ރާއްޖޭގައި މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ ނަމުގައި ފަންނާނުން ހުޅުވި ޖަމިއްޔާގައި ރަޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ޖަމިއްޔާއަކީ މިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހު ރަޖިސްޓާރކުރި ޖަމިއްޔާއެކެވެ.
އެ ޖަމިއްޔާއަކީ ރާއްޖޭގެ މިއުޒިކް ދާއިރާކުރިއެރުވުމަށްޓަކައި ފަންނާނުންތަކެއް އިސްނަގައިގެން އެކުލަވާލި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ މެންބަރަކަށް ވުމުގެ ފުރުސަތު މިއަދު ހުޅުވާލިއިރު، އެ ޖަމިއްޔާގެ ހިންގާ ކޮމެޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތުވެސް ހުޅުވާލުމަށް އެ ޖަމިއްޔާއިން ވަނީ ނިންމާފައެވެ.
ދިވެހި މިއުޒިކް ސިނާޢަތުގައި އުޅޭ ހުރިހާ ފަންނުވެރިން ކުރިއަރުވައި، ބާރުވެރިކުރުވުމުގެ ގޮތުން އުފެއްދި މި ޖަމިއްޔާއިން ބުނީ، ދިވެހި މިއުޒިޝަނުންނަށް ލިބޭ އުޖޫރައާއި މަސައްކަތް ކުރާ މިންގަނޑުތަކާއި ހަމަތަކަށް ބަލައި އެމީހުންގެ މަސައްކަތާއި ގުޅުންހުރި އަސާސީ ކަންކަން ބެލުމާއި ބޭނުން ވެއްޖެ ހާލަތްތަކުގައި އިރުޝާދުދީ، ގާނޫނީ ލަފާ ދިނުމުގެ ކަންކަންވެސް ކުރާނެ ކަމަށެވެ.
އަދި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއެކު ބޭއްވުނު އެކި ބައްދަލުވުންތަކުގައި މިއުޒިޝަނުންނަށް ދިމާވާ ދަތިތަކާއި ކުރިއަށް އޮތްތަނުގައި އިސްލާހު ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށްފައިވާނެކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.
ތި ޖަމުޢިއްޔާގެ މެންބަރަކަށް ވުމުގެ ނުބައިކަމުން الله އަހަރެން ރައްކާތެރި ކުރައްވާނދޭވެ.
މިޔުޒިކަކީމުސްލިމުންނަށްޙަރާމްއެއްޗެއްކޮބައިތައިސްލާމިކްމިނިސްޓަރު
އިސްލާމިކއ މިނިސްޓަރު ކިބާ
ނަރަކައިގެ މެ މްބަރަކަށް ވުމ މުގެފުރުސަތު ދިވެހި ސަރުކާރު ހިންގަން ތިބި ޟައިތޯނުން މިވަނީ ހުޅުވާފަ އަވަހަށް މިކަ މުގައި ބައިވެރިވާންބޭނުންވާ ކުދިން އަށް ޖަހާ ބާރަށް އައްޖަހާ
މިޔުޒިސަނުންގެ ޖަމުއިއްޔާގެ މެމްބަރަކަށްވުމަށްވުރެ ﷲ ހަޒުރަތުގައި މާފައިދާބޮޑުވެ ސަވާބު އިތުރުވާނެ ގުރުއާންކިޔަވާ މީހުންގެ މެމްބަރަކަށް ވިއްޔާ މިއުޒިކަކީ ހަރާމް އެއްޗެއް އެކަމުން އަޅަމެންސަލާމަތް ކުރަށްވާ ފާންދޭވެ އާމީން..