ރޭ ކުއްލި ގޮތަކަށް ނިޔާވި ފްލައިމީގެ ކެޕްޓަން ސަނޫން ނަސީރަށް އެންމެ ފަހުގެ އަލްވަދާއު ކިޔުމަށް އޭނާގެ ހަތް އަހަރުގެ ފިރިހެން ދަރިފުޅު ސަހަރާއަށް ދިޔައީ ބައްޕައަށް އެންމެ މީރު ޗޮކްލެޓް ހިފައިގެން ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހަކު ޓްވިޓާގައި ބުނެފިއެވެ.

"ދިވެހި ޗެނަލް" ގެ ޕްރޮޑިއުސަރ މަރިޔަމް ޝިއުނާ ކުރި ޓްވީޓެއްގައި ބުނީ ހަތް އަހަރުގެ ދަރިފުޅު ސަހަރާއަށް ދިޔައީ ބައްޕައަށް އެންމެ މީރު ޗޮކެލެޓް ހިފައިގެން ކަމަށެވެ. "ހަތް އަހަރުގެ ދަރިފުޅު ސަހަރާއަށް ދިޔައީ ބައްޕިއަށް އެންމެ މީރު ޗޮކްލެޓްހިފައިން. ބުނީ މި ޗޮކްލެޓަކީ ބައްޕިގެ ފޭވަރިޓް ކަމަށް. ހިތް ފަޅައިންދާވަރުވި. يااَللّٰهُ މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގެ މިންވަރު ކުރައްވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! آمیـــــن." ޝިއުނާގެ ޓްވީޓްގައި ބުނެފައި ވެއެވެ.

ސަނޫން ނިޔާވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ފުލުހުން ގެންދަނީ އެމައްސަލަ ތަޙްޤީޤު ކުރަމުންނެވެ. ސަނޫނަކީ ބޮޑު ބައްޔެއް ހުންނަ މީހެއްކަން އެނގިފައި ނުވާކަމަށް އޭނާގެ ގާތް މީހުން މައުލޫމާތު ދީފައި ވެއެވެ.

އުމުރުން 35 އަހަރުގެ ސަނޫނަކީ އަހުލާގު ރަނގަޅު، ރަހުމަތްތެރިންނަށް ހެޔޮ، މޮޅު ކެޕްޓަނެއް ކަމަށް އޭނާ މަސައްކަތް ކުރަމުން އަންނަ އެއާލައިނުންނާއި، އޭނާގެ ރަހުމަތްތެރިން ބުނެއެވެ.

ސަނޫން ނިޔާވެފައި އޮއްވާ ފެނުނީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ ގެ ކައިރި ގައެވެ. ނިޔާވެފައި އޮއްވާ ފެނުނީ ރޭ ދަންވަރުއެވެ.

މިރޭ މަޣުރިބު ނަމާދަށް ފަހު ސަނޫންގެ ހަށިގަނޑު ވަނީ ވަޅުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލަމްހާ

    ????

    53
    2
  2. އާާއަ

    ރޮވިއްޖެ.???

    22
    2
  3. ފާތުން

    ??

    13
    4
  4. Anonymous

    ????

    3
    1