ބ. އޭދަފުށީގައި ބިދޭސީއަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އޭދަފުށީ ކައުންސިލްގެ ނައިބު ރައީސް ހައްވާ ސަމީހާ "ވަގުތަށް" މިއަދު ވިދާޅުވީ އޭދަފުށިން ފައްސިވެފައި ވަނީ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ. އެމީހާއަކީ ބ. އަތޮޅުގައި އޮންނަ ފިނޮޅު ރިސޯޓުން ގެނައި މީހެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ އެމީހާ މިވަގުތު ހުރީ ބ. އަތޮޅު ހޮސްޕިޓަލްގައެވެ. އެކަމާ ގުޅިގެން އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

މަރާމާތަށް ބަންދުކޮށްފައި އޮންނަ ފިނޮޅު ރިސޯޓުން މީގެކުރިން ހަތަރު ބިދޭސީއަކު ކޮވިޑް-19 އަށް ފައްސިވިއެވެ.

އެތަނުން ކޮވިޑް-19 އަށް ފައްްސިވެފައި ވަނީ، މަސައްކަތް ކުރަން އުޅުނު ހަތަރު މީހެކެވެ. އޭގެ ތެރެއިން ފުރަތަމަ ފައްސިވިިިިިިކަން އެނގުނީ, ބަލީގެ އަލާމާތްތައް ފެނިގެން މާލެ އައިސް ޑޮކްޓަރަށް ދައްކާ ޓެސްޓް ހެދި މީހެކެވެ.

ފަހަކަށް އައިސް، ރާއްޖޭގެ ރަށްރަށުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ރަށް ރަށަށް ގޮސް ކަރަންޓީންވެފައި ތިބޭ މީހުން ކޮވިޑް-19 އަށް ފައްސިވާ މިންވަރު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.

ރާއްޖެ އިން މިހާތަނަށް 3،793 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ 1،800 ދިވެހިންނާއި 1،993 ބިދޭސީންނެވެ. މި ބަލިން ރަނގަޅުވެފައި ވަނީ 2،607 މީހެކެވެ. މި ބަލީގައި ނިޔާވެފައި ވަނީ 16 މީހެކެވެ.

ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން އޮގަސްޓް މަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު 200 މީހުން ކޮވިޑް-19 އަށް ފައްސިވެދާނެ ކަމުގެ އިންޒާރު ކަމާބެހޭ ތަޖުރިބާކާރުން ވަނީ ދެއްވައިފައެވެ. އެހާލަތު ކުރިމަތިވެއްޖެނަމަ ހޮސްޕިޓަލްތައް ފުރި، އެކަށީގެންވާ އަދަދަކަށް ޑޮކްޓަރުންނާއި ނަރުހުން ނެތުމުގެ ސަބަބުން އެތައް ބަޔަކަށް ފަރުވާ ނުދެވި، ބަލީގައި ނިޔާވެގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އޮޅުވާލި ވޯޓު

    ތިޔަކީ މިހާރު ގަބޫލުކުރެވޭވާހަކައެއްނޫން ޓެސްޓު ނަހަދާމީހުން ވެސް މިހާރު ޕޮޒެޓއިވު ވާކަމައް އެޗުޕީއިން މީހުނައް މެސެޖުއެބަކުރޭ