ސިނގިރޭޓުން ނަގާ ޑިއުޓީއަށް ގެނެވުނު ބަދަލާއި އެކު އަހަރެއްގެ މައްޗަށް 1.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް މޯލްޑިވިސް ކަސްޓަމްސް ސާވިސް އިން ލަފާކޮށްފިއެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ސެކްޝަން ހެޑް އޮފް ޓެރިފް އެންޑް ސްޓެޓިސްޓިކްސް އަލީ ޒުބައިރު ވިދާޅުވީ އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް ތިންބައިކުޅަ އެއްބައި އާމްދަނީ އަކީ ސިނގިރޭޓުން ލިބޭ ޑިއުޓީ ކަމަށެވެ. އިމްޕޯޓު ޑިއުޓީގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު އޭގެރެއިން އެއް ބިލިއަން ލިބިފައިވަނީ ސިނގިރޭޓުން ކަމަށް ޒުބައިރު ފާހަގަކުރެއްވިއެވެ.

މިދިޔަ އަހަރު ރާއްޖެއަށް ސިނގިރޭޓު އިމްޕޯޓު ކުރި ނިސްބަތަށް ސިނގިރޭޓު އެތެރެ ކޮށްފި ނަމަ ޖުމްލަ 1.5 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ޒުބައިރު ވިދާޅުވިއެވެ.

ރާއްޖެ އެތެރެކުރަމުން އަންނަ ސިނގިރޭޓަކުން މިހާރު ނަގަމުން އަންނަ ޑިއުޓީ ބޮޑުކޮށް، ބިޑިން ޑިއުޓީ ނަގަން ފެށުމަށް އިމްޕޯޓް އެކްސްޕޯޓު ގާނޫނަށް ގެނައި އިސްލާހަށް މިހާރު އަންނަނީ އަމަލު ކުރަމުންނެވެ.

ސިނގިރޭޓާއި ބިޑި ފިޔަވައި ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ޑިއުޓީގެ ގޮތުގައި ނަގަނީ 200 ޕަސެންޓެވެ. އަދި ސިނގިރޭޓުން ޑިއުޓީގެ ގޮތުގައި މިހާރު 25 ޕަސަންޓު ނަގަމުންދެއެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތަކުން ކޮންމެ ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި ނަގަނީ ދެ ރުފިޔާއެވެ. ނަމަވެސް މިހާރު ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ވަނީ ސިނގިރޭޓަކަށް ނަގާ ޑިއުޓީ ތިން ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި ސިނގިރޭޓެކޭ އެއްގޮތަށް ބިޑިން ވެސް 25 ޕަސަންޓުގެ ޑިއުޓީ އެއް ނެގުމަށް ނިންމައި، ކޮންމެ ބިޑިއަކުން ތިން ރުފިޔާ ނެގުމަށް ވަނީ އިސްލާހު ގެނެސްފައެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީ އެންމެ ފަހުން ބޮޑުކުރީ 2017 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް

    އެންމެން މި ބުއިން ހުއްޓާލާ، އޭރަށް ހުންނާނީ 1.5 ބިލިއަން ރުފިޔާގެ ރާކަނިމަސް ކެވިފަ.

    31
    • ޑިމޮލިޝިސްޓް

      ބޮޑާކަމުގެ ސަބަބުން ސިގިރޭޓް ބޯމީހުންނަކަށް ތިކަމެއް ނުވާނެ. ސިގިރޭޓަކީ ލައިފް. ސިގިރޭޓަކީ ލަވް. ދުވަސް ކިތަންމެ ސްޓްރެސް ވިޔަސް ސިގިރެޓުން އެކަން ބަދަލުކޮށްލާ. ސިގިރޭޓް ބޯމީހުން ޑަކުޓަަރުންނަށް ވުރެ މާ މޮޅުވާނެ.

      2
      1
    • އަހުމަދު

      ތީ ރަނގަޅު ގޮތެކެވެ އެއީ ސިއްހީ ދާއިރާގެ ހަރަދުތައް ކުޑަވާނެ

  2. ރަބަރު

    އަހަރު ދުވަހުގެ ދައުލަތުގެ ބަޖެޓް ހަމަޖަށްސާލެވޭ ވަރަށް ޑިއުޓީ ބޮޑުކޮށްލާ
    ބޮޑުވަރު

    16
    6
  3. ދޮންމަނިކު

    އީދު ހަދިޔާ

    2
    1
  4. މޮޔަސޮރު

    އަދި ކުޑަ ޑަބަލްކޮށްލީ ޕްލީސް

    4
    1
  5. Anonymous

    ޙަރާމްކަމަށް ހުރިހާ އިލްމުވެރިން ބުނަމުންދާއިރު ދައުލަތެއްގެ ހައިޞިއްޔަތުން ޙަރާމް އެއްޗަކުން މަންފާ ހޯދާނަމަ ދެން ވާނެގޮތް ވިސްނާ.

    • އަރީ

      ހުރިހާ އިލްމުވެރިންނެއްނޫން .. ތީނަ ދަންނަ ހުރިހާ އިލްމުވެރިން.. ސިގިރެޓް ދީނުގަ ޙިލާފު މައްސަލައެއް. ބައެއް އިލްމުވެރިން ވިދާޅުވަނީ މަކުރޫޙް އޭ

      1
      1
  6. ބޯކިބާ

    ހުޅުމާލޭގަ ކޮންމެވެސްތަނެއްހަދަން އެންމެންއަތުން ޗަންދާނަގަނީ ތިޔާ.

  7. ބިޑި

    އެހެން ވީމަ އަގު ބޮޑު ކުރީ ސިނގިރޭޓު ބުއިން ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު ހުއްޓުވާކަށް ނޫންތާ. އާންމު ދަނީ ހޯދަން ބަޔަކު ފެލާލަނީތާ.

    6
    1
  8. ޙހހހ

    ވަކި ސިނގިރޭޓް ވީމަކާ ނޫން ، މިއަދު އަދި ޑިއުޓީ ނަގަން ފެށީ ، މިހާރުވެސް ފިހާރަތަކުގައި ގެނެސްފައިހުރި ސިނގިރެޓްތަކުން އެވަރު ވިޔަފާރިވެރިން ޖައްސާލާފި ، މި ދެން ބޮޑުވަރު
    ފުލުހުންވެސް ސަރުކާރުވެސް މިކަން ބަލާކަށް ނުދުވޭ ، ހައްތާވެސް ރައްޔިތުން ޖޫރިމާނާ އަރުވާނުލެވިގެން ނިދި ނައިސްގެން އުޅެނީ ، މިއީ ހަމަ ހަރާމް ވިޔަފާރި

  9. ރިމް

    ރައްޔިތުން ފެލާގެން ވެރިކަން ކުރުން އޭ އަސްލު ޑިމޮކްރަސީ އަކީ! ދެން އެ ލާރި ކޮޅު ޑިމޯ ޕާރޓީ ވެރިންނަށް ބަހާލިމާ ސިޔާސީ މަގާތަށް އިތުރު ކުރެވޭނީ މި ގޮތަށް! މީހުން ގެ މުސާރައިން 3000 ރ އެ ފެލާލީ! ދެން 4000 ލިބޭ މީހާ ސަލާންޖެހުން ނޫނީ ވައްކަން ކުރުން! ރައްޔިތުން ނަށް ވ ރައކާތެރި ކަން ދޭ ވެރިކަމެއް މި އޮތީ! ސިއްހަތު ސަލާމަތް ކުރުމުގެ ނިޔަތެއް ހުރިއްޔާ އެތެރެ ނުކޮށްބަލަ! ރައްޔިތުން ފެލާގެން ބަޖެޓް އާމްދަނީ އިތުރު ނުކުރަން ގޮވާލަން! ކޮންމެ ވެރިޔެއް އަރާ އާމްދަނީ އިތުރު ކުރަން މި ނުން ކުޅިއެއް ކުޅެން ނޭގެނީ ތަ!