އުފަލާއި އެކު އީދުގެ ދުވަސްތައް ހޭދަކުރައްވާ އާއިލާ އާއި ރަހުމަތްތެރިންނާއި އެކު މަޖާކުރެއްވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ރައީސް ނަޝީދު މިކަމަށް އެދިވަޑައިގެންނެވީ އަޟްހާ އީދު ފާހަގަ ކުރުމަށް މިރޭ އާއްމު ކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.
"މި އީދު ހުރިހާ ބޭފުޅުންވެސް އުފަލާއެކު ހޭދަ ކުރައްވައި، މަޖާ ކުރައްވާ. އާއިލާއާއެކު އުޅުއްވާ، ރަހުމަތްތެރިންނާއެކު އުޅުއްވާ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިފަހަރު އީދު އަޅުގަނޑުމެންނާއި މިބައްދަލު ކުރީ ރޯގާގެ އުނދަގުލާއި ނުރައްކަލުގައި އޮއްވާ ކަމަށެވެ.
ނަމަވެސް ސަރުކާރުގެ ބުރަ މަސައްކަތުން އަލުން އަނބުރާ 2019 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ އިޤުތިޞާދު އޮތް ހާލަތައް އަލުން އަނބުރާ އިޤުތިޞާދު ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އީދު އަޅުގަނޑުމެންނާ ބައްދަލު މި ކުރަނީ، ރޯގާގެ އުދަނގުލުގައި އަޅުގަނޑުމެން އެންމެވެސް ވަނިކޮށް، ރޯގާގެ ކަންބޮޑުުވުމުގައި ވަނިކޮށް. ރޯގާގެ ސަބަބުން، އިދްތިސާދު ބަންދުވެ، ގައުމުތައް ހުއްޓި، ވިޔަފާރި ހުއްޓި ދިޔަމުން، ރާއްޖޭގެ ރައްޔިތުންނަށްވެސް މި ވަނީ އުދަނގޫތަކާ ކުރިމަތިލާން ޖެހިފައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރަހުމަތްތެރިންނާއި އެކު މަޖާކޮށް، އީދު ފާހަގަކުރަން ރައީސް ނަޝީދު އެދިވަޑައިގެންފައި ވާއިރު ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ގޭގެއަށް ޒިޔާރަތް ނުކޮށް، ޕާޓީތައް ނުބާއްވާ، އަޟްޙާ ޢީދުގެ ތަހުނިޔާ ބަދަލު ކުރުމުގައި ސަމާލުކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް މިއަދު ވަނީ އެދިވަޑައިގެންފައެވެ.
ކޮންމެވެސް ބަޔަކު މީނާ ގުރައިދޫއައް ގެންގޮސްބަލަ
އެހެންނޫނީ ސިނކުޑީގެ ޑޮކްޓަރަކައް ދައްކަބަލަ
މިހާރުބޭސްކުރާކައް ލާރިއެއް ނުދާނެ ރައީސްޔާމީން ތަޢާރަފްކޮއްދެއްވި ހުސްނުވާ
އާސަންދަ ލިބޭނެ
އަނެއްކާ ވެސް ބޮޑުތަނުން ވެރިޔާ އޮޅިއްޖެ ކިނބޫ ކަމެއް ބުއްޅަބެ ކަމެއް ހެހެހެ އަނގަ ތަޅާތި އަދިވެސް ތަނތާއޮވެގެން
ހޫން މިސްކިތް ތަކަށްރައްޓެހިން ގޮވައިގެން ގޮސްފިނަމަބަލި ޖެހޭ މުޒާހިރާކުރީމަ ބަލިޖެހޭ ސަލާމަތީބާރު ތަކުން ޑިއުޓީ ބަހައިކައްޗެއް ބޭނުން ކުރީމަ ބަލިނުޖެހޭ މަގުތަކުގަ ގައި ގޯޅިވެގެން ދުވިޔަސް ބަލިނުޖެހޭ މަޖިލިސްތެރޭ އެއްވެގެން އުޅުނަސް ބަލިނުޖެހޭ މީގެން ދޭހަވަނީ ކޮންކަމެއްބާ!މަތިފަޑީ ގައި ތިބޭމީހުން ބޭނުން ވާގޮތަށް ވަރަށްބަސްއަހައިގެން އުޅޭ ބަޔަކަށް މިބަލި ވެފައި މިހާރުވާކަން އެބަދޭހަވޭ މިހާރު އެންމެން ގަބޫލުވެސް އެބަކުރޭ ވީމާ ގައުމުމިއޮތީ މިބަލީގެ ސާލެއް އަޅުވައިގެން ޒާތަކަށް ކިޑްނެޕް ކުރެވިފައި މިކަމުން ސަލާމަތްވާނެ އެއްގޮތެއްވެސް ނެތް ހުރިހިތާމައެއްގެ ބޮޑުކަމާ!
އޭތް ނަޝީދޫ....
ޒަމާނަށް ހެއިނުލާ ތިބެގެން އަމާނެއް ލިބި ނެތޭ ދާކަށް
ކަމާއި ބަހާ މި ދުނިޔޭގައި ހިނގާ މަގު ވިސްނަވަން ވާނޭ.......
ލިބޭހައި ދެރަކަމެއް ދުނިޔޭން ޤަޟާޤަދަރާއި މަތިކޮއްފައި
ތިބޭއިރު ކުއްނުވާ ކަމުގައި ހިތާކަށް ވާ ނުވެސް ވާނޭ
ކަލާނގެ އެ ދެއްވި ބޮޑު ނިޢުމަތް ސަލާމަތް ބުއްދިޔޭ މި ކިޔާ
ބަލައިނުމެލައި ނިދައިގަތުމުން ހަލާކު ނިކަން އަވަސް ވާނޭ
މިތާ މި ތިބޭ ދުވަސްކޮޅުގައި ސަވާރުވެގެން ހަވާ ނަފްސަށް
ހިތާހަށި އެދުނުހައި މަގަކުން ތެދޭ މަ ކޮޔާ ދުވެވިދާނޭ........
ރައީސް ނަޝީދު ނުބުންޏަސް އަޅުގަޑު އިރާދަކުރެއްވިއްޔާ އީދު ފާހަނގަކުރާނީ އާއިލާ އަދި ރަހުމަތްތެރިންނާއިއެކު
މި ވާ މީހެއް.ސަހާދެއް މިބުނީ.. ރައީސް ނަޝީދު ބިރެއް ނެތި މަޖާކޮށް ހުރެބަލަ..ބޯހަލާކު.އެއްޗެއް ނުބުނަން ހުރެފަވެސް ބުނަން މިޖެހެނި ...ދެއްކޭ ވާހަކަ ވެސް ނޭނގޭ މީހެއް މި.
ކިހާ ރަނގަޅު މީނައަށް ރާއްޖޭގެ ވެރިކަން ދޭންވީ!
މމމމމމމމމމމމމމމމމރާއްޖެއަށް ފާ ވެފަހުރި ބޮޑު މުޞީބާތެއް މިއީ.
ތީ މިގައުމުގެ ހަލާކު
ތީ މިގައުމުގެ ކަންކްން ބޮއްސުންލުގެ އަސްލު. މިހާރު އެންމެންވެސް ފޫހިވޭ. ވ. ސަލަމް
ގޭގަޔަށް ޒިޔާރަތް ނުކުރިއްޔާ ހެޔޮ ދޯ އީދު ނިމޭއިރަށް އަބްދުއްރަހީމުގެ ޖިހާދީ ބައިގަނޑު މަގުތައް މައްޗައް ނުކުންނާނެ ކޮވިޑް ވައިރަސް ފަތުރަން ?
މިކަލޭގެ މިއުޅެނީ ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ކޮވިޑް 19 ޖައްސައި އެޖެންޑާ 19 ގެ ދަށުން ބިދޭސީން މިގައުމުގައި ވަޒަންވެރިކޮށްގެން ވެރިކަން ދަމައިގަންނަން. އަދި މިރާއްޖެއަކީ ލާދީނީ ތަނަކަށް ހަދަން. މީނާއަށް ވެރިކަން ލިބިއްޖެއްޔާ އަނދިރިއަނދިރިން ކުރި ކަންތަކަށްވުރެ ނުބައި ކަންތައް ކުރާނެ. މީހުންގެ ކަރަށް ރާވެސް އަޅާނެ.
ބުއްޅަބޭ ކަލެޔަކައް ނޭގޭނެ އަހަރުމެން އުޅެންވާގޮތެ ބުނެދޭކަށެ ކަލޭތީކާކު އަމިއްލަޔައް މަތިން ބައިންޖެހިގެން
ޕެންޝަން ފައިސާގަ އަތްލާގެންނުވާ
ނޭކަލޭބުނީ އެއީކަލޭގެ ތަރިކަމުދާތަ
މިނާ ބޭނުންވަނީ ކޮވިޑް ފަތުރަން ދޯ..
މިހާވަރަށް ނުރައްކާ ބޮޑުވެ ކަންބޮޑުވުން ފާޅުކުރާއިރުވެސް މަޖާކުރަން ހިތްވަރު ދެނީ..
ދިވެހީން މަރަން ބޭނުން ގޮލެއަކީތަ މީނާމީ؟
މަޖްލިސް ރައީސް!
ބަލަގަ އެއްފަހަރުވެސް ނަޝީދު ބުނެފިތަ އެއް ތަނަކަށް ޖަ މާވެގެން އީދު ފާހަ ކުރާށޭ؟
ބުއްޅަ އަކީ ސައިކޯ މީހެއް އެހެންވެ ނުބެހޭކަންކަމާ ބެހެނީ
މިއީ ލާދީނީ މީހުންނާ އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންގެ އީދެއް ނޫން
މިއީ މުސްލިމުންނަށް އެކަނި ﷲ ދެއްވި އީދެއް
ދިވެހިރާއްޖޭގެ ދައުލަތަކީ ކަަލެއަށް ދީފަ ހުރި ކުޅޭކުޅޭ ޓޯއީ އެއްނޫން ބޭނުންހާާ ގޮތަެއް ހަދަން
މީނަ އަގަ މައިތިރި ކުރުވަން ވެއްޖެ އެއްނު އެމްޑީޕީ ކުދިން
މި އީދު ހުރިހާ ބޭފުޅުންވެސް އުފަލާއެކު ހޭދަ ކުރައްވައި، މަޖާ ކުރައްވާ. އާއިލާއާއެކު އުޅުއްވާ، ރަހުމަތްތެރިންނާއެކު އުޅުއްވާ،" ރައީސް ނަޝީދު ވިދާޅުވިއެވެ. މިހެންބުއްވާ ވާހަކަތައް ބަހުން ބަހައް އެހެންޕެރެގްރާފްތަކުގައިވެސް ބޭނުންކުރުން ރަނގަޅު. ނުރުހޭ މީހާ ބުނާހެޔޮބަސްވެސް މާނަކުރަނީ ނުބައިކޮށް.. ާ
ސާބަހޭ މަނިކުފާން ލާދީނީ ވެރިޔާ.