އަސާސީ ޕެންޝަންގެ ގޮތުގައި މިމަހު އެކަނިވެސް 86 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.
އަސާސީ ޕެންޝަނަކީ އުމުރުން 65 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ފޯރުކޮށްދެވޭ ޕެންޝަނެކެވެ. އަސާސީ ޕެންޝަން ސްކީމުގެ އަމާޒަކީ އެއްވެސް ވަޒީފާއެއް އަދާނުކުރާ އަދި އަދާކުރި ވަޒީފާ މެދުވެރިކޮށް ރިޓަޔާމަންޓް ޕެންޝަން ސްކީމަށް ޖަމާވި ފައިސާއިން އެކަށޭނަ ރިޓަޔާމަންޓް ޕެންޝަނެއް ނުލިބޭ ދިވެހިންނަށް އުމުރުން 65 އަހަރުވުމުން އަސާސީ ބޭނުންތައް ފުދޭވަރުގެ ޕެންޝަނެއް ދިނުމެވެ.
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އަސާސީ ޕެންޝަންގެ ގޮތުގައި އެކަނިވެސް 86.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ މި މަހު ދޫކޮށްފައެވެ. އެންމެ ގިނައިންވެސް ދޫކޮށްފައި ވަނީވެސް އަސާސީ ޕެންޝަނުގެ ގޮތުގައި ދޭ ފައިސާއެވެ. އަސާސީ ޕެންޝަންގެ ގޮތުގައި 18،127 މީހަކަށް ފައިސާ ދޫކޮށްފައިވާ ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.
https://twitter.com/PensionOffice/status/1288722084210905088?s=20
ޕެންޝަން އޮފީހުން ބުނީ ދައުލަތުގެ ވަޒީފާތަކުން ރިޓަޔާކުރާ ފަރާތްތަކަށް ދައުލަތުން ދޭ އިނާޔަތްތަކުުގެ ގޮތުގައި މި މަހު 17.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައިވާ ކަމަށެވެ. އެ ފައިސާ 4،022 މީހަކަށް ލިބިގެން ގޮސްފައިވާ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.
މީގެއިރުރުން ރިޓަޔާމަންޓު ޕެންޝަން ސްކީމުގެ ގޮތުގައި ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާއިރު އެފައިސާ ދޫކޮށްފައި ވަނީ 1،366 ފަރާތަކަށް ލިބިފައިވާ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ. ހަމައެއާއިއެކު ދައުލަތުގެ އެހެނިހެން ރިޓަޔާމަންޓް އިނާޔަތްތަކުގެ ގޮތުގައި 6.1 މިލިއަން ރުފިޔާ މި މަހު ދޫކޮށްފައިވާއިރު އެފައިސާ ދޫކޮށްފައި ވަނީ 3،242 ފަރާތަކަށެވެ.
ޕެންޝަން އޮފީހުން ބުނީ މުޅި ޖުމްލަ މި މަހު އެކަނިވެސް 117 މިލިއަނަށްވުރެ ގިނަ ރުފިޔާ ޕެންޝަންގެ ގޮތުގައި ދޫކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަނާ

    ރާއްޖޭގަ ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުން ގެ މުސާރައިން ޕެންޝަނަށް ކެނޑި ފައިސާގެ ޖުމްލައަކީ ކިހާވަރެއް،
    ކެނޑި ޢަދަދު މާބޮޑޭ،