޓުވަޖެހެނީ ހަމައެކަނި މުޒާހަރާ ތޯ؟އިނދިކޮޅުން ބާއްވާ ޖަ ލްސާ ތޯ؟ ބިރަކާއި ނު ލައި މަޖާކުރުން އޯ ކޭ ރައްޔިތުން މަޖި ލީހުގައި ތިބި ގ އިނދިކޮޅު މެންބަރުން ގަޔަށްބޮ ލަށް އެރުން އޯ ކޭ މިސްކިތުގައި ނަމާދުކުރުން އޯ ކޭއެއްނޫން އިދިކޮޅުން ޖަ ލްސާއެއް ބާއްވަން ވެއްޖިއްޔާ އާދަޔާ ހި ލާފަށް މާ ލެއިން ކޮވިޑަށް މީހުންފައްސި އަސްސި ނައްސި!

    5
    2