ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރު ނުކުރާތި ކޮލަމާފުށީގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

އެރަށު ޒުވާނުން ނުކުމެ މުޒާހަރާ ކުރަމުން ދަނީ އެރަށުގެ ޕޮލިސް ސްޓޭޝަން ކުރިމަތީގައެވެ.

އެރަށު ކައުންސިލް ރައީސް އިބްރާހިމް އަލީމް "ވަގުތު"އަށް ވިދާޅުވީ، ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހެއްގެ މައްސަލަ ބެލުން ލަސްވާތީ އާއި އެ މައްސަލައާ ގުޅިގެން ތުުހުމަތު ކުރެވޭ މީހާ ހައްޔަރު ނުކުރާތީ އެރަށު ޕޮލިސް ސްޓޭޝަން ކުރިމަތީގައި ޒުވާނުން މުޒާހަރާ ކުރަމުން ދާ ކަަމަށެވެ.

އަލީމް ފާހަގަކުރެއްވިގޮތުގައި، ޖިންސީ ގޯނާކޮށްފައި ވަނީ ކުޑަ ފިރިހެން ކުއްޖަކަށެވެ. އަދި ފުލުހުން ވިދާޅުވީ، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެކަމަކު އަދިވެސް އެ މައްސަލައާ ގުޅިގެން މީހަކު ހައްުޔަރުކޮށްފައި ނުވާ ކަމަށް އަލީމް ވިދާޅުވިއެވެ.

"އިއްޔެ ހަވީރު ރިޕޯޓް ކުރި މައްސަލައެއް، އެ މައްސަލައަކީ، އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރު ނުކޮށްގެން ލަސްވާތީ ޒުވާނުން ނުކުމެ މުޒާހަރާ ކުރީ".އަލީމް ވިދާޅުވިއެވެ.

ފުލުހުން މިއަދު ވިދާޅުވީ، ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރޭ ފުލުހުންނަށް ހުށަހެޅުނު ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި، މި މައްސަލައާ ގުޅިގެން އަޅަން ޖެހޭފިޔަވަޅުތައް އަޅަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސޮމެޮނެ

    ގައިދުރުކޮށް ތިބިއްޔާ އަޅާލާނެކަމެއް ނެތް'''''

    18
  2. ޢަބްދުއްލަޠީފު

    ތުހުމަތު ކުރެވޭމީހާގެ ވާހަކަ ކުޑަކުއްޖާ ކައިރިން އަހައިގެން ޔަގީންކުރުމަށްފަހު ހަތިޔާރު ކޮންފިސްކޭޓް ކޮއްފަ ދޫކޮއްލާ.

    12
  3. މާމި

    ޡުވާނުންނޭ ތިޔަކަމާ ނުއުޅޭ އެއީ ތިކަމާ އުޅޭމީހުން ކުއްވެރިވާނީ....

  4. ކނރ

    ރައްޓެހިންނާ އެކީމަޖާކުރަނީ ހުރިހާތަނެއްގެ ރައީސައްވެގެން އުޅޭމީހާ އެންގުމުން. މާދަމާ މިނިވަންވާނެ. އިންސާނީ ހައްގު.

  5. މުހައްމަދުއަންޖުމް

    މީހަމަ މުޅިގައުމުގެ އެންމެން ބަލަންތިބެ ކުރުވާކަމެއް ޚާއްޞަކޮށް ސަރުކާރުންނާ އެހެނިހެން މުއައްސަސާތަކުން މަގުފަހިކިށްދީގެން އެހެންނޫންނަމަ މިފަދަ އިސްލާމީ ގައުމެއްގަ މިމުޑުދާރޔ ކަންކަން އަތްނުފީރާ ފަށަކަށް ނުދިޔައީސް މިޖާހިލުންް ދެވަނަފަހަރަށް މިމުޑުދާރު ހިންގުމަށް ކުޑަވެސް ފުރުސަތެއް ނުދިނީސް ސާބިތެއްނުވިޔޭކިޔާފަ އެއްދުވަހު އެކަހެރިކޮށްލާފަ އަނެއްދުވަހު ދުލެއްނުކުރީސް ދީންނަށް ފުރައްސާރަކުރުމުގަ ހަމަ އެންމެންބައިވެރިވެން މިތިބީ ބަލަން ކަމެއްބޮޑެއްނުވޭ ކޮވިޑް ކޮވިޑް ކިޔާލަ ކިޔާލަ މި ހުތުރުއަމަލުގެ ޒިންމާ މިވަނީ އެންމެންގެ ބޮލުގައެޅިފަ ހުރި ބިރުވެރިކަމަކާ މެދުވިސްނާ ފިކުރުކުރަމާތޯ!