އަންހެނުންނާއި ކުޑަކުދިން ކޮވިޑް-19 ފެތުރެމުންދާ މި ހާލަތުގައި މިސްކިތަށް ނުދިއުމަށް އިސްލާމިކް މިނިސްޓްރީން އެދިއްޖެއެވެ.

އީދު ނަމާދަށް ދިއުމުގައި ސަމާލުކަން ދޭންވީ ކަންކަން ފާހަގަކުރައްވަމުން އިސްލާމިކް މިނިސްޓްރީން މިރޭ ވިދާޅުވީ ހުކުރު ނަމާދާއި އީދު ނަމާދުގެ ތެރެއިން ކޮންމެވެސް އެއް ނަމާދާކަށް ދިއުމަށް އިސްކަން ދިނުމަށް އެދޭ ކަމަށެވެ.

އަދި އަންހެނުންނާއި ކުޑަކުދިން މިޙާލަތުގައި މިސްކިތަށް ނުދިއުމަށް އެދޭ ކަމަށާއި، އަދި ބޮޑެތި ބަލިތަކަށް ބޭސްކުރާފަރާތްތަކާއި ފުއްޕާމޭގޭ މައްސަލަތައް ހުންނަފަރާތްތަކާއި، ދުވަސްވީ މީހުންނާއި، ބަލީގެ އަލާމާތްތައް ހުންނަ ފަރާތްތައް މިސްކިތަށް ނުދިއުމަށް އެދޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

މީގެ އިތުރުން، އަމިއްލަ މުސައްލަ ގެންދިއުމަށާއި، އަނެކާގެ މުސައްލަމަތީ މުސައްލަ ނޭޅުމަށާއި، އެމީހެއްގެ މުސައްލަމަތީ ހުރެ ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.

އަދި މާސްކު ނާޅާ މިސްކިތައް ނުދިއުމަށްވެސް އިލްތިމާސްކޮށްފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މާލޭގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައިވެސް ޢީދު ނަމާދު ކުރާނެ ކަމަށެވެ.

އަންހެނުންނަށް ޢީދު ނަމާދު ކުރެވޭނެ އިންތިޒާމު ހަމަ ޖެހިފައިވަނީ މާލޭގައި ނަމަ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. އަދި ވިލިމާލޭގައި ނަމަ މަސްޖިދުލް ބިއްރި މިސްކިތުގައެވެ. ހުޅުމާލޭގައި ނަމަމަސްޖިދު ޢަޒީޒާ މޫސާ މިސްކިތުގައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 3567 މީހެކެވެ. އަދި މި ބަލީގައި 16 މީހަކު ވަނީ ނިޔާވެފައެވެ. މާލެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ދުވަހުން ދުވަށް އިތުރު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙަސަނާ

    ނުރައްކާތެރި ރޯގާއިން ސަލާމަތްކުރައްވާތޯ ކޮންމެނާާމާދެއްގެ ފަހުގައި ﷲ އައްދުއާކުރަން ނާންގަނީ ކާކު ބުނެގެންބާ މިރޯގާގެ އެންމެ އާދައިގެ ދުވަސްވަރު ގުނޫތު ކިއަން އެންގި އޭރު ﷲ ގެރަހުމަތުން މި ކުޑަގައުމު ސަލާމަތުން ލެއްވި އޭގެފަހުން މިސްކިތްތައްބަންދުކޮއް ހިތާދެކޮޅައް ހުޅުވިފަހުން ސަރުކާރުން ނުވިސްނާ ﷲ އައް ދުއާކޮއް ޒިކުރު ކުރުމައް ނަސޭހަތްތެރިވާން...ހިތާމަހުރި

  2. Anonymous

    ބަލަ އަންހެނުންނާއި ކުޑަކުދިން ޕާކު ތަކަށް ގޮސް، ކެފޭ ތަންތަނަށް ދާއިރު ކޮވިޑް ނުފޭތުރޭތޯ؟

  3. މޫސަ

    މބަލި ފެތުރެނީ ހަ މައެކަނި މިސްކިތުންބާ؟ ސްކޫލުތަކާއި ޕާކުތަކާއި އޮފީސްތަކާއި ހޮޓާ ރެސްޓޯރެންޓް ތަކަށް ދިއުން ހަ މަ ރަނގަޅު. ސަރުކާރުން ބޮއްޅަބެއާ ދެކޮޅަށް ކަ މެއް ކުރަން ނުކެރިގެން އުޅޭ މަންޒަރު މި ފެންނަނީ

  4. ނޯވަން އެގްރީސް މީ

    އަސްލު މިހާލަތުގައި އެންމެ ރަނގަޅު ފިޔަވަޅަކީ ވީހާވެސް މަދު ބަޔަކު ގޮސް އީދުނަމާދުކޮށްލުން. މިސާލަކަށް އިސްލާމީ މަރުކަޒުގެ މުވައްޒަފުން އެކަނި އީދު ނަމާދުކޮށް ނިންމާލިޔަސް ފަރުޟު އެ އަދާކުރެވުނީ. މިހާރު މުޅި މާލެތެރެއަށް ކޮވިޑްވަނީ ފެތުރިގެން ގޮސްފަ. ވަރަށް އަވަހަށް އެނގިގެންދާނެ މިކަމުގެ އުދަގޫކަން. ބަލިޖެހިގެން މިސްކިތަށް ދިޔުމަކީ މަނާކުރައްވައިފައިވާ ކަމެއް. al-Bukhaari 6771 ބަލާލަބަ. އޭގައި ވަނީ ބަލިމީހުން ރަނގަޅު މީހުންނާއި އެއްތަން ނުވުމަށް. ކޮވިޑް ޖެހިގެން އަލާމާތްތައް ނުފެނިވެސް ހުރެދާނެ. އެހެންވެގެން މިދުވަސްކޮޅު އެންމެ ރަނގަޅު ގޮތަކީ ގެއިން ބޭރަށް ނުދިޔުން. ބޮޑާކަމުގެ ސަބަބުން އިބްލީސްވެސް ސުވަރުގެއިން ބޭރު ކޮށްލަން ޖެހުނީ. ހަމަ މިގޮތަށް އެޗްޕީއޭއިން މީހުން އެއްވުމަކީ ރަނގަޅުކަމެއް ނޫނޭ ބުނެފަ އޮއްވާ ބޮޑާވެ ނުކުތުމުން އަނެއް ރާޅާ ކުރިމަތިލާން މިޖެހުނީ. އަދިވެސް ބޮޑާކަމާއެކު މާސްކު ނާޅާ ނުކުމެ އެއުޅެނީ އެއުޅެނީ. މިތަނުންވެސް ފެންނާނެ މިހަބަރުގައި ވާކަމާ ދެކޮޅުހަދާ ބައެއް. އެމީހުންނަށް ހީވަނީ އެމީހުންނަށް އެކަނިހެން އިސްލާމްދީން އެންމެ ބޮޑަށް އެނގެނީ.

    1
    1
  5. އަވަ

    ފައްސިވާ މީހުންގެ 31% ކޮންޓެކްޓްސް އަކީ އޮފީސްތަކުގެ މުވައްޒަފުން. ކޮންޓެކްޓް ވަނީ އޮފީހުން. .އެކަމަކު އޮފީސްތަކަށް ދިއުން ހުއްޓުވުމުގެ ބަދަލުގައި މިސްކިތަށްދިއުންތޯ ހުއްޓުވަންވީ؟؟؟ މި ކޮންފަދަ ކަމެއްބާ!!!