މިއަދުން ފެށިގެން މާލެ ސަރަހައްދުގެ މަގުތަކަށް މާސްކު ނާޅާ ނިކުންނަ ނަމަ އެ ފަރާތަކާއި މެދު ފިޔަވަޅު އަޅަން ފަށާނެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައި ވަނީ މިއަދުން ފެށިގެން ފެށިގެން މާސްކް ނާޅައި އާއްމު ތަންތަނުގައި އުޅޭ މީހުން 1000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށެވެ.
އާއްމު ތަންތަނުގައި މާސްކް އެޅުން ސަރުކާރުން މަޖުބޫރު ކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އާއްމު ތަންތަނުގައި މާސްކް އަޅައިގެން އުޅޭތޯ ފުލުހުން ބަލަމުން ގެންދާނެ ކަމަށެވެ.
މާސްކް އެޅުން މިއަދު މަޖުބޫރު ކޮށްފައި ވަނީ ކޮވިޑް-19 ފެތުރުން އިންތިހާއަށް އިތުރު ވެފައި ވާއިރުވެސް ސަރުކާރުން ހަރުކަށި ފިޔަވަޅުތައް ނާޅާ ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
އެޗްޕީއޭ އިން ނެރުނު އެންގުމެއްގައި ބުނީ މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން ގެއިން ބޭރުގައި އުޅޭ އިރު އަނގަ އާއި ނޭފަތް އަދި ދަތްދޮޅި ނިވާ ގޮތަށް މާސްކް އަޅަންޖެހޭނެ ކަމަށެވެ.
ނަމަވެސް އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތު ކުރާ ވަގުތުގައި ކަސްރަތު ކުރާ މީހުން އަދި އެހެން މީހެއްގެ އެހީއާ ނުލާ މާސްކް އަޅައި، ނުނެގޭ މީހުން މި އެންގުމުން އިސްތިސްނާ ވާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މާސްކް އެޅުން މަޖުބޫރު ކުރީ، އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ރައްކާތެރި ކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން އެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުންނެވެ.
ފުލުުހުން ބުނީ މިއަދުން ފެށިގެން އެޗްޕީއޭގެ އެންގުން ތަންފީޒު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ދާނެ ކަމަށެވެ.
ފުރަތަމަ ފަހަރު ނަސޭހަތް. ދެވަނަ ފަހަރު އިންޒާރު. ތިނަވަނަ ފަހަރު މާފު. ޖޫރިމަނާ ނުކުރާނެ.
މާސްކް އަޅައިގެން ނިކުމެބަލަ... ކިހާ ބޮޑުކަމެއްތަ!!!
މާސްކް އަޅައިގެން ބޭރައްނިކުތަސް ފުރަންޓްލައިންގެ މަސައްކަތުމީހުންގެ ޕުރެޓެކުށަން ކަށަވަރުނުކުރެވޭހާހިދަކު ބަލިޖެހުން މަދުނުކުރެވޭނެ
މާސްކުމަޖްބޫރު ކުރުމަކީ ރަނގަޅު ނިންމުމެއް! އަޅުގަނޑަށް ފެންނަނީ މާސްކު ނާޅާމީހުން 15ދުވަހަށް ހައްޔަރު ކުރަން! ސައިކަލް ދުއްވާ ކަމަށް ވަންޏާ ލައިސަންސް ބާތިލް ކުރަން!
ތިއަށް ކިޔުން އެންމެ ރަނގަޅު ނަމަކީ 1000 ރުފިޔާގެ ޖޯކު.
އެންމެންނަށް ވެސް އެނގޭ އެ ޖޫރީމަނާ ދައްކަން ނުޖެހޭނެ ކަން.
އާ އިންވެސްޓްމަންޓެއް ފެށީދޯ . މީއަސްލު މިސަރުކާރު ފެންވަރުގެ މެގަ ޕްރޮޖެކްޓެއް
މި ސަރުކާރަށް އާމުދަނީ ހޯދަންއެގެނީ ދެ ގޮތަކަށެވެ. ޢެ ދެގޮތަކީވެސް ރައްޔިތުމީހާ ފެލާލުމެވެ.
1. ސްޓިކާ ޖެހުން
2. ކޮވިޑްނަންމަތީ ޖޫރިމަނާ ކުރުން
ޢަސްލު ވައިރަސް ޖެހުނު މީހުންގެ އަދަދު ކުލިއަކާ ކުރިއައްވުރެން އިތުރުވީ އެެއީ ކޮވިޓުޖެހޭމީހުން އަވަހައް ނުގެންގޮސް 3 ދުވަސް 4 ދުވަސް ފަހުން ގެންދިއުމުން... އޭރު ހުންނާނީ އެމީހެއްގެ ކިބާ އެނެއް ކާއައްވެސް ފެތުރެންޏާ ފެތުރިފަ...
( 5 ގަޑިއިރުތެރޭ ބަލާއަނަމޭ ބުނާއިރު އެ 5ގަޑިއިރު 3 ދުވަސް ނުވތަ 5ދުވަހައް ދިގުވެގެން ދާދިއުން)
ތީ ހުސް އަނގަ.! ޖަމަލު ފޮޑިއަށް ތިދާނީ!!!
ހާސްކަނޑާލާ އެހެން ކިޔައިފަ ފަހުވަގުތު އެޖޫރިމަނާ މާފުކޮށްލާނެ
ފުަރަތަމަ ނަސޭޙަތް، ދެވަނަ އިންޒާރު، ތިންވަނަ ޖުރުމާނާ، ހަތަރުވަނަ މަޢާފް. މިއީ ގޯސްވާހިސާބު. ކުރިންވެސް ހެދީ އެހެން. ޤާނޫންތަންފީޛް ކުރަންޖެހޭ ހިސާބަށް އަނަންއިރު ޕާޓީކުދިންކޮޅު ޖުރުމާނާ ކުރަންޖެހޭލެއް މާގިނަ. ދެން ނިމުނީ.