ދިވެހި ރާއްޖޭގެ ސިފައިންނާއި އިންޑިއާގެ ނޭވީ ސިފައިން ގުޅިގެން ހިންގާ އޮޕަރޭޝަނަކަށް އިންޑިއާ ނޭވީގެ ޑޯނިއާ ފްލައިޓް ރާއްޖެ އަތުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެމްއެންޑީއެފްގެ ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ޖޮއިންޓް އޭރިއަލް ސަވައިލެންސް ޕެޓްރޯލެއް ފަށާފައިވާ ކަަމަށެވެ.

މި އޮޕަރޭޝަންގައި އިންޑިއާ ނޭވީގެ ޑޯނިއާ ބޯޓެއް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މިއީ މިގޮތަށް ހިންގާ ޖޮއިންޓް ސަވަޔަލެންސްގެ 53 ވަަނަ ޕެޓްރޯލް ކަމަށާއި، މިއީ 2009 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ އޮޕަރޭޝަނެއް ކަމަށެވެ.

މީގެ ކުރިންވެސް އިންޑިއާގެ ސިފައިން ރާއްޖެ އައިސް، ދިވެހި ސިފައިން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައި ވެއެވެ. އަދި ދިވެހި ސިފައިން އިންޑިއާއަށް ގޮސްވެެސް ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ސަރީ

    !ތީ އެބުނި ނޭވީ 1900ގެ އަހަރުގެ ޑޯނިޔާ ފުލައިޓް!ކަލޯ އޮޅުވާލަން މިވަރެއް ނެތް!ކިބު ކަލޭ ހަވަރަށް ދޭނަން!!

    65
    1
    • ިބޯކިބާ

      ތިބުނާ މީހަކީ ސްޓޭޖުތަކަށް އަރުވާފަ ފޮޓޯނަގަން ގެންގުޅޭ މޮޑެލްއެކޭ، އޭނައަށް ބަދުބަސްބުނުމުގެ ބޭނުމެއްކޮބާ. ހީރާޕަންނާދަޅު ބޭރުގަ އެއިންނަމީހާއަށް ބަވައިގެން ކަމެއްވޭތަ.

      22
  2. ސަރީ

    މިނިވަންކަން ވިއްކާލަނީ ކިނބޫގެ ރައްކަލަކަށް!އިނގޭ ދެން ވޯޓަކަށް ގޮސްފިއްޔާ ކިނބުލާ އައުވާނުން އިންނަން ޖެހޭނީ ޖަލުގަ!!

    73
    2
  3. Anonymous

    ހެޔޮ ނުވާނެ ރާއްޖެއިން މީތި ބޭރުކުރޭ..

    އާދޭސް މިދަންނަވަނީ..

    ކަށްމީރު ފަލަސްތީނު.. އިބްރަތް ލިބިގަނޭ..

    83
    1
  4. Anonymous

    ތިޔަ ޑޯނިޔާމަރުކާގެ ބޯޓު ވަރަށް ކުރި މޯލް ޑިވިޔަން ގައި ދުއްވި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެރު ދުއްވަނި ހަަމަ ދިވެހިން.. ފޮޓޮތައް ބަލަފަ މިބުނި އެހެން ވިއިރު ތިޔަ ރައްޖެއަށް ދެން އުޅެ ޑޯނިޔަ ދިވެހިން ނަށް ނުދުއްވެންވި ކިއްވެ ؟؟؟ އެހެން ވިމަ ގިނަ މިހުން އެބުނަނި މިގަ ކޮންމެވެސް ގޯހެއް އިބައުޅެޔޭ??

    61
  5. ޔޔތ

    ރައްޖެގަ މޯލްޑިވިއަން އިން ކުރިގަ ޑޯނިޔަ އޮޕަރެޓް ކުރި ހަމަ ދިވެހި ޕައިލެޓުން އެވެސް ދުއްވި ދެން ތިޔަ ގެންނަން ދެން އުޅެ ޑޮނިޔަ އައެކު އިންޑިޔަގެ ފައުޖެއް ގެންނަން ޖެހޭތަ؟ ހަމަ ދިވެހިން ނަށް ދުއްވެނެ!

    70
    1
  6. މޮޔަ

    ފޯއް އޮޕަރޭށަން ޖައްސަ ބަލަ!

    23
  7. އިބުރޭ

    ޑޯނިޔާގަ މަގޭ އަތުގަ އޮން ނާ ނެ 10000 ގަޑި އިރު....

    16
  8. ކުމާރު

    ދިވެހިން ބޭނުންވާނެ އާރމީގަ ތިކަހަލަ މަތިންދާ ބޯޓެއް. ތީ ކުރީގެ މޮޑެލް އެއް. ރާއްޖެއަށް ހަދިޔާ ކުރަނީ މާ ފަހުގެ މޮޑެލް އެންމެ ފަހުގެ އިކިއުޕްމެންޓް އިންސްޓޯލް ކޮށްފަ ހުންނާނީ. ހަތިޔާރާ އެކީ އެބޯޓް އޮޕަރޭޓް ކުރަން ދިވެހިން ތަމްރީނުވެފަ ނުވާތީ ތަމްރީނު ކުރުމަށް އިންޑިޔާ ގެ ޓްރެއިނާރސް އަހަރެއް ވަންދެން މޯލްޑިވްސް އާރމީ އަށް އެހީ ދެމުންދާނެ.

    2
    27
  9. ކަނދުރާ

    ސޯލިހު ކަލޭގެ ހަވަރަށް ދޭދުވަސް ކައިރިވަނީ ހަމަޔަގީން ކަލޭ މިހާރު ކުރާއުފަލެއްކުރޭ ދެންޖެހޭނީ ޖަލުގައޮންނަން.

    25
  10. ޙހހހ

    މިހާރު ތި ގެންނަން ދިވެހިން ދެކޮޅުވީމަ ، އޮޕަރޭޝަންއެކޭ ކިޔާގެން ގެނައީދޯ ، ދެން ތި ނުގެންދާނެ ، ހިޔަޅުތައް

  11. ހާމިދު ޝާހިދު

    ކޮން ހާއްސަ އޮޕަރޭޝަނެއް ހިންގާކަށް. އެހެނޭ ކިޔައިގެން ތިޔަ އުޅެނީ ހަމަ އިންޑިއާގެ ނުފޫޒު ރާއްޖޭގައި އިތުރުކުރަން. ކޮވިޑް 19 ގެ މި ދަނޑިވަޅު އިންޑިއާގެ ޑޯނިއާ ބޯޓެއް ގެނެސްގެން ހިންގާނޭ ހާއްސަ އޮޕަރޭޝަނެއް ނޯންނާނެ.

  12. އަހްމަދު

    ޖީއެމްއަރު އަށް އިބްރާހިމް ނާސިރު އިންޓަރނެޝަނަލް އެޔާރ ޕޯޓް ދިނުމުގެ އެންމެ ފުރަތަމަ މަރްޙަލާ މިކާމިޔާބުކުރީ! ދެވަނަ މަރްޙަލާ ވާނީ އެޔާރޕޯޓް ގެ ސިކިއުރިޓީ އިންޑިޔާގެ ސިފައިން ބެލެހެއްޓުމާއި ޙަވާލުވުމެވެ. ދެން އެންމެ އަވަހަށް ފެނިގެންދާނީ އެމަސައްކަތްހެން ހީވޭ!!!!