ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 48 އަށް ތިރިކޮށް، މުސާރަ 150،000ރ. އަށް އިތުރުކުރަން ފެންނަ ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރޭ ވިދާޅުވެއްޖެއެވެ.

ޑީއާރުޕީގެ ރަސްމީ އެކައުންޓުން ކުރި ޓުވީޓެއްގައި ވަނީ އަޟްހާ އީދު ދުވަހުގެ ތަހުނިޔާ މަޖިލިހުގައި ބުރަކޮށް މަސައްކަތް ކުރައްވާ މެމްބަރުންނަށް ފޮނުއްވައިފައެވެ. އަދި މެމްބަރުން ކުރައްވާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ގިނަ ކަންކަން ކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މަޖިލީހުގެ މެމްބަރުންނަކީ އާންމުން ހޮވާ ބަޔަކަށްވާ އިރު އެ މީހުންނަށް ބޮޑީގާޑުންނާއި އެހެނިހެން ޚިދުމަތްތައް ރަނގަޅަށް ފުރިހަމަ ވާން ޖެހޭ ކަމަށް ވެސް އެ ޓްވީޓުގައިވެއެވެ.

މިކަމާއި ގުޅޭގޮތުން ޖާބިރު "ވަގުތަށް" ވިދާޅުވީ ރިޔާސީ ނިޒާމް މިހާރަށް ވުރެ ހަރުދަނާކޮށް، ރައްިތުންގެ މަޖިލީހުގެ ޚަރަދު ކުޑަ ކުރަންޖެހޭކަމަށެވެ.

" އަޅުގަނޑަކީ އަބަދުވެސް ރިޔާސީ ނިޒާމަށް ތާޢީދުކުރާ މީހެއް. މަޖިލީސް މެމްބަރުންނަށް ކާރަކާ އެޕާޓްމެންޓާ ވެސް ދޭންވީ. އެއީ މިނިސްޓަރުންނަށް ވެސް ލިބޭ ކަންކަން. މިއީ އާންމުން ހޮވާފަ ތިބޭ މެމްބަރުން. ކާރުގައި ދިދަވެސް ހުންނަން ޖެހޭނެ. ބޮޑީގާޑުން ތިބެންވާނެ. އެފަދަ ބިލެއް ވެސް ހުށަހަޅާނަން އަޅުގަނޑު." ޖާބިރު ވިދާޅުވިއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

  1. ސަނާހް

    އަދިވެސް މުސާރަމަދީތޯ ؟ އިންސާނުން ހިތް ނުފުރޭނޭ ކިއަނީ ހަމަ ބޮޑު ތެދެއް...
    އަންމުމީހާ 5000ރ މުސާރަދެނީ 8ގަޑިރު ކޮންމެދުވަހަކު މަސައްކަތް ކުރިމަ..
    ތީދެން ބޮޑުވަރު، ކޮންމެ ކަމެއްގަވެސް ހައްދެއް އޮންނަންވާނެ

    67
    1
  2. ލޮލްލޮލް

    އަމަޔަކު ބަފަޔަކު ދޭ މުސާރައެއްތަ؟

    47
  3. ުއުނދުޅި

    1000000 ރުފިޔާ ދޭންވީ

    38
    1
  4. ކާށިބޯޓް

    މެމްބަރުންގެ އަދަދު މިލިއަނަކަށް އިތުރުކޮއް ރާއްޖޭގެ އާބާދީގެ މިލިއަނަކަށް ހަމަނުވާތަނަށް ބަންގްލަދޭސް މީހުން އިތުރަށް ގެނެސްގެންވެސް މިލިއަނެއް ހަމަކޮއް ކޮންމެމީހެއްގެ މުސާރަ މިލިއަނަކަށް އަރުވަންފެނޭ!

    39
    1
  5. މާމި

    48 މެމްބަރުންގެ ތެރޭގަ ޖާބިރު ނުހިމެނޭނެކަން ޔަގީން

    43
  6. އަބޫ

    މިގަމާރަށް ޖަވާބު ދޭނެ މީހަކުވެސް ނެތީތަ؟

    39
  7. ދިޔާނާ

    އަބަދުވެސް މަޖިލީހުގެ މުސާރަ ބޮޑުކުރުމާ މަޖިލީހުގެ ރެސްޓޯރަންޓު ހުޅުވުމާ ޖިމް ހުޅުވުމާ މިހުރިހާ ވާހަކައެއް ދައްކަން ތިބޭ ބައެއްތަ ތިއީ މިނޫން ކަމެއް ކުރަން ވެއްޖެއެއްނުން. ބޯ ހަލާކު

    37
  8. މަ

    އެވަރު މާ މަދުވާނެ. މަހަކު ސަތޭކަ މިލިޔަން ޑޮލަރުންވެސް ކިރިޔާ ނުދަރާ ފުއްދާލެވެނީނޫންތޯ.

    38
  9. ޙަަސަން

    5000000ރ އަށް ބޮޑުކޮށްލާ އޭރުން ރައްޔިތުން އިތުރަށް ބަނޑަށް ޖެހޭނީ

    28
  10. Anonymous

    މެމްބަރުންގެ އަދަދު ގިނަ ކޮއްފައި މުސާރަ ކުޑަކޮއްލަންވީ 25،000ރުފިޔާ އަށް އަދި އާސަންދަ އިން ބޭސްކުރެވޭނީ ރާއްޖޭން ލިބެންނެތް ފަރުވާއަކައް ރާއްޖޭން ބޭރުން ހަމަ އެކަނި ސާކް ސަރަހައްދު ގެ ގައުމު ތަކުން އަދި މަޖިލސް ގެ އާންމު ޖަލްސާ އަށް ހާޒިރުބނުވާނަ ކޮމެޓީ ބައްދަލު ވުމައް ހާޒިރު ވިއަސް އެދުވަހުގެ މުސާރަ ކަނޑާލަންޖެހޭނެ އަދި ސަލާމް ބުނާ ކޮންމެ ދުވަހަކު އެމްސީ ހުށައަޅަންޖެހޭގޮތައް ގަވައިދު އާއި ގާނޫނު އިސްލާހު ކުރަން ފެނޭ

    35
    1
  11. ސިވިލްސާވިސް

    މެމްބަރުންގެ އަދަދު ގިނަ ކޮއްފައި މުސާރަ ކުޑަކޮއްލަންވީ 25،000ރުފިޔާ އަށް އަދި އާސަންދަ އިން ބޭސްކުރެވޭނީ ރާއްޖޭން ލިބެންނެތް ފަރުވާއަކައް ރާއްޖޭން ބޭރުން ހަމަ އެކަނި ސާކް ސަރަހައްދު ގެ ގައުމު ތަކުން އަދި މަޖިލސް ގެ އާންމު ޖަލްސާ އަށް ހާޒިރުބނުވާނަ ކޮމެޓީ ބައްދަލު ވުމައް ހާޒިރު ވިއަސް އެދުވަހުގެ މުސާރަ ކަނޑާލަންޖެހޭނެ އަދި ސަލާމް ބުނާ ކޮންމެ ދުވަހަކު އެމްސީ ހުށައަޅަންޖެހޭގޮތައް ގަވައިދު އާއި ގާނޫނު އިސްލާހު ކުރަން ފެނޭ

    10
  12. Amin

    1ބިލލިއަން އަށް ހަދަންވީނު

    19
    1
  13. Anonymous

    މަޖިލިސްގެ ގިނަމީހުން ވަރަށް އެދުންބޮޑު

    24
    1
  14. Anonymous

    މިކަހަލަ މީހުން ބޭނުމެއް ނޫން. މަޖްލީހުގެ މުސާރަ 25000 ރުފިޔާއަށް ކުޑަކޮށް 48 މެމްބަރުންނަށް ހަދަންވީ. އެހެންނޫނީ މަޖްލީސް އުވާލަންވީ. ޚަގީގަތުގައި ތިއީ މިގައުމަށް ބޭނުންވާ ތަނެއް ނޫން. އަވަހަށް އުވާލާ

    36
  15. ައަހާ

    މިކަހަލަ މީހުން ބޭނުމެއް ނޫން. މަޖްލީހުގެ މުސާރަ 25000 ރުފިޔާއަށް ކުޑަކޮށް 48 މެމްބަރުންނަށް ހަދަންވީ. އެހެންނޫނީ މަޖްލީސް އުވާލަންވީ. ޚަގީގަތުގައި ތިއީ މިގައުމަށް ބޭނުންވާ ތަނެއް ނޫން. އަވަހަށް އުވާލާ

    23
  16. މުހުންމަދު

    ޢޭޖާބިރު ކަލޭޙަދަންވީގޮތަކީ މަޖިލިހުގައިހުންނަންވާނީ އެކަކު ކަމުގައި ހުށަ ހަޅައި އަދިއެމީހަކީ ތިމަންނަ ކަމަށް ތާއީދު ކޮށްދެއްވުމަށް ބާކީ ތިތާނގެތެރެއަށް ވަދެ ތިބި މީހުންކައިރީގައި އެދުން. ޢަދިއެކަންކުރާނެގޮތް ކަލެއަށް ނިކަން ރަނގަޅަށް އެނގޭނެ.ކަލޭގެ ގޮތަށް ވަރަށް އަގެއް ނުހުންނާނެ.

    13
  17. ޝާހް، ރ.ވާދޫ

    މިކަލޭގެ ނުދައްކާނެ ހަމަ އެއްވެސް ވާހަކައެއް. އެކަމަކު ބަޔަކު މީނަވެސް މިހިރީ މިތަނަށް ވައްދާފަ. އެހެންވީމަބކޮންމެސް އަނގައެއް ތަޅާނެ.

    20
  18. މުނިޔާ

    މިކަހަލަ މޮޔަ ބު ރާންތިން ދައްކާހާ ވާހަކަ ނޫސްތަކުގަ ނުޖަހަބަލަ.

    22
  19. މީޒްލީ

    20 އަތޮޅަށް 20 މެންބަރުން ބަރާބަރު، ރައްޔަތުންގެ ބަހޭކިޔާފަ ތިޔަ އިއްވާބަސްތަށް އިއްވަން!
    މުސާރަ 1500 ހާސް ރުފިޔާ އާއި ލިވިން އެލަވަންސްގެ ގޮތުގައި 10000 ހާސް ރުފިޔާ، ރައްޔަތުން ދެވިދާނެ ކަމަށް ފެނޭ! މިއީ ޙިޔާލެއް!

    22
    • ާއަހްމަދު

      1500ހާސް؟
      10000ހާސް؟

  20. ޖާބިރު

    މުޅި ދަޢުލަތް ބަނޑު އަޅާލަންވީނު

    18
  21. ބޯހަލާކު

    ބިލެއްނޫން ހުށައަޅަން ވީ ހަމަހޭވެ ރިކަން އަންނަވަ ރަށް ފޯކާ ހުންޏާ ލައިގެން ބިލެއް ކާންދޭންވީ ލާ ރި އާހެދި ހޭބަލި ވަނި ކޮސް ގޮވަނި މޮޔަ ވަނި ކިޔޭ ނުކިޔޭ އެއްޗެއް އެނގެނީ އެއްނޫން މީހަކު އަޅޭ މޮޔަވެދާނޭނުން

    17
  22. އެކްޓަރ

    ޖާބެ. ބަހާމާސް އަކީ ރާއްޖެވަރުގެ އާބާދީއެއް...38 މެންބަރުން... ރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގައި ރައްޔިތުން އުޅޭ ޤައުމެއް...ރާއްޖެއަށް އެންމެޗރަގަޅީ ކޮންމެ ރަށަކުން މެންބަރެއްހުރުން އަދި މުސާރަ 30 ހާހަށް ހެދުން.. އެއިރުން މަޖްލިސްގެ އުފެއްދުން ތެރިކަން އިތުރުވެ ހުރިހާ ރައްޔިތުން ސީދާކޮށް ޝާމިލްވެވޭނެ... އަދި ތިރި ގެއާއި މަތިގެ އޮވެ، ޤައުމުގެ ހިންގުން ހަރުދަނާވާނެ... މިހާރު މަޖްލިސް އިން ކުޅެނީ ސިޔާސީ ޑުރާމާ....

    3
    1
  23. އަހުމަދު ނީޒް

    މަދީތޯ ގައުމު ލޫޓްވުނު ވަރު

    18
  24. ފެކްޓް

    އެހެންވީމަ މި މެންބަރުން މަދުކުރާވާހަކަ މިދައްކަނީ ކޮންމެހެން ޚަރަދު ކުޑަކުރަން ނޫންތާ. އެއްވެސް ކަހަލަ އިޚްލާސްތެރިކަމެއްވެސް ހުރެގެނެއްނޫންތާ

    16
  25. ސަޓޯ

    ޖާބިރު ލަ... ކަލެއަށް މުސާރައަށް ދޭންވީ 10ރުފިޔާ... އެކަމަކު އެވަރަށްވެސް ކަލެއަކަށް މަސައްކަތެއް ނުކުރެވޭ.. ތަޅަނީ ބޭކާރު އަނގަ... މަޖިލިސް ޖޯކަރު ތިއީ...

    17
  26. ރަބަރޭ

    ތިހުރިހާ ކަމެއްގެ އިތުރުން މެންބަރުން ސަންރައިސް ބައްލަވަން ރިސޯޓަކާއި ހަށިގަނޑު ފިޓްކޮއް ބެހެއްޓުމަށްޓަކާއި ކޮންމެ މެންބަރަކަށް ޖިމްއަކާއި މަސާޖުފާލާއަކާއި ޖޫސްހިއްޕަވާނެކޮޓަރި ކޮޅަކާއި ބިކިނީ ކޮޅުގާއި ސުއިމިންޕޫލަށް އެރެލެވޭނޭ ގޮތްވެސް ހަމަޖަށް ސަވާދެއްވަންވާނެ އަތި ނިކަމެތި ރައްޔިތުންގެ އަތުން އިތުރު ޓެކުސްތަށް ނެގޭނެ ގޮތާއި މިހާރު ނަގަމުންދާ ޓެކްސްތައް ބޮޑުކުރުމާއި އިތުރު ޖުރިމަނާތައް ނެގުމާއިއެކު މިހާރުނަގަމުންދާ ޖުރިމަނާތައް 3 ގުނަބޮޑުކުރުމަށް ފެނޭ
    ބޮޑުވަރު

    14
  27. ގެރިކުޑޭ

    މެޖޯރިޓީން ތިކަން ކުރާނެތަ؟ ބޯމަދުވެދާނެ އެކަމަކު ލާރި މަދުވާނެބާ! ސިޔާސީ ގޭމްކުޅޭނެ މީހުން މަދުވާނެކަމެއް ބުއްޅަބޭގެ ވެރިކަމެއްގައި ނުކުރާނެ!

    14
  28. މަޖްލިސް އައިޑިޔާ

    މަޖްލީހުގައި ވީ ދާއިރާތައް 50 އަށް ތިރިކޮށް ކޮންމެ ދާއިރާއަކަށް ސަރުކާރާއި އެއްކޮޅު މެމްބަރަކާއި ސަރުކާރާއި އިދިކޮޅު މެމްބަރެއް ބެހެއްޓުން. މިހާރު މެމްބަރަކަށް ދޭ މުސާރަ ބައިކޮށްފައި 50 ދާއިރާގެ ކޮންމެ މެމްބަރަކަށް ދޭންވީ. ދާއިރާތައް ބަހާލާނީ 20 އަތޮޅުން ކޮންމެ އަތޮޅަކަށް 2 މެމްބަރުން. 5 ބޮޑު ރަށަކަށް ކޮންމެ ރަށަކަށް މެމްބަރެއް. މާލެ ސިޓީއަށް 5 މެމްބަރުން. މިހާރު މަޖްލީހުގެ މެމްބަރަކަށް 80ހާސް ޖެހެންޏާ މިއައިޑިޔާގައި ވާގޮތުން ކޮންމެ މެމްބަރަކަށް އެންމެ 40ހާސް. މިއީ އެހެނިހެން މުސާރަތައް ލައިގެން ޖުމްލަ. މިގޮތަށް ހަދާފިއްޔާ މަޖްލީހުގައި ވާނީ 100 މެމްބަރުން. ސަރުކާރު 50 މެމްބަރުންނާއި އިދިކޮޅު 50 މެމްބަރުން. ބިލްތައް މަޖްލީހަށް ހުށަހަޅާނީ ކައުންސިލަރުންނާއި މިނިސްޓްރީއިން. އެއްވެސް ބިލެއް މަޖްލީހުން ބޭރެއް ނުކުރެވޭނެ. މަޖްލީހުން ޖެހޭނީ ދެޕާޓީގެ މީހުންނަށްވެސް ރަނގަޅަކަށް ބިލް ފާސްކުރަން. ޕާޓީ މީހުންގެ އަމިއްލަ މަގްސަދުގެ ބިލެއް (މިސާލަކަށް ބަރުލަމާނީ އަށް ބަދަލުކުރުން) ފަދަ ބިލެއް ނުލެވޭނެ. ކައުންސިލަރުން ލާ ބިލް ލެވޭނީ ކޮންމެ ދާއިރާއެއްގެ 10000 ރައްޔުތުންގެ 90% ތާއީދާއެކު ވާ ހިޔާލުތައް ނޫނީ މިނިސްޓްރީއިން ނިންމާ ހިޔާލުތައް ރައްޔިތުންގެ ތާއީދާއެކު. މިގޮތަށް ހަދާފިއްޔާ މަޖްލީހުގެ ކޯޅުންވެސް މަދުވާނެ. މަޖްލީހަށް އިސްރާފްވާ ލާރިވެސް މަދުވާނެ. އެލާރި އެހެނިހެން ބޭނުންތަކަށް ބޭނުންކުރެވޭނެ. ވަކި ވަކި ރައްޔިތުންނަށް ވީތީ މުއްސަންޖެެއް ނުވެވޭނެ.

    މަގޭ އަސްލު ހިޔާލަކީ ރާއްޖޭގެ މިއޮއް ވެރިކަމުގެ ނިޒާމު އަލިފުން ޔާއަށް ބަދަލުކޮށް ހުޅަނގުގެ ސެކިޔުލަރ ގަވާއިދުތައް އެއްކޮށް ބޭރުކޮށްލުން.... (އިސްލާމްދީނުގެ ގަވާއިދު ތަކަކީ ހުރިހާ ޒަމާންތަކަށް ފެތޭ ގަވާއިދުތަކެއް. މިކަމާ ދެކޮޅު ހެދުމަކީ އިސްލާމްދީނާއި ދެކޮޅުހެދުން.)(ނުބުނަން އިސްލާމްދީނާއި ގުޅޭ ގޮތަށް މިޒަމާނުގެ ގަވާއިދުތައް އެކުލެނުލެވޭ ވާހަކައެއް)

  29. މޮކިޅު

    ނޫނެކޭ ރާއްޖޭ ހުރިހާ ބޭންކެއްގަ ހުރި ލާރިވެސް މެންބަރުންނަށް ދޭންވީ

  30. ރައްޔިތުންގެ ޖީއެސްޓީ ފައިސާ

    ހަމަހޭގަތޯ؟ ހަރަދުކުޑަކުރަންވީބުނެފަ: މެންބަރުންގެ މުސާރަ 150،000. އެޕާޓްމެންޓެއް، ކާރެއް، ބޮޑީގާޑެއް، ދިދަޔެއް، ހެލިކަޕްޓަރެއް. މަޖާކޮއްލާނެ ތަނެއް. ރެސްޓޯރެންޓެއް. ފިހާރައެއް.

  31. އެމަންޖެ

    ޖާބިރު އާ އަންނިޔާ ދެމީހުން އެކަނި ބައިތިއްބާފަ މުސާރަޔައް މަދުވެގެން ކޮއްމެދުވަހަކައް ބިލިޔަނެއް ރަނގަޅު ނޫންތޯ.

  32. މިއަދު

    ކޮންމެ 500 މީހަކަށް މެމްބަރެއް މެމްބަރަކަށް 200000ރ ހަމަޖައްސަންފެނޭ

  33. ނަބީހް

    ޖާބި ރު މިއަދު ދުނިޔޭގައި ކަމާއި ބަހާއި ހިނގަމުންދާ މަގު ޤަބޫލުކު ރަންވީ.
    ދުނިޔަވީގޮތުން ލިބޭ ތަނަވަސްކަމާއި ފު ރިހަމަ ދި ރިއުޅުމުން އާޚި ރަތުގައި ކު ރާނެ އެއްވެސް ފައިދާއެއް ނުވާނެ. ހު ރިހާވެސް ޢިއްޒަތްތެ ރިކަމަކާއި މަތިވެ ރިކަމެއް ލިބިގެންވަނީ އެމީހާގެ އީމާންތެ ރިކަމާއި ތަޤްވާވެ ރިކަމާއި ކު ރާ ހެޔޮ ޢަމަލުތަކުން. ވީމާ ދުނިޔެ އެދިގެން މަސައްކަތް ކު ރާއި ރު މިކަމަށް ވިސްނާލައްވާ....
    ޢީދު މުބާ ރިކް.

  34. ،ޗިއްލޫ

    ،ކުރަންވީ ކަމަކީ ބޯހަމަ ނުޖެހޭ ރައްޔިތަކުއޮތް އަވަށަކަށް ވޯޓްލުމުގެ ހައްގު ނުދެންވީ،އޭރުން ތިކަހަލުގެ ބީތާއިން ގާނޫނު ހަދާ މަޖިލީހަކު ނުތިބޭނެ!

  35. އަޙްމަދު

    މަށަށް ފެންނަނީ ކޮންމެ ދިވެހިރައްޔިތަކީ މެންބަރަކަށް ހަދާ 15،000ރ ގެ މުސާރައެއްދިނުމަށް!

  36. +-+

    ޙާދަ އަމިއްލަ އެދުން ބޮޑޭދޮ

  37. ކުޑަކާށި

    މިހާރު ކޭބަލްކާރު ވާހަކަނުދައްކަނީ އެއަރޕޯޓް ހަދާތީތޯ ، ރިސޯޓްގަ ބަގުރާހުރިތޯ ބަލާބަލަ........

  38. ޝަފާއު

    ކަލޭގެ ސިކުނޑި އިވެލުއޭޓުކޮއް މުސާރަ ތިރިކުރަންޖެހޭ. ވަގްތުން ވަގްތައް..

  39. Hussain

    މެމްބަރުންގެ އަދަދު މަދު ކުރަންޖެހޭ. މުސާރަ ބޮޑުކޮށްގެންނުވާނެ. ކާރެއްވެސް ދިދައެއްވެސް އެޕާރޓްމެންޓެއްވެސް ދީގެންުނުވާނެ.

  40. ކަލޯ...

    މަށައް ފެއްނަނީ 2ރ ބައި މެއްބަރަ ކައް ލިބޭ ގޮތް ހަދަން... ޢެއީ މަޖިލީހުގެ ހަމަތަ ކާއި ލަމަތައްނޭނގޭ ބަޔަ ކަށް ކީ ކުރަށް ރައްޔިތުން ބަނޑަށް ޖައްސާފައި މިލިއަނުން ރުފިޔާ އަޅަންވީ.. މަޖިލީހުގެ ތަޅަމަ ކީ ބަޔެއް ބޭފުޅުންނަށް ކުޅޭ ކުޅޭ ގޯއްޗެއް..