އައްޑޫ ސިޓީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކޮށްލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވި ގޮތުގައި ކޯޓު އަމުރެއްގެ ދަށުން މި މައްސަލައިގައި ހައްޔަރު ކުރީ 30 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހުން ހައްޔަރު ކުރީ އިއްޔެގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އުމުރުން 48 އަހަރުގެ އެ އަންހެން މީހާ ރޭޕްކޮށްލި މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ ވެސް އިއްޔެއެވެ.

ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރު ވެފައިވާ އިރު، އެކަންކަމާ ދެކޮޅަށް މާލޭގައި ވަނީ ސިލްސިލާ މުޒާހަރާތަކެއް ފަށައިފައެވެ.

މިފަދަ މައްސަލަތައް ފުލުހުން މިހާރު ތަހުގީގު ކުރަމުން ދަނީ ހާއްސަ ސަމާލުކަމެއް ދީގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    ރޯޔަލްފެމެލީ ނޫންމީހުންގެ މައްސަލަތައް މިގޮތައްވެސްޖަހާލިނަމަ

  2. ޢަހުމަދު

    ޜޯޔަލް ފެމަލީ ރޭޕް މައްސަލަ، މިހާރު އެއީ ނުހިނގާ ކަމަކަށް ވަނީ ފުލުހުން ނިންމާފަކަމަށް ޚަބަރު ފެތުރިފައިވަނީ! ރޯޔަލް ވެއްޖެއްޔާ އެއީ އޯކޭ!