ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި ބައެއް މީހުން އައިސޮލޭޝަން ފެސިލިޓީތަކަށް ނުގެންދެވި ފަސް ދުވަސް ވެފައިވާ ކަމަށް އެޗްއީއޯސީ އިން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ޖުލައި 28 ވަނަ ދުވަހުގެ ފަހުން ކޮވިޑް-19 އަށް ފައްސިވި ބައެއް މީހުން އަދިވެސް ފެސިލިޓީތަކަށް ނުގެންދެވި އެބަތިބި ކަމަށެވެ. ގިނަ މީހުން ފެސިލިޓީތަކަށް ނުގެންދެވި ތިބީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

އަދި ބައެއް މީހުން ފެސިލިޓީތަކަށް ނުގެންގޮސް މަޑުކުރަނީ އާއިލާ މެންބަރަކު ފައްސިވުމުން ބާކީ ތިބި މީހުން ޓެސްޓްކޮށް ނަތީޖާ ލިބެންދެން މަޑުކުރަން އާއިލާ އިން ވެސް ބައެއް ހާލަތްތަކުގައި އެދޭތީ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވަމުން އަންނައިރު އެޗްޕީއޭ އިން އެކަށީގެންވާ އަވަސް މިނެއްގައި ފައްސިވާ މީހުން ފެސިލިޓީތަކަށް ނުގެންދާތީ އާއި ބައެއް މީހުން ޓެސްޓް ކުރުން ލަސްވާތީ އަދި ޓެސްޓް ކުރާ މީހުންގެ ނަތީޖާ ވެސް ބައެއް ފަހަރު ލިބުން ލަސްވާތީ ބައެއް މީހުން ގެންދަނީ މީސް މީޑިއާގައި ފާޑުކިޔަމުންނެވެ.

ބައެއް ފަހަރު އެޗްޕީއޭގެ މަސައްކަތްތައް ލަސްވާތީ އެކަމާއި ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި މިދިޔަ ހަފްތާގައި ސުވާލު ކުރުމުން އޭނާ ވިދާޅުވީ ބައެއް ފަހަރު ސާމްޕަލް ނެގުމާއި ޓެސްޓްގެ ނަތީޖާ ލިބުން ލަސްވި ނަމަވެސް 70000 އަށް ވުރެ ގިނަ ސާމްޕަލް ނަގައި ޓެސްޓް ކުރިއިރު ގިނަ ފަހަރަށް ކަންކަން ކުރެވިފައި ހުރީ ރަނގަޅަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ތިއޮތީ އަތައް ގޮވާފަ ޑެންވެސް އެބަލަނީ ޖޫރިމަނާގެ ނަމުގައި ރައްޔިތުމީހާ ފެލާލަން ތަތްފޮޑި ސަރުކާރު

  2. ކަނބުލޮ

    ކޮވިޑު19 ޖެހޭ ބައެއް މީހުން އެއްވެސް ތަނަކަށް ނުގެންގޮސް ގޭގަ ވެސް ބައިތިއްބާފަ ތިބޭ ރަނގަޅު ވަންދެން. ފާޑު ފާޑުގެ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައިގެން އެތަން ތަނަށް އަރާތިބެ ހަދާނީ ހުސް ދޮގު. މުޅިން ވެސް ރަށްޔިތުންނަށް އޮޅުވާލަނީ. ތި އެެޗްޕީއޭ ތިބޭ މީހުންނާ ހެދި ގިނަ މީހުންނަށް މިބަލި މިޖެހެނީ އެމީހުންގެ ފަރުވާ ކުޑަކަމުން ކިތަންމެ ވަރަކަށް ގުޅިޔަސް ވެސް އެމީހުން ހަމަ އަޅާވެސް ނުލާނެ. ދެން ތަންތަނަށް އަރާ ތިބެ ކިޔާނެ ރަށްޔިތުން ތިމަންނަ މެން އަޅާފަ ހުންނަ ފިޔަވަޅުތަކަށް ކިޔަމަން ނުވަނީޔޭ ހުސް ފޭކް

  3. ހެލްތް

    ކޮވިޑް އެލަވަންސް އަދިވެސް ނުލިބޭ