ވެމްކޯއިން މާލެ ސަރަހައްދުގެ ގެތަކުން ނަގަމުން އަންނަ ކުނި ނަގާނީ މިހާރުވެސް ގޭބިސީތަކުން ކުނި ނަގަމުން އަންނަ ގޮތަށް އިމާރާތުގެ ތިރިން ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ވެމްކޯއިން ބުނީ، ކޮވިޑް-19 އާއި ގުޅިގެން ފުރަމާލެ ސަރަހައްދުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވިފައިވުމާއި އެ ކޯޕަރޭޝަނުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މުވައްޒަފުންގެ ރައްކާތެރިކަމާއި ހިދުމަތް ހޯދާ ކަސްޓަމަރުންގެ ރައްކާތެރިކަމަށް ބެލުމަށްފަހު ކުރިންވެސް އިއުލާންކޮށްފައިވާ އުސޫލަށް ވަކި ގޮތެއް އަންގަންދެން ކުނި ނަގަމުން އަންނާނީ އިމާރާތުގެ ތިރިން ކަމަށެވެ.

އެގޮތުން އެކޯޕަރޭޝަނުން ބުނީ، މާދަމާއިން ފެށިގެން އެ ކުންފުނިން ވަކި ގޮތެއް އަންގަންދެން ގޭބިސީތަކުން ކުނި ނަގަމުން ދާނީ އިމާރާތުގެ ތިރިން ކަމަށާއި ކުނި ނެރުމަށް ހަމަޖެހިފައި ވަނީ، ކުރިއެކޭވެސް އެއްގޮތަށް ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން 14:00 އާ ދެމެދުގައި ކަމަށެވެ.

ވެމްކޯ އިން ބުނީ އިމާރާތުގެ އެންމެ ތިރިން ކުނި ނެގޭނެ އިންތިޒާމު ދުރާލާ ހަމަޖައްސައި ދިނުމަށް އެދޭ ކަމަށެވެ. އަދި އެފަދަ އިންތިޒާމެއް ކޮންމެ ދުވަހެއްގެ 18:00ގެ ނިޔަލަށް އިމާރާތަށް ވަދެ ނިކުމެވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް ވެސް އެދޭ ކަމަށް ވެމްކޯ އިން ބުންޏެވެ. މީގެއިތުރުން އެ ކުންފުނިން ވަކި ގޮތެއް އަންގަންދެން އެއްވެސް މުވައްޒަފަކު ކުނި ނެގުމަށް ވަކިވަކި ފަންގިފިލާއަށް ނާރާނެ ކަމަށް ވަނީ ބުނެފައެވެ.

ވެމްކޯއިން ވަނީ މި ހާލަތުގައި ވެސް އެ ކޯޕަރޭޝަންގެ މުވައްޒަފުންނާއި، ހިދުމަތްތައް ހޯދާ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުވާން ޖެހޭތީ، އެ ކޯޕަރޭޝަނުން އާންމުކޮށްފައިވާ ކުނި ބަންދުކުރުމުގެ މިންގަނޑާއި، ވަގުތުގައި ކުނި ނެރުމަށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ކުނިނަގާ ރޭޓް

  އެކަމަކު ރުފިޔާ ދައްކަން މިޖެހެނީ ވަކިވަކި ފަންގިފިލާ އަށް އަރައިގެން ކުނިނަގާ ރޭޓް ގަ ؟ ކީއްވެ އިމާރާތުގެ ތިރިއަށް އަމިއްލަ އަށް ކުނިގެންގޮއްސަ އިމާރާތުގެ ތިރިން ކުނި ނަގާ ރޭޓަށް ނުނަގާ ކުރިންނަގާ ބޮޑު ރޭޓްގަ ނަގަނީ ؟؟

  8
  3
 2. ގަޅީބޯއި

  ލާރިނުދެއްކިޔަސް ތިރިންނަގަންޏާމު މައްސަލައެއްނެތް!

  6
  3
 3. އިލޮށިފަތި

  ދަންނަވަމެވެ. މިހާރުއޮތް އުޞޫލު ވަރަށް ރަނގަޅު. ހަމައެގޮތުގައި ކުރިޔަށް ގެންދިއުމަށް އިލޮށިފަތި ވަރަށް ތާއީދުކުރަމެވެ.
  ޝުކުރިއްޔާ!
  ( މޮޅޯށި )
  ޢީދު މުބާރަކު

 4. ނ

  ދާއިމަށް ތިޔަ ގޮތަށް ބާއްވަން ފެނޭ
  ޙުރިހާ ގޮތަކުން ރައްކާތެރި

 5. ވެންކޯ

  150 ރުފިޔާގެ ކުނީފީ 100 އަށް ހަދަނީ ކޮންއިރަކުންތޯ؟