ދެކުނުގެ އަތޮޅުގެ ރަށެއްގައި އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފިއެެވެ.
އެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރު ނުކޮށްގެން އެރަށުގައި މިއަދު ހަވީރު މުޒާހަރާވެސް ކޮށްފައި ވެއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 46 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ، އެ މީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އެ ފިރިހެން ކުއްޖާއަށް ގޯނާ ކުރި މީހެއްގެ މައްސަލަ ބެލުން ލަސްވާތީ އާއި އެ މައްސަލައާ ގުޅިގެން ތުުހުމަތު ކުރެވޭ މީހާ ހައްޔަރު ނުކުރާތީ އެރަށު ޕޮލިސް ސްޓޭޝަން ކުރިމަތީގައި ޒުވާނުން މުޒާހަރާ ކޮށްފައި ވަނީ މިއަދު ހަވީރުއެވެ.
އެ މައްސަލައަކީ އިއްޔެ ހަވީރު ރިޕޯޓް ކުރި މައްސަލައެކެވެ.
ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރު ވެފައި ވާއިރު އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކޮށްފައި ވަނީ އާއްމުން ނިކުމެ މުޒާހަރާ ކުރުމުން ނުވަތަ އާއްމުން ގެންގޮސް ތުހުމަތު ކުރެވޭ މީހާ ފުލުހުންނާއި ހަވާލު ކުރުމުންނެވެ.
ނަމަވެސް ފުލުހުން ވިދާޅުވާ ގޮތުގައި ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ މައްސަލަތަކަކީ ފުލުހުން ހާއްސަ އިސްކަމެއް ދީގެން ތަޙްޤީޤު ކުރާ މައްސަލަތަކެކެވެ.
ހޯރަ އިއްބެއާ އެއްފެންވަރުގެ މީހެއްތީ މާދަމާ ގަރާރަކުން ދޫކޮއްލާނެ.....
މިސަރުކާރުން ކަންކަން ކުރަންވާނީ ރަޢިއްޔަތުން މަގުމައްޗަށއނުކުމެގެން
ނާޤާބިލް ސަރުކާރު
ހޯރައިއްބެޔާއި ރޯޔަލްރެޕިސްޓުންނަކީ މިގައުމުގައި ހިމާޔަތްކުރެވިފައިވާ މުހިއްމުބައެއް އެމީހުން ބަންދުކޮށްފިނަމަ ސަރުކާރަށް ކޮވިޑަށްވުރެ ގެއްލުންބޮޑުވާނެ.
މީ ހަމަ މުޅިގައުމުގެ އެންމެން ބަލަންތިބެ ކުރުވާކަމެއް ޚާއްޞަކޮށް ސަރުކާރުންނާ އެހެނިހެން މުއައްސަސާތަކުން މަގުފަހިކޮށްދީގެން އެހެންނޫންނަމަ މިފަދަ އިސްލާމީގައުމެއްގަ މިކަހަލަ މުޑުދާރު ކަންކަން އަތްނުފޯރާ ފަށަކަށް ނުދިޔައީސް މިޖާހިލުންް ދެވަނަފަހަރަށް މިމުޑުދާރު އަމަލުހިންގުމަށް ކުޑަވެސް ފުރުސަތެއް ނުދިނީސް އެއްދުވަހު ހައްޔަރު ކޮށްފަ އެކަހެރިކޮށްލާފަ އަނެއްދުވަހު ދުލެއްނުކުރީސް ދީންނަށް ފުރައްސާރަކުރުމުގަ މިއޮތީ ހައްދު ފަހަނައަޅާ ގޮސްފަ ހަމަ އެންމެންބައިވެރިވެގެން މިތިބީ ބަލަން ކަމެއްބޮޑެއްނުވޭ ކޮވިޑް ކޮވިޑް ކިޔާލަ ކިޔާލަ މި ބަލާކަށް ނުތިބީސް މިހުތުރު އަމަލުގެ ޒިންމާ މިވަނީ އެންމެންގެ ބޮލުގައެޅިފަ ހުރި ބިރުވެރިކަމަކާ މެދުވިސްނާ ފިކުރުކުރޭ ޖަވާބުދާރީ ވާން ޖެހޭ ދުވަހެއް އަންނާނެ ހުރި ހިތާމައެއްގެ ބޮޑުކަމާ!
އޭނަ ދޫކޮށްލާނެ.ކުރިއްސުރެ އޭނަޔާބެހޭގޮތުން އެކަހަލަ ވާހަކަ އިވޭ.އެކަމަކުވެސް އެރަށު މީހުންމާބޮޑު ކަމަކަށް ނަހަދާ.އޭނަޔަކީ ވެރިކަންކުރާ ޕާޓީގެ އިސް އެކުޓިވިސްޓެއް ކަމަށްވުމުން އިސްކޮށްއުޅޭމީހުން އޭނަ ސަލާމަތްކުރަން އެބައުޅޭ.ބަޔަކު ނުވާ ކަމަކަށް ހަދަން އުޅުނަސް އެއީ ވެފައޮތްކަމެއް.ވާގޮތަކުން އޭނަޔަކީ ނަފުސާނީ މައްސަލައެއްހުރި މީހެއްކަމަށް ހަދާފަ ދޫކޮށްލަފާނެ.އެކަމަކު އެރަށުގެ ޒުވާނުން ތިބީވަރަށް ޖޯޝްގަ.ކުޑަކުދިންނަށް ކުރާ ޖިންސީގޯނާޔާ ދެކޮޅަށް.އޭނަ ދޫކޮށްފިއްޔާ ނަތީޖާ މާކަ ރަނގަޅެއްނުވާނެ.