އީދު ފާހަގަ ކުރުމުގެ ނަމުގައި ނ.އަތޮޅު ވެލިދޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކެއްގައި އެ ރަށު މީހުން ނިގާބަށް (މޫނު ބުރުގާ އާއި އެކު ލައި އުޅޭ ހެދުމަށް) ޖޯކް ޖެހި ކަމަށް ބުނެ މީސް މީޑިއާގައި އެކަން ކުރި މީހުންނަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެއްޖެއެވެ. މީސް މީޑިއާގައި ވެލިދޫ ބައެއް ރައްޔިތުންނަށް ފާޑު ކިޔުން ކިޔަސް، ރަށުގެ އީދު ކޮމިޓީން ވަނީ އެކަން ދޮގުކޮށްފައެވެ.

އީދު ކޮމިޓީގެ މެމްބަރަކު "ވަގުތަށް" ވިދާޅުވީ ވެލިދޫގެ އީދު ހަރަކާތްތަކުގައި ބައިވެރިވި އެއްވެސް މީހަކު ނިގާބަށް ޖޯކް ޖަހާފައި ނުވާނެ ކަމަށެވެ. އަދި ހަރަކާތުގައި މޫނު ބުރުގާ އަޅާފައި ހުރި އަންހެނަކު ބައިވެރިވީ ނިގާބަށް ޖޯކް ޖެހުމުގެ ނިޔަތުގައި ނޫން ކަމަށް އޭނާ ބުންޏެވެ.

އެއީ ފިޓްނަސް އިންސްޓްރަކްޓަރު ނުވަތަ މީސް މީޑިއާ ސެލެބްރިޓީ ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) އިންސްޓަގްރާމްގައި ކުރިއަށް ގެންދިޔަ ގިވްއަވޭ ލިބުނު އައިޝަތު ޝަރުމީލާކަން ދައްކައި ދިނުމަށް ހުރި މީހެއް ކަމަށް ވެސް އެ މެމްބަރު ވިދާޅުވިއެވެ.

އެކަމަކު ފިރިހެނުން، ނިގާބު ލައިގެން އަންހެނުންނަށް ހެދިގެން އުޅޭ ފޮޓޯތައް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ނިގާބު ލައިގެން ތިބި ފިރިހެނުން ވަނީ އެއީ އަންހެނުން ކަމަށް ދެއްކުމަށްޓަކައި ބައެއް ތަކެތި ހެދުމުގެ އެތެރެއަށް ލައްވައިފައެވެ.

ވެލިދޫގައި ނިގާބަށް ޖޯކް ޖެހި ކަމަށް ބުނެ އެކަން ކުށްވެރި ކުރި މީހަކު ފޭސްބުކްގައި ބުނެފައި ވަނީ އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި އެކަނބަލުންގެ ޒީނަތް ފާޅުނުކުރަން އިސްލާމްދީނުގައި އަންގަވާފައި އޮތްއިރު އެގޮތައް އަމަލު ކުރާ މީހުންނަށް މަލާމަތްކޮށް ފުރައްސާރަ ކުރުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ.

އިތުރު މީހަކު ބުނީ "ކުދި ސޯބުތައް އެނބުރޭނީ ބޮޑު ސޯބުތައް އެނބުރޭ ގޮތައް" ކަމަށެވެ. "މިފެންނަނީ އިސްލާމްދީނަށް ޖޯކް ޖަހާ މީހުންނަށް ފިޔަވަޅު ނޭޅުމުގެ ނަތީޖާ. މާދަމާ ފެންނަ މަންޒަރު އަދި މާހިތާމަވެރި ވާނެ." އޭނާ ބުންޏެވެ.

އެހެން މީހަކު ކުރި ޓްވީޓެއްގައި ބުނީ މިއީ މަޖަލަކަށް ކުރާ ކަހަލަކަމެއް ނޫން ކަމަށާއި ދައުލަތުގެ އިދާރާތަކުން ވެސް މިކަން މަޖަލަކަށް ނުހަދައި މައްސަލަ ބަލަން ޖެހޭ ކަމަށެވެ.

ކީރިތިރަސޫލާ صلى الله عليه وسلم ވަނީ އަންހެނުންނާއި އެއްގޮތަށް އުޅޭ ފިރިހެނުންނަށާއި ފިރިހެނުންނާއި އެއްގޮތަށް އުޅޭ އަންހެނުންނަށް ލަޢުނަތް ލައްވާފައެވެ. އެފަދަ މީހުންނަށް ކީރިތިރަސޫލާ صلى الله عليه وسلم ލަޢުނަތް ލައްވާފައިވާ ކަމަށް ބުޚާރީގައި އައިސްފައިވަނީ މިފަދައިންނެވެ. (لَعَنَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ اَلْمُتَشَبِّهِيْنَ مِنَ الرِّجَالِ بِالنِّسَاءِ، وَالْمُتَشَبِّهَاتِ مِنَ النِّسَاءِ بِالرِّجَالِ) رواه البخارى. – މާނައީ "ފިރިހެނުންގެ ތެރެއިން އަންހެނުންނާއި އެއްގޮތްވެގެން އުޅޭ ފިރިހެނުންނާއި އަންހެނުންގެ ތެރެއިން ފިރިހެނުންނާއި އެއްގޮތްވެގެން އުޅޭ އަންހެނުންނަށް ކީރިތިރަސޫލާ صلى الله عليه وسلم ލަޢުނަތް ލެއްވިއެވެ." އަންހެނުން ފިރިހެން ހެދުން އެޅުމަކީ އަންހެނުން ފިރިހެނުންނާއި އެއްގޮތްވުމެވެ. އަދި ފިރިހެނުން އަންހެން ހެދުން އެޅުމަކީ ފިރިހެނުން އަންހެނުންނާއި އެއްގޮތްވުމެވެ. އަދި މީގެ އިތުރުން ވެސް އެދެބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އެއްގޮތްވުމުގައި ކުރާ ކަންތައް ހުރެއެވެ. ވީމާ އަންހެންގެ ހެދުން ފިރިހެނުން ލުމާއި ފިރިހެނުންގެ ހެދުން އަންހެނުން ލުން އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫނެވެ.

ފަހަކަށް އައިސް އިސްލާމްދީނަށް ފުރައްސާރަ ކުރާ ދިވެހިންނާއި، ރާއްޖޭގެ ޖަމިއްޔާތައް ވެސް އަންނަނީ އިތުރު ވަމުންނެވެ. ނަމަވެސް އެފަދަ ކަންތައްތައް ކުރާ މީހުންނާއި މެދު ފުލުހުން ވެސް އަދި އެހެން މުއައްސަސާތަކުން ވެސް އެކަށީގެންވާ ފިޔަވަޅެއް ނާޅައެވެ.

ކިޔުންތެރިންގެ ހިޔާލު

50 ކޮމެންޓް

  1. ފެކްޓް

    މި ޤައުމެއް ނެތް!! އަދި ދުނިޔެ ނިމުމާވެސް ދާދި ގާތްވެއްޖެ!

    143
    7
  2. Anonymous

    ހުރި ހަލާކެއްގެ ބޮޑުކަމާއެވެ
    ޔާ ﷲ މިމީހުންގެ ކައިރިއަށް ކޯފާއެއް ފޮނުއްވާފާނދޭވެ

    73
    55
    • އަލިބެ

      އާމީން

      7
      9
    • އަޒޫ

      ދީން ދެކެ އަދި ރަސޫލާ صل الله عليه وسلم ދެކެ ލޯބިވާ މީހަކު މި މޭރު މުން ދުޢާ އެއް ނުކުރާނެ...

      22
      4
  3. ހ

    އެއްވެސް މަޖަލެއް ނޫން.... ވަރަށް ގޯސް އަމަލެއް...

    171
    11
  4. ޥެލިދޫ ކުއްޖާ

    ތިޔައީ ކޮންމެ ކަމެއްގަވެސް ހައްދުން ނައްޓާފަ ތިބޭ ބައެއް..އީދެއް އަޔަސް ކުޅެފަ ނުކުޅޭނެ ކުޅި އެއް އެމީހުންގެ ނޯންނާނެ...އަދި އެ މީހުން އެ ފާހަގަ ކުރާ ގޮތަށް އީދު ފާހަގަ ނުކުރަންޏާ އެ ރަށެއްގެ މީހުން ނަކީ ދެން ނަމުގަ ދީން ވެރި ވެގެން އުޅޭ ބަޔެކޯ

    106
    12
  5. ލަޔާން

    މި ކަން ކުރި އަންހެނުން ތައް މާފައް އެދެން ޖެހޭ.... ???... މަޖަލެއް ނޫން... ފިޓް ފަޒީލް އާ ތިނުން ގޮތުން ވެސް ބެހެވިދާނެ.... ???

    94
    13
  6. ކިޔާން

    ވެލިދޫ މީ ހާދަ ގޮތް ކުޑަ ފިރިހެނުން ތަކެއް އުޅޭ ރަށެކޭ...ވެލިދޫ މީހުން ފިޓް ފަޒީލަކަށް މަކަރުހެދުމުގަ ދުލެއް ނުކުރޭ.... މަކަރުވެރި ވެލިދޫ ބައިގަނޑު ????

    115
    13
  7. މާފަރު

    ވެލިދޫ ފިރިހެނުން ވެސް ހާދަ މަކަރުވެރި އޭ ދޯ!!!! މަކަރާ ހީލަތް ހަދުމުގަ ފިޓް ފަޒީލް އާ ވެލިދޫ ފިރިހެނުން!!!

    79
    9
  8. މޫސަ

    ތިޔަ ރަށަށް ބައެއް މީހުން ކިޔައި އުޅެނީ ނަރަކަ ވެލިދޫ

    106
    11
  9. ވެލިދޫ ރަށްޔިތެއް

    ކާކު ބުނީ އެއީ ފިރިހެނެކޭ؟ ތަނެއް ދޮރެއް ނުބަލާ ފޭކު ވާހަކަތަކެއް ހަދަ ހަދައިގެން ދެއްކިޔަސް ގަބޫލް އެއް ނުކުރެވޭނެ އެއީީ 2 އަންހެނުން އެއްގޮތަކަށްވެސް ފިރިހެނުން އެއް ނޫން!!
    މޫނު ނިވާކޮއްފަ ވެސް ކަޅު ހެދުން ލައިގެން އަންހެނުން އައްވެސަ މާލި ހެދެވޭނެ އަދި އެގޮތައް މާލި ހެދިފަ ތިއްބަސް ދީނައް ހަޖޫ ނުވަތަ ޖޯކު ޖެހުމުގެ ނިޔަތުގަ އެކަން ކުރިނަމަ ގޯސް ވާނީ .!!!!!!!!!!!!!!!!!

    22
    83
    • ތާރާ ވެލިދޫ

      ވެލިދޫ ބައެއް ފިރިހެނުން ގެ ކަންތަށް ވަރަށް ބޮޑު... މި ޕޭރޭޑް ބޭއްވުމުގަ ވަރަށް ގޯސް ކަންތަށްކޮށް އަންހެނުންނަށް ފުރައްސާރަ ކުރޭ

      31
      6
    • ?

      ދެން ހާއްސަކޮށް ޅަ ކުދިން އަސްލް މޫނު ނިވާކޮށްގެން އުޅޭ ސާލިހް ކަނބަލުން ފެނުނީމަ ހީކުރަންވީ މާލިއޭ އަބަދުވެސް؟ އަސްތަޤްފިރުﷲ. ކުޑަ ކަމެއް ނޫނީ މަޖާ ކަމެއް ކަމަށް ދެކިގެން ކުރާ ކަންކަމުގެ ނުބައި ކަމަށް ވިސްނާލަންޖެހޭ ނޫންތޯ މުސްލިމުންނޭ

      18
      2
    • މާދު

      ތީ މަށެއްނޫން..

      1
      2
  10. ތާޖަރު

    ޑްރަގް އުތެ މަ މީހުންގެ ރަށެއް ތީ

    69
    5
  11. އަހުމަދު

    ތިޔަކީ ހަމަ ވެލިދޫގަ މޫނު އަޅައިގެން އުޅޭ މީހުން!!
    އިނގިގެން ޙަބަރު ލިޔޭ!!
    މީހަކު އެއްޗެއް ބުނާއިރަށް ލިޔާތީ މައްސަލަ އަކީ!!!

    18
    68
    • ވެލިދޫ

      ދޮގު ނަހަދާ

      18
      5
  12. މޯލްޑިވިޔަން

    ހެދު މަކަށް ޖޯކު ޖެހިޔަސް އެވީ ދީނަށް ޖޯކު ޖެހީ ކަ މަށް ދޯ.ދުވަސް ކޮޅަކުން އަލީ ރަ މީޒު ހެދު މަށް ބަސް ބުނިޔަސް އެވީ ދީނާ ޚިލާފު ވީ ކަ މަށް

    12
    78
    • އިޒުމީލް

      މޫނު ބުރުގާޔަށް ޖޯކު ޖަހާނީ ލާދީނީ މީހުން... ވަރަށް ނުބައި އަމަލެއް

      44
      5
  13. ލާހި

    ތީ ހައިރާން ވާން ވީ ކަމެއްނޫން މާދަމާ ނަސީދު ތިކަންދިފާއު ކޮށް ކޮންމެވެސް ކޮސް އަނގައެއް ތަޅާނެ މިގައުމުގާ ނަސީދު އަށް ސަނާކިޔާ މަރުދޭ މީހުން ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް އެބަތިބިވިއްޔާ އެވެސް ލާދިނީ ކަމަކަށް ޖޯކްޖަހަބަލަ ހަރުކައްޓޭ މާބަދަޔޭ ކިޔާ އެބައެއްގެ ދުވަސް ދުއްވާލިސް

    63
    8
  14. ގަމާރު

    ނަރަކަވެލިދޫ ކިޔަނީ ހަމަ ކަމެއްވީމަދޯ؟! ?

    83
    5
  15. މަނަދޫ

    ތިރަށަށް މީހުން ކިޔާ އުޅޭ ނަރަކަ ވެލިދޫވެސް.. ދެން ކިހިނެއް ރަނގަޅު ވާނީ ވެސް.. ތީދެން ބޮޑު ވަރު

    69
    6
  16. ައަހުމަދު

    އަދުލު އިންސާފް ނެތްތަނެއްގައި ތިކަހަލަ ހުރިހަކަމެއްވެސް ހިގާނެ އެކަން ބަލާނެބައެއްވެސް ނޫޅޭނެ ، ބެލިޔަސްބަލާނީ މީހުންގެ ލޮލުގައި އަނދުން އަޅުވަންވެގެން.

    62
    6
  17. ބޯހަލާކު

    ތީނަރަކަ ވެލިދޫ ތޯ...ލާދީނީ ބުއްޅަބޭގެ ބޮޑުރަށެއް ދެއްތޯ...ލަނޑަޔާވާނީލަނޑަޔާ

    72
    4
  18. މ

    އަހަރެންގެ ނަޒްރުގައި އެމީހުން އެ ޖޯކު ޖަހަނީ ފާޒިލްއަށް.

    16
    58
    • ނަޒަރު

      ޖޯކު ޖަހާކަށް ނުޖެހޭނެނު މުސްލިމުން އެކަކު އަނެއްކަކަށް ފާޅުގަވެސް. ފާޅުގަ ނޫންވެސް. އަދި މޫނު ބުރުގާ ފަދަ މާތް ހެދުމެއް ޖޯކު ޖެހުމުގަ ބޭނުން ކުރަން ނުވާނެނު. މުޅީންވެސް މަނާ ކަންކަން

      7
      2
  19. ނައިކީ

    ފިޓް ފާޒުލާ ޝަރުމީލާއަށް ޖޯކު ޖެހީ ނިޤާބެކޭ ނުކިޔާ.. ދެން ނިޤާބު އަޅައިގެން ކަމެއް ކޮށްފިއްޔާ އެއީ ޖޯކުޖެހީކަމަށް ބަލަންޏާ ފާޒިލުމެންކުރާކަންކަން ކިހިނެއް ގެންނާނީ ޕެރޭޑުތަކުގަ؟؟ މުންޑު ލައިގެންކަމެއް ކޮށްފިއްޔާ އެ ވީ މުންޑަށް ޖޯކު ޖެހީކަމަށް.. އެހެންވީމަ ބުރިގާއަޅައިގެން ފިލްމު ކުޅެ ޑުރާމާ ކުޅޭ އެންމެން އެ ޖޯކުޖަހަނީ ބުރުގާއަށް.. ލާދީނީ އެމްޑީޕީ މުއްލާބެމެންގެ ވެސް އެކަހަލަ ވިސްނުމެއް ހުންނާނެހެން ހިޔެއް ނުވޭ..

    21
    47
    • ކައި

      ވެލިދޫ މީހުން ކުރީ ވަރަށް ގޯސް އަމަލެއް... އެ ނޫން ގޮތަކަށް ވެސް ފިޓް ފަޒީލް އަށް ޖޯކް ޖެހިދާނެ.... މާ މޮޅަށް ވެސް ޖޯކް ޖެހިދާނެ

      21
      5
      • ނަޒަރު

        ޖޯކު ޖަހާކަށް ނުޖެހޭނެނު މުސްލިމުން އެކަކު އަނެއްކަކަށް ފާޅުގަވެސް. ފާޅުގަ ނޫންވެސް. އަދި މޫނު ބުރުގާ ފަދަ މާތް ހެދުމެއް ޖޯކު ޖެހުމުގަ ބޭނުން ކުރަން ނުވާނެނު. މުޅީންވެސް މަނާ ކަންކަން

        3
        2
  20. ދަވާލި19

    މިރޭވެސް ރަށުތެރެއަށް ކުޑަވަރެއްގެ ރާޅެއެރިޔަސް އެންމެން ދުވާނީ ﷲއަކްބަރުކިޔަމުން އެހެންވީއިރު އެކަލާނގެއަމުރުފުޅުތަކައް ޖޯކުޖެހުމުގެ ކޮންހައްގެއް މިމީހުންނައް އޮތީ މިފަދަމީހުންނައް ﷲ ތެދުމަގުދައްކަވާށި އާމީން

    77
    5
  21. Anonymous

    ނަރަކަ ވެލިދޫ

    55
    6
  22. ހމމ

    ލަދެއް ހަޔާތެެއް ހުންނަ ބައެއް ނޫން ވެލިދޫ މީހުންނަކީ! އަދި މީގަ ދެރައީ ގަނާ ކުރުމޭ، އަންހެނުންގޭ ހައްގޭ ކިޔާފައި އަންހެނުން ނިކުމެ އަންހެނުންނަށް ފުރައްސާރަ ކުރާތީ.. މި ގޮތެއް ނެތް އަންހެނުންނާއިއެކު ނިކުމެ ފިރިހެނުން ނިކުމެ ދެޖިންސު މަސްހުނި ވެގެން ތިގަނޑެއް ގަތް އިރު ކަލޭމެން ހެއްދެވި ފަރާތުގެ މަތިން ކުޑަވެސް ހަނދާނެއް ނެތީތޯ؟ ހީނުކުރާތި ކަލޭމެން ތި ޖޯކު ޖެހީ ޝަރުމީލާއަށޭ! ކަލޭމެން ތި ޖޯކު ޖެހީ ކަލޭމެންގެ ވެރި ރައްބު ބާއްވާލެއްވި މާތް ޤުރްއާން ގެ އާޔަތްތަކަށް! އެކަލާނގެ ވަޚީ ބަސްފުޅުތަކަށް! الله ތަޢާލާ ތިޔަބައިމީހުންނަށް ތެދުމަގު ދައްކަވާށި... ނޫންނަމަ ކަލޭމެނަށް ލައުނަތް ލައްވާށި! އާމީން...
    - ވެލިދޫ މީހުންގެ ދީނީ ފުރައްސާރަ ލިބިފައިވާ ފަރާތެއް!

    67
    5
  23. ޒާ

    މިދާކަށްދުވަހު އޮތް ވެލިދޫ ޒުވާނުން ޓޫރިސްޓުންނަށް މަރުހަބާކިޔަން ލަވައެއް ކުޅުނުވާހަކަ. އޭރުވެސް އެތައްބަޔަކު ކޮމެންޓުކުރި ވެލިދޫ ޒުވާނުންގެ އަޚްލާޤުހުރިގޮތާބެހޭގޮތުން. މިފަހަރު މިފެނުނީ އިތުރު ހަރުފަތެއް ގިރާކުރިތަން. ވަރަށް ދެރަކަމެއް އެކުރީ.

    27
    2
  24. Anonymous

    މަލާމަތް އެ ލިބިގަންނަނީ އެކަންކުރި ބައެއްގެ އަމިއްލަ ނަފްސްުތަކަށް ކަމުގައި މެނުވީ ނުވެ. ކިތަންމެ ވަރަކަށް ފުރައްސާރަކޮށް ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ އުޅުނު ނަމަވެސް އިސްލާމީ ރިވެތި ފޭރާމުން ފޭރާން އަޅާ އުޅޭ މުއުމިނުންގެ ހިތްތައް އީމާންކަން އިތުރުވުން ނޫނީ ނުވާނެ.
    ރައީސްއަށް ގޮވާލަން ބޭނުންވަނީ މި ނުވޭތޯ ފުރައްސާރައަކަށް އަދި މިކަން ބަލާނެ މުއައްސަސާއެއްނެތްތޯ؟

    22
    3
  25. ޝޭހު

    އައުރަ ނިވާކޮށްގެން ތިބެ އީދު ފާހަގަ ކުރީމަވެސް ނެތް ސަލާމަތެއް.

    11
    26
  26. Neee

    ފިޓް ފާޒިލަށްތަ ހިތުން ތި ޖޯކު ޖަހަނީ؟ ތިނޫން އެހެން ގޮތެއް ނުފެނުނީތަ؟ މީހުންނަށް މަލާމާތް ކުރަމުން ދުވާއިރު މާތް ﷲ ގެ ކޯފާއެއް އަތުވެދާނެކަމަށް ބިރުވެތިވެބަލަ..މީހުންގެ ވާހަކަ ނުދައްކާ އަމިއްލަ އަށް އިސްލާހުވެބަލަ..އީވާއެކޭ ތަފާތެއް ނެތެއްނު

    21
    3
  27. ނޫނު

    ނަރަކަ ވެލިދޫ. މުޅިނޫނައްވެސް ހުތުރު. އަބަދުވެސް އުޅޭނީ ހަރުބުއިމާ މީހުން ކަށި ގާނައިގެން ބުއިމާ ނާޗަރަނގީ ކުޅުމުގަ

    22
    3
  28. ޑާޑީޗިލް

    މާބޮޑަށް ސީރިޔަސްވީ ދޯ. ރަނގަޅަށް ދިވެހިން މިތިބީ ރޮނގު ހުރަސް ކުރެވިފައި.

    10
    2
  29. މުފައްކިރު.

    މިފަދަ ކަންކަމަށް ވަގުތުން ފިޔަވަޅު އެޅުމުގެ ގާބިލްކަން ސަރުކާރުގަ އަދި އިސްލާމިކް މިނިސްޓަރގެ ނެތީހެން ހީވަނީ. މިފަދަ ކަންކަމަކީ ވަގުތުން ފިޔަވަޅު ނާޅާފިނަމަ ކުރިމަގުގަ ވަރަށް ނޭދެވޭ އަސަރު ކުރާނެ ކަންކަން ނޭގެނީތޯ ވެސް ހިތަށް އަރާ.

    13
    1
  30. ޒުހު

    2018 ވަނަ އަހަރު ބ. ކަމަދޫގައި ނަމާދު ފޮށާ އަޅައިގެން މަގުމަތީގަ މާލި ހެދިގެން ނަށާ ލަވަކީ. އެ ވީޑިއޯ އެބަ ހޯދާލަން. މީ ދޮގެން ނޫން. ވަގުތު މީހުން މި ކޮމެންޓް ލިޔުނަސް ނުލިޔުނަސް

    8
    1
    • ނަޒަރު

      އަސްތަޤްފިރުﷲ.

      2
      1
  31. އަހުނާ

    ބުރުގާ އަޅައިގެން ޓިކްޓޮކްގަ ނަށަން ދިބޭ ދިވެހި އަންހެން ކަނބަލުންނޯ؟ އެމީހުން ފުރައްސާރަ އެއް ނުކުރޭތަ ހިޖާބަކަށް؟ އެތާނގަ ކޮމެންޓު ކުރުމަށާއި ލައިކް ކުރުމަށް ދިވެހިން އަވަދިނެތި އުޅޭތީ ހަމަ ބުނެލީ.............

    20
  32. ޒުހު

    ރަށެއްގަ އެބައުޅޭ ސަންދޯކެއް ހަދައިގެން އޭގެ ފަހަތުގަ ނަށައިގެން ވެސް. އެކަން ނުފެނޭތަ ޚަބަރުގަ ޖަހާކަށް

    9
    1
  33. ގަލޮޅު މީހާ

    ތި އަސްލުވެސް ނަރަކަ ވެލިދޫ . މިއުޅޭ ލާދީނީ ބައިގަނޑު ވަރައް ގިނަވާނެ ނަރަކަ ވެލިދޫގަ

    9
    3
  34. ރަޝީދު

    ދީނަކީ ލައި އުޅޭ ހެދުންކަމަށް ގަބޫލުކުރާ މީހުންނަށް ތިކަން މައްސަލަޔަކަށް ވާނެ. މޫނު ބުރުގާ އަޅައިގެން ތިބެ ބޮންގޮއްވާ މީޙުންވެސް ދީނަށް ޖޯކުޖަހަނީތަ އެއީ؟

    5
    12
    • މީ

      ހަމަ އެނގިގެން ވާ ހާލު ގަސްތުގާ ފާފަ ކުރުން ގޯހީ. ނޭނގޭ މީހުން ޖެހޭނީ އެނގޭ މީހުން ކުރެން ވިޔަސް ދަސްކުރަން. ހަމަ ގަސްތުގާ ނުކިޔަވާތިބެގެން ބަސްބުނެ ގޮތްގޮތަށް އުޅުން ފާފަވެރިވާނެ ނޫންތޯ.. ވަﷲ އަޢުލަމް. އަސްތަޤްފިރުﷲ. މާތްﷲ އަޅަމެންނަށް ތެދު މަގު ދައްކަވާށި އާމީން

      3
      1
  35. ދޮންމޫސަ

    މާތްވެގެންވާ ޢީދު ދުވަހަކީ މީހުނަށް ހަޖޫ ޖަހާފުރައްސާރަ ކުރަން އޮންނަ ދުވަހެއްނޫން...
    މިކަން ފެށިގެން މިއައީ ކުޅުދުއްފުށިން.. މިމީހުންގެ ޢީދު ކުޅިވަރަކީ މީހުންނަށް ފުރައްސާރަކުރުން... އެހެން ރަށްތަކުންވެސް މިމީހުން ކޮޕީކުރަން އެފެށީ...

  36. ޭލިޖި

    ވަރައް ސަޅި އަދި އެއްފަހަރު ބާއްވަން ފެނޭ

  37. ތިމަންނަ

    ނަ ރަކަ ވެލިދޫ ކިޔަނީ މިހެންވީމަ ދޯ؟

  38. މާކުންބެ

    ނ ، އަތޮޅު ނަރަކަ އެއްނު ތީ ، ކޮންމެ ފަދަ ކަމެއް ވެސް ކޮއްފާނެ ކުރާނެ