މާސްކު ނަގައިގެން ނުވަތަ ތިރިކޮށްގެން މަގުމަތީ ދުންފަތުގެ އިސްތިއުމާލުކުރަން ތިބުމަކީ މަނާކަމެއްކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ބަލިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މިހާރު މިވަނީ މަގުމަތީގައި މާސްކު އަޅައިގެން އުޅެން މަޖްބޫރުކޮށްފައި ކަމަށާއި އެހެންކަމުން މަގުމަތީގައި ދުންފަތުގެ އިސްތިއުމާްލުކުރަން ނުތިބެވޭނެ ކަމަށެވެ.

"މަގުމަތީ މާސްކު އަޅައިގެން އުޅެންޖޭކަމަށް ވަންޏާ އޮޓެމެޓިކަލީ އޭގެ މާނައަކީ މަގުމަތީގައި ސިނގިރޭޓް ބޯކޮށް ނުތިބެވޭނެއޭ މާސްކު ތިރިކޮށްގެން." ޑރ.ނަޒްލާ ވިދާޅުވިއެވެ.

މާސްކް އަޅަން މަޖުބޫރުކޮށް މާސްކް ނާޅައި މީހުން ޖޫރިމަނާ ކުރާނެކަން އިއުލާން ކޮށްފައި އޮތް ނަމަވެސް މިއަދު ވެސް ގިނަ ބަޔަކު މާލޭ މަގުމަތީގައި މާސްކް ނާޅައި އުޅެފައި ވެއެވެ. މާސްކް ނާޅައި އުޅުނު 116 މީހަކަށް މިއަދު ވެސް ނަސޭހަތްދީ ހަތަރު މީހަކު ޖޫރިމަނާ ކޮށްފައި ވެއެވެ. މިއަދު ޖޫރިމަނާ ކޮށްފައި ވަނީ ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް މާސްކް ނާޅައި ނުޅުނު މީހުންނެވެ.

މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި އާންމު ތަންތަނުގައި އުޅޭއިރު މާސްކް ނާޅާ މީހުން 1،000ރ. އިން ޖޫރިމަނާ ކުރަން އެޗްޕީއޭ އިން ނިންމައި އެނިންމުމަށް އަމަލު ކުރަން ފެށީ މިއަދުއެވެ.

މާސްކް އެޅުން މިއަދު މަޖުބޫރު ކޮށްފައި ވަނީ ކޮވިޑް-19 ފެތުރުން އިންތިހާއަށް އިތުރު ވެފައި ވާއިރުވެސް ސަރުކާރުން ހަރުކަށި ފިޔަވަޅުތައް ނާޅާ ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ރަނގަޅު

  މާބޮޑަށް ލަސްވެއްޖެ ތިކަން ކުރަން

  10
  3
 2. ޙިޔާލު

  ޢޮޓަމެޓިކޮށް ކެފޭތައް ވެސް ބަންދުވާޏެތޯ

  9
  3
 3. ޖަޒީރާ

  މިހާރު ސިނގިރޭޓް ނުލިބޭ އަގުބޮޑުވީމަ 80ގެއަހަރު ތަކުގަ ގެންގުޅުނުވައްތަރުގެ އެއްޗެއްލިބޭނީ މިހާރު ނަމުންނަމަ ޖަޒީރާ ބިޑި 95 ރުފިޔާއަށް 20 ޖަޒީރާބިޑި ރައްޔިތުމީހާ ފެލާފަ 5 މިލިއަން ސަރުކާރައް ވައްދަނީ ބިޑިއެއްގެ އަގުން 3 ރުފިޔާ ސަރުކާރައް

  14
  5
 4. ޓޮންނަ

  އަޑަށް ވަރަށް ބާރުލާފަ ތިހެން ބުނާނެ! ހޮޓާތަކުގަ ދެން ސިނގިރޭޓް ބޯން ނުތިބެވޭނެ އޭވެސް ބުނި...އެކަމަކު ކިހިނެތްވީ...އެޗް.ޕީ.އޭ ވަރުގެ ދޯދިޔާ މުއައްސަަސާއެއް ނޯންނާނެ!

  13
  2
 5. ލަމް

  ކޮފީ ބޯން ތިބޭ މީހުންނޯ؟ ވަރަށް އުންދަގޫ ވޭ ޕޭމަންޓް މަތީގަ، ގޯޅި ކަންމަތީގަ ތިބޭތީ....

  11
  2
 6. ރަންނަ

  ހިނގާ ބަލަން ތިބެމާ. ޕޮލިހުންނަކަށް ނުކެރޭނެ ތަންފީޒުކުރާކަށް

  11
  1
 7. ސާބަސް

  ނަޒްލާއައް ފެނުނީ ސިގިރޭޓު ބޯ މީހިން އެކަނިތަ އަޅެ މި 3 ދުވަހު މިލިމާލެއަށް ދަތުރުއަންނަ މީހުން ނުފެނޭތަ މުޅި ބީޗު ފުރާލާފަ އެކަކުވެސް މާސްކު އަޅާފައެއް ނުހުރޭ
  ސާބަސް ތިކުރާ ހިތްވަރަށް

  15
  • ޔަމަނުގެ

   ސިގިރެޓް ބުއިން ފަދަ ކަންތައްތައް އެއީ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުވާ ކއަދި ކޮވިޑްގެ އަސަރުތައް ގަދަވާނެކަމެއް

 8. މާރިޔާ

  ދެންތިޔަވީ ސިނގިރޭޓު ވަންނަވަރު ލޯވަޅެއް އަޅަންތާދޯ...

  9
  4
 9. Anonymous

  ބިދޭސީން ދޫކޮށްލާފަ ދޭސީން ޖުރުމަނާތޯ

  2
  2
 10. ﷲއަށްބިރުވެތިވޭއަނިޔާވެރިންނާދުރަށްދޭ

  ސިގެރޭޓުމީ ހުންތެރޭގައި ބޮއިފައަނގައާއިގޮ ހޮރުތެރޭގަ ހުންނަނަޖި ހާއެކުވެގެން ދުންނުކުއްނަނީ އެދުންގަނޑު އެއްވެސްދުންފަތުގެ އިސްތިއުމާލުނުކުރާފަރާއްތަކުގެ މޫނަށްބުރުވަމުންބޮއިއަރުވަނީ އަދިވެސްޓެކުސްނަގާވަރުކުޑަށް ސިގެރޭޓެއް20ރުފިޔާއަށް ހަދާފަ މީ ހުންނާއެކަ ހެރިކޮށް އެކި ހިސާބުތަކުގަށް ބޯމީ ހުންނަ ޕޯސްޓްތަކެއް ހަދާފަ އެތަނުންބޭރުގަށް ދުންބޯމީ ހުންނަ ހަރުކަށިފިޔަވަލުއަޅައި 2000ރުފިޔާއިންޖޫރިމަނާކުރަންވީ ނުދައްކައި އުޅެފިއްޔާ 6މަސްދުވަ ހަށް ބުރަމަސައްކަތާއެކު ޖަލައްލާންވީ އޭރުންމިކަންނިމުނީ ކަންކުރެވޭނީ ކެރިގެން

 11. އަރީ

  ނަޒްލާގެ އުނދަގޫ ހާދަބޮޑޭ . ށިގިރެޓް އެކަންޏެއްނޫނެއްނޫން. ޢޮޓޮމެޓިކްލީ ފެންފޮދެއްވެސް ނުބޮވޭނެ އެއްނޫން

  3
  4
  • ސ

   ސިގިރޭޓް ބޯ މީހުންގެ އުންދަގޫ ބޮޑު ކަމާ... ތިމާގެ ސިއްހަތަށް ނުބަލާތާ އެހެން މީހުންނަށް ވެސް ނުރައްކާ...

 12. އޮޅުވާލި ވޯޓު

  ހިލޭއެހީގެގޮތުގާ ލިބިފަހުރި މާސްކުތަ ބޮޑުއަފުގަ ވިއްކާ ހުސްވީމާ އޯކޭވާނެދޯ މާސްކުނެއެޅިޔަސް