ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން ދިޔަ ރިޒް ކުންފުނީގެ ބިދޭސީން ގެންދިޔަ ތަނެއް ސާފު ކޮށްދިނުމަށް އެ ބިދޭސީންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ޕަބްލިކް އިންޓްރެސްޓު ލޯ ސެންޓަރު (ޕީއައިއެލްސީ) އިން އެދިއްޖެއެވެ.

އެ ލޯ ސެންޓަރުން ވަނީ ފުލުހުންނާއި އިމިގްރޭޝަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އަށް ސިޓީ ފޮނުވާފައެވެ. އެގޮތުން ބިދޭސީންނަށް ވީނުވީ ތަނެއް ނޭނގުމަކީ އެ މައްސަލައަށް އަސަރު ކުރާނެ ކަމެއް ކަމަށް އެ ސިޓީގައިވެއެވެ.

ބޮޑުފޮނޮޅުން އެ ބިދޭސީން ބާލުވާ ކަމުގެ މައުލޫމާތު ލިބުމުން އެމީހުން ގެންދަނީ ކޮންތަނަކަށްތޯ ސާފު ކުރުމަށް ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށާއި އަދި އިމިގްރޭޝަންގައިވެސް އެދިފައިވާނެ ކަމަށް އެ ލޯ ސެންޓަރުން ބުންޏެވެ. ނަމަވެސް އެއްވެސް އިދާރާއަކުން ޖަވާބު ދީފައި ނުވާ ކަމަށް ބުންޏެވެ.

މީގެއިތުރުން އެ ބިދޭސީން އިކޮނޮމިކް މިނިސްޓްރީ އާއި ހަވާލުކޮށްފައިވާ ކަމަށާއި އެކަންވެސް އެއްވެސް ފަރާތަކުން ޔަގީން ކޮށްދީފައިވާ ނުވާ ކަމަށް ލޯ ސެންޓަރުން ބުންޏެވެ.

ބޮޑުފިނޮޅުގައި ތިބި ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ މަދަނީ މައްސަލައިގައި ދައުލަތުގެ އިދާރާތަކުގައި އެ ފަރާތްތައް ތަމްސީލުކުރުމަށް އެ ޖަމިއްޔާ އަށް އެ ފަރާތުން ވަނީ ޕަވާ އޮފް އެޓާނީ ދީފައި ކަމަށް ބުނެ ޕީއައިއެލްސީ އިން ބުނީ ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން ގެންދާ ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެ ޖަމިއްޔާ އިން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވަނިކޮށް، އެ ބިދޭސީ މަސައްކަތްތެރިންނާ މެދު އަމަލުކުރެވޭ ގޮތަކުން ނުވަތަ އެޅޭ ފިޔަވަޅެއްގެ ސަބަބުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މިހާރު ހުށަހަޅާފައިވާ މައްސަލަ އަށް އަސަރުކުރާނެ ކަމަށެވެ.

އެހެންކަމުން އިކޮނޮމިކް މިނިސްޓްރީން އެ ބިދޭސީ މަސައްކަތްތެރިންނާ މެދު އެއްވެސް ފިޔަވަޅެއް އެޅުމުގެ ކުރިން ނުވަތަ ބިދޭސީ މަސައްކަތްތެރިން އެ ފަރާތްތަކުގެ ގައުމަށް ފޮނުވާލުން ފަދަ އެއްވެސް ކަމެއް ކުރާނަމަ، އެފަދަ ކަމެެއް ކުރުމުގެ ކުރިން އެ މައުލޫމާތު އެ ޖަމިއްޔާ އަށް ހިއްސާކޮށްދެއްވުން އެދޭ ކަމަށް ދައުލަތުގެ އިދާރާތަކަށް ފޮނުވި ސިޓީގައިވެއެވެ.

ބިދޭސީން ރަށުން ބާލާފައި ވަނީ ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑުމުގެ ސަބަބުން ހާލުގައި ޖެހިފައި ތިބޭތާ ދެ ދުވަސް ފަހުންނެވެ. މީގެއިތުރުން އެ ބިދޭސީންނާއި ދައުލަތުން ހަވާލުވެފައިވާއިރު އެ ބިދޭސީން ގެނެސްފައިވާ ރިޒް ކުންފުނިން އެމީހުންނާ ހަވާލެއް ނުވިއެވެ. ރިޒް ކުންފުންޏަކީ ސަރުކާރު ހިންގާ މައިޕާޓީގެ މަޖިލިސް މެންބަރު ނިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ކަނަމަނަ

  މިބިދޭސީންނާޖެހުނީމަ ކޮބާއެއްކަލަހިއުމަންރައިޓުސް މިއޮތީވާ ސަރުކާރެއްގެނެވިފަ ސާބަސްއިބޫސޯލިހުގެ ސަރުކާރުވަރު ސަރުކާރެއް މިވޭތުވެދިޔައެއްގަރުނުތެރޭގަވެސްނާދޭ ، އެއްވެސްކަހަލަ އިންސާފެއް އިހުސާންތެރިކަމެއްވެސްނެއް

  16
 2. ރަބަރޭ

  އާދެން އެހެންތާވާނީ ޕާޓީ ކުދިން ކޮންމެކަމެއް ކުރިނަމަވެސް ހަވާލުވާންޖެހޭނީ ސަރުކާރުން ސަފާރީ ޖިންސީގޯނާވެސް އޮބި ހުދުކާފޫރަށް ވީކަމަށް ލަފާކުރެވެނީ
  ބޮދުވަރު

  15
 3. ގލޅ

  ތިޔަވަނީ ވަރަށްވެސް ރަނގަޅަށެވެ މޑޕ ނުދަންނަ ދިވެހި
  ރައްޔިތަކު މިރާއްޖޭގައި ނުހުންނާނެއެވެ ސަރުދާރުޖީ އަކީ
  މަކަރާއި ހީލަތުން ރައްޔިތުންނަށް ލަނޑުދިމުގައި އުމުރު
  ހޭދަކުރަމުންދާނުލަފާ ޣައްދާރެކެވެ މީނާގެ މަޅީގައި ދިވެހިން
  ތަތްކޮށް ނާޖާއި ޒް ފައިދާނަގަމުން އެދާދިއުން ހުއްޓުވައި
  މިރާއްޖެ އަނބުރާ ހޯދުމުގެ މަސައްކަތް ހަމަމިހާރު ފައްޓަން
  ވެއްޖެއެވެ.

  13
 4. ައަންހެންމަންޖެ

  ފެންވަރުގައި ހުރިހާކަމެއް ހަމަޖެހުނީ ގަދަ ސަރުކާރުން 20 މިލިއަން ރުފިޔާ ޚަރަދުކޮއްފަ ބިދޭސީން ފޮނުވާ އޭރުން އެއޮތީ ކޮރަޕްސަން ދޮވެސާފްކޮއްފަ އޯކޭވާނެ

 5. ށުމަން

  ބިދޭސީންގެ މައްސަލަ އަކީ ރާވައިގެން މި ގައު މުގަ އިންޑިއާ މީހުން އާބާދު ކުރަން ވެގެން ސަރުކާރާ މަތީފަޑީ ގަ ތިބި ބަޔަކު ކުރުވާ ކަ މެއް. ޜައްޔިތުން ހޭލާ..