މީގެ އަހަރުތަކެއް ކުރިން ދިވެހިން ވެސް ހައްޖަށް ދިޔައީ ކަނޑު މަގުންނެވެ. ބައެއް ރަސްރަސްކަލުންނާއި ދައުލަތުގެ މަތީފެންވަރުގެ ވެރިން އަހަރުތަކެއް ކުރިން ކަނޑު މަގުން ހައްޖަށް ދިޔަ ވާހަކަ ދިވެހި ތާރީޚްގައި ލިޔެވިފައި އެބަހުއްޓެވެ. މިއީ މިއަދުގެ ޒުވާނުންގެ ތެރެއިން ވަރަށް މަދު ބަޔަކު ނޫނީ ކޮށްފައި ނުވާނެ ތަޖުރިބާއެކެވެ. ނަމަވެސް މިތަޖުރިބާ ކުރި ދިވެހިން މިހާރު ވެސް އެބަތިއްބެވިއެވެ. އޭގެތެރެއިން އެއްބޭފުޅަކީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް އެވެ.

ޕީޖީ ޝަމީމް އާއި އެކު މިދަތުރުގައި ބައިވެރިވީ މިހާރު ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދުއެވެ.

2002 ވަނަ އަހަރު މިސްރުގެ އަޒުހަރު ޔުނިވަސިޓީގައި ކިޔަވަން އުޅުއްވި ދުވަސްވަރު ކުރެއްވި ހައްޖު ދަތުރުގެ ހަނދާންތައް އާކުރައްވަމުން ޕީޖީ ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ދިރިއުޅުމުގެ ހުރިހާ ކަމެއް އެއްކޮށް ބަދަލުކޮށްލި ދަތުރެއް ކަމަށެވެ.

https://twitter.com/HuShameem/status/1289038200032223233

ޕީޖީ ޝަމީމް ކުރެވި ޓޯކް ޝޯއެއްގައި ވާހަކަދައްކަވަމުން ވިދާޅުވެފައިވާ ގޮތުގައި އެދަތުރުގައި މިސްރުން ފުރައިގެން ކަނޑު ބޯޓެއްގައި ސައުދީ އަރަބިއްޔާ އަށް ގޮސް ހައްޖުގެ އަޅުކަން އަދާކުރީ މިސްކިތްތަކުގައި ނިދައިގެންނެވެ. މިނާއަށާއި އަދި ހައްޖުގެ އަޅުކަން އަދާކުރަން އެހެން ތަންތަނަށް ވެސް ދަތުރުކުރީ ފައި މަގުގައެވެ.

ފައި މަގުގައި ދަތުރު ކުރުމުން ދަތުރުގެ ޚަރަދު ފަހުން ލިބުނު ކަމަށް ވެސް ޝަމީމް ވިދާޅުވެފައި ވެއެވެ.

އޭގެ ފަހުން ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް އަކަށް ހުރި އިރު ރަސްމީ ދަތުރެއްގައި ސައުދީ އަރަބިއްޔާ އަށް ވަޑައިގަތުމުގެ ފުރުސަތު ލިބި އެދަތުރުގައި އުމްރާއެއް އަދާކުރި ގޮތާއި އެދަތުރުގައި ލިބުނު އެންމެ މަތީ ޚިދުމަތް ތަފްސީލްކޮށް ޝަމީމް ވިދާޅުވެ ދެއްވެވިއެވެ.

ޝަމީމް ވަނީ 2009 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރަށް ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްކަން ކުރައްވާފައެވެ. އޭނާ ޕްރޮސެކިއުޓަރ ޖެނެރަލް ކަމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޢަފްލާ

    ޢެހެންވެ ލާދީނީ ކުރިއަރުވަނީ

    43
    4
  2. ދެރަ ކަންކަން

    މިމީހުން ހައްޖާއި އުމްރާވެގެން ތިބެދޯ އިސްލާމްދީނުގެ އެކިއެކި ކަންކަަމަށް އާޑަ ފުރައްސާރަކުރަނީ. މިހާރު ހައްޖާއި އުމްރާގެ ވާހަކަ ދެއްކުމުގެ ބޭނުމެއްނެތް. ތައުބާވޭ!

    20
  3. ނޭނގޭ

    ޝަމީމަކީ ލާދީނީ މީހުންގެ މީހެއްކަމަށް ކިޔާ ސަބަބުތައް ބައިވަރު. ޙައްޖުވެ އުމުރާވިކަމެއް އަމަލުތަކަކުން ނުފެނޭ. މީހަކަށް ދައްކަން ނުކުރިޔަސް ފެންނަންޖެހޭ

    21
    1
  4. އެހެންކަމުން....

    ތިކަންކަ މަށް ރިޢާޔަތްކޮށް، ޝަ މީމމމ މަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާ މަށް ވަރަށްވެސް ޤާބިލު ބޭފުޅެއް ކަ މަށް، ހަ މަގައި މު ވެސް އަޅުގަނޑު ދެކެ މެވެ. އަޅުގަނޑަކީ އެއްވެސް ޕާރޓީ އަކަށް ތާޢީދު ނުކުރާ ދިވެއްސެއްކަން ވެސް، މަޢުލޫ މާތަށްޓަކައި ހާ މަކޮށްލަ މެވެ.

    2
    19
  5. Anonymous

    ޑިމޮކްރަސީގެ ފަންޑަމެންޓަލްސްތަކަށް ނަސްރު ދިނުމުގެ ތެރެިްނ ގޮސް ކާފަރު ނުވެ ހުރެވޭތޯ ބަލާބަލަ

    16
  6. ތޮރާ

    އެކަން ނޭތިބި މީހުން ނަށް އަންގަނީދޯ ވަރަށް ސަޅި ގަބޫލު ނުކުރާ ނަން ތިދައްކާ މަންޒަރުން

    13
    1
  7. ކަތީބު

    މިހާ ރުވެސް ވަ ރަށް ގިނަ ބަޔަކު ފައިމަގުގަ މިނާޔާ އަ ރަފާތަށް ދަތު ރު ކު ރޭ ހަމަ ފްލައިޓްގަ ސަޢޫދީއަށް ދާ މީހުންވެސް

    13
  8. ނަކް

    ޕީޖީ މި އަޒުހަރު ގުރެޖުއޭޓެއްތޯ؟؟ ހީވެސް ނުވޭ..އެކަމު އަރަބި ބަހަށް މޮޅުކަން އެނގޭ.. ކުރިން އެ ޝަހިންދާއާ ކައިވެނިކޮށްގެން ކިހިނެއްބާ ކެތްކުރީ؟؟ އޯކޭ ކެތް ނުވީމަތާ ވަރުކުރާނީ ދޯ..

    16
  9. އެކްޓަރ

    އަޒުހަރީއެއް؛ އެކަމަކު މީނަ އަދުލާއި އިންސާފު ނުދަނޭ.... ޝަމީމޫ މަޤާމަކީ އެއްވެސް އެއްޗެއްނޫން... ތިބާ އިސްލާހުވެ ތަޤްވާވެރިކަންމަތީ ނިމި ދިއުމުން ހުރިހާ އިއްޒައްތެއް ލިބުނީ..ރ.ޔާމިންވަނީ ނުހައްގުން ހައްޔަރުކުރެވިފައިވާކަން އެންމެ ރަގަޅަށް އިނގޭނީ ޕީޖީ ޝަމީމަށް......

    17
  10. އަލިފު

    ޢީދު މުބާރިކް އެއްނޫން މުބާރަކް

    7
    1
  11. ހައްޖުދަތުރު

    ކިތަންމެ ހައްޖަކަށް އުމްރާއަކަށް ދިޔަޔަސް ލާދީނީ މީހާވާނީ ލާދީނީ މީހަކަށް. މުޖޫނައީމަކީވެސް ކުޑައިރު ހައްޖަށް ދިޔަ އެކަކު. މިހާރު އެހުރީ ލާދީނީ ހިޔާލު ފަތުރައި އިސްލާމްދީނަށް އައުގަރުނު ގޮވުމުގެ އެންމެ ކުރީގައި. ކީރިތި ރަސޫލާ (ޞއވ) ގެ ޒަމާނުގައިވެސް ހައްޖަށް ގޮސްފަ އަހަރުތަކެއް ފަހުން މުރުތައްދުވި އެތައް މީހުން އުޅުނު. މުސްލިމުންނަށް އޮތްގޮތަކީ އަމިއްލައަށް ދީނުން ބޭރުވެދާނެތީ އެކަމާ ބިރުވެތިވެ އެކަން ނުވާނެކަމަށް ގިނަގިނައިން ދުޢާކުރުން. އިބްލީހުގެ ވަސްވާހަކީ ބާރުގަދަ ވަސްވާހެއް. މިސާލަކަށް އިބްލީހުގެ ވަސްވާސް ދުވަހަކުވެސް ނުޖެހޭނެކަމަށް ބުނުމަކީވެސް ހަމަ އިބްލީހުގެ ވަސްވާހުގައި ޖެހުން. ބޮޑާވެރިވީ. ކިތަންމެ ވަރަކަށް ގްރުއާން ހިތުދަސްކޮށް ނަމާދު ކުރިޔަސް ދީނުން ބޭރުވާމީހުން ދީނުން ބޭރުވާނެ. ރައްކާތެރިވޭ. ގިނަ ގިނައިން ދުޢާކުރޭ.

    21
  12. ޢެސްކޮބާ

    ލާދީނީ މީހަކާ އިނދެވަރި ކޮށްފަ ހުރުމަކީ ޝަމީމް ލާދީނީ މީހެއް ކަމަށް ނުވަތަ މުރުތައްދެއް ކަމަށް އަހަރުމެންނަކަށް ނުނިންމޭނެ.އެއްވެސް އިންސާނަކަށް އަނެއް އިންސާނާ ޖަޖު ނުކުރެވޭނެ.
    ޝަމީމު ދީނާ ޙިލާފް ކަމެއް ކޮށްފަ އޮތަސް، އެކަމަކަށް ތަޢުބާވެފަ ހުއްޓަސް ﷲ ޞުބްޙާނަހޫ ވަތަޢާލާ ހުރިހާ ކަމެއް، އިންސާނާގެ ހިތުގަވާ ކަންކަންވެސް މޮޅަށް ދެނެވޮޑިގެންވޭ.
    ޕީޖީ ޝަމީމް އަކީ ވަރަށް ހިތްހެޔޮ އޯގާތެރި މީހެއް. ލޯޔަރަކު ނެގުމުގެ ޤާބިލްކަން ނެތް ކިތަންމެ މީހަކަށް ހިލޭ ސާބަހަށް ވަކީލުކަންވެސް ކޮށްދެއްވި ބޭފުޅެއް.

    6
    5
  13. އަލިބެ

    ކަނޑުމަގުންނާއި ފައިމަގުގައި ހުރިހާ ކަމެއް ކޮށްފައި ކީއްވެތޯ ދަތުރު ޚަރަދު ފަހުން ހޯއްދެވީ. މިހެން ކަންތައް ކުރެއްވީމައި ލާރިކޮޅެއް ތަނަކުން ދޭތީވެ އޭތިކޮޅު ސޭވް ކުރަން ކޮށްލި ކަމެކޭ ވެސް ހީވޭ. ދަތުރު ނިންމާ ހަޔާތުން ބަދަލުވި ބަޔާއި އެކު ލާދީނީ އާއިލާއެއްގެ ލާދީނީ ބޭކަނބަލަކާ ލާ ޖެއްސެވީ ވެސް.