ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 27 މީހަކު މިއަދު ބަލިން ރަނގަޅުވެއްޖެއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 4293 އަށް އަރާފައެވެ. އޭގެ ތެރެއިން 2670 މީހަކު ވަނީ މިހާރު ބަލިން ރަނގަޅު ވެފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި 1490 މީހުން އެބަތިއްބެވެ.

ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. މިހާރުވެސް 92 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މީގެ ތެރެއިން ހަ މީހަކަށް އައިސީޔޫގައި ފަރުވާދެމުން ދާއިރު ދެމީހަކަށް އަންނަނީ ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ.

އެޗްޕީއޭ އިން މިރޭ އާއްމު ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޓެސްޓުކުރުމަށްޓަކައި 82208 ސުންކު (ސާމްޕަލް) ވަނީ ނަގާފައެވެ. މިވަގުތު އައިސޮލޭޝަންގައި 1013 މީހުން އެބަތިބިކަމަށް އެޗްޕީއޭއިން މިރޭ އާއްމު ކުރި ތަފާސް ހިސާބުތަކުން ވެސް ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު