މިއަހަރުގެ މެއި އިންޓޭކުގެ ސެމެސްޓަރ ކިޔެވުން ވަރަށް ތަފާތު ގޮތަކަށް މިއަދު އެވިޑް ކޮލެޖުގައި ފަށައިފިއެވެ.

"ޒަމާނީ ތަޢުލީމާއި ރިވެތި އަޚުލާޤް" ތީމެއްގެ ގޮތުގައި ކަނޑައަޅައިގެން މިއަދު ފެށިގެންދިޔައީ ދަރިވަރުންނަށް މަރުޙަބާ ކިޔުމުންނެވެ. މިއަދު ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި ކޮލެޖުގެ ޕޮލިސީތަކާއި ބެހޭ މައޫލޫމާތު ދިނުމާއި އަދި ސްޓަޑީ ސްކިލްސްގެ ފިލާވަޅުތަކާއި ކުދިންނާ ގުޅުންހުރި އެހެނިހެން މަޢުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން މާހެފުމަކާއި، ކޮލެޖުގެ ސްޓޫޑެންޓް ކައުންސިލްގެ ފަރާތުން އަލަށް ކޮލެޖާ ގުޅުނު ދަރިވަރުންނަށް، މައުލޫމާތު ދިނުމާއި، ޘަޤާފީ ކުޅިވަރު އައިޓަމް ތަކެއް ހުށަހެޅުން ވެސް އޮންނާނެ ކަމަށް އެވިޑް ކޮލެޖުން މައުލޫމާތުދެއެވެ.

މެއި އިންޓޭކް 2018 ގައި ޚާއްޞަ އިނާމެއްގެ ގޮތުން ޢުމްރާ ދަތުރެއް ކަނޑައެޅިފައިވެއެވެ. މި އިނާމުގެ ޙައްޤުވެރިޔާ ހޯދުމަށް ނަގާ ގުރުއަތުނެގުން ވަރަށް އަވަހަށް ބޭއްވޭނެ ކަމަށް އެ ކޮލެޖުން ހާމަކުރެއެވެ. މެއި އިންޓޭކު ގެ ކޯސްތަކުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 19 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

ތަފާތު 6 ދާއިރާއަކުން 40 އަށްވުރެ ގިނަ ކޯސްތަކާއެކު ފެށިގެން މިދިޔަ މި ސެމެސްޓަރ ގައި އަލަށް ފަށާ ކޯސްތައްވެސް ހިމެނެއެވެ.

އެވިޑް ކޮލެޖަކީ މިހާރު ރާއްޖޭގައި އެންމެ މަޤުބޫލްކަން ހޯދައިފައިވާ ޕްރައިވެޓް ކޮލެޖެވެ. މި ކޮލެޖުގައި ބޭރުގެ ބައެއް ޔުނިވަރސިޓީގެ ކޯސްތައް ކިޔެވުމުގެ ފުރުޞަތު ފަހިވެފައިވެއެވެ. މިގޮތުން މެލޭޝިޔާގެ ނަން މަޝްހޫރު ޔުނިވަރސިޓީތައް ހިމެނެއެވެ.