ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ އެވެ.

މިރޭ މި ބަލީގައި ރާއްޖެއިން މިރޭ ނިޔާވީ އުމުރުން 52 އަހަރުގެ އަންހެނެކެވެ.

މިކަން ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، އެ އަންހެން މީހާ ނިޔާވީ 11:20 ހާއިރު އައިޖީއެމްއެޗްގައި ކަމަށެވެ.

އެޗްޕީއޭއިން ވިދާޅުވީ މި އަންހެން މީހާ ހޮސްޕިޓަލުގެ އިމަޖެންސީއަށް ދިޔައީ ނޭވާލާން އުނދަގޫވެގެން އިއްޔެ ހަވީރު 4:40 ގައި ކަމަށެވެ. އެއަށްފަހު އޭނާ ނިޔާވީ ފަރުވާކުރަމުން ދަނިކޮށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން މިރޭ ނިޔާވި އަންހެން މީހާއަކީ ހިތުގެ ބައްޔެއްވެސް ހުންނަ މީހެކެވެ.

މިރޭ އިތުރު މީހަކު ނިޔާވުމާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 17 އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 13 ދިވެއްސަކާއި ހަތަރު ބިދޭސީއެކެވެ.

ރާއްޖެއަށް ކޮވިޑް-19 ގެ ނުރައްކާ، ފާއިތުވެދިޔަ ދުވަސްތަކުގައި އަންނަނީ އިންތިހާއަށް ބޮޑުވަމުންނެވެ. މިގޮތުން މި ބައްޔަށް ރާއްޖެއިން ފައްސިވާ މީހުންގެ އަދަދު ވަނީ ހިފެހެއްޓުމެއް ނެތި އިތުރުވާން ފަށާފައެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 3949 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، އެގެތެރޭގައި އިއްޔެ ފައްސިވީ ކަމަށް ރެކޯޑް ކުރެވުނު 156 މީހަކުވެސް ހިމެނެއެވެ. އިއްޔެ އަކީ ރާއްޖެއިން އެއް ދުވަހެއްގައި ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ދުވަހެކެވެ.

މިވަގުތު ރާއްޖޭގައި 1336 މީހަކަށް ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދެއެވެ. އޭގެތެރެއިން ހަ މީހަކަށް ފަރުވާދެމުން ދަނީ އައިސީޔޫގައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ސަކީލް

    ޒިންމާވާން ޖެހޭނީ ސަރުކާރުން، އަހަރުން ހެޔޮ ހާލުގަ ހުއްޓާ ބޯޑަރު މާލަހުން ބަންދުކޮއްފަ، އެންމެ އަވަހާ ހުޅުވީ، ބަލަ ޖާނުނެތް މާލެއްގެ ބޭނުމަކީ ކޮބާ ؟
    ފައިސާ ލިބިދާނެ، އެކަމް ގެއްލުނު ފުރާނައެއް ނުލިބޭނެ..

    55
    4
  2. Anonymous

    ހިންނަވަރު ބުއްޅަހުއްތު ގެ ސަރުކާރު ފެއިލް ވެއްޖެ. ސަރުކާރުގެ އިސްތިއުފާ އަށް ގޮވައިލަން

    46
    7
    • ކްރޯޑް

      ޢެހެހެހ ހެންކަމަށްވާ ނަމަ މުޅި ދުނިޔޭގެ ހުރި ހާ ގައުމެއްގެ ސަރުކާރެއް ވަނީ ފެއިލްވެފަ އެއޮށްފަދަ އެމެރިކާ ހަމަ ހެދޭނެ އެއްވެސް ގޮތެއް ނެތިގެން އެއުޅެނީ މަމެން ރާއްޖޭގަ މި ހާ ހިސާބަށް މިދިޔައީ އަމިއްލަ ޒިންމާ ނުނެގުމުގެ ސަބަބުން ކެފޭތަކަށް ގޮސް ގައިދުރު ކަމެއްނެތި އުޅުމާ މާސްކް ނާޅާ އުޅުމާ ބޭރު ތެރޭގަ ކަމެއްނެތި ބުރު ޖެ ހުމާ ކިޔާނެކަމެއް ނެތް ،
      ޢަ ހުންނަކީ ރީދޫކުލަ ފެނު ނަސް ނުރު ހެވޭ މީ ހެއް އެކަމަކު ހަގީގަތް ގަބޫލުކުރާ މީ ހެއް

  3. ސަރީފް

    ސަރުކާރުން އެބުނީނު އެތައް ބައެއް، މަރުވާނޭ، މާބޮޑު ކަމަކައްް ނަހަދާ.. މި ސަރުކާރުވެއްޓޭތޯ ދުއާކުރާނަން، އަބަދާ އަބަދުމެ، ވެއްޓެންދެން.. ނުވަތަ މި ބައިގަނޑު އާ އިންތިހާބުން ފެއިލްވަންދެން

    42
    6
  4. ސަނާހް

    ހިތާމަހުރި ކަމެއްމީ، ސަރުކާރުން މި ބަކަރިކޮއްޓައް ސިންގާވެއްދީ، ބަކަރި ކޮށީ ދޮރުހުޅުވާފަ ބަހަޓާފަ..
    މީގަ ޒިންމާވާންޖެހޭނީ ސިންގާ އެއް ނޫން، ބަކަރި ކޮށީ ދޮރު ހުޅުވި މި ނުބައި ނުލަފާ ސަރުކާރުން

    43
    5
  5. ސިނާ

    އިބޫ އާ އިބޫގެ އާއިލާ ހުރީ ގަދަވެ ސަލާމަތުން އެހެންވީމަ އޯކޭތާ.. އިބޫ އަކީ ލަދު އަގަލެއް ހުރި މީހެއްނަމަ އިސްތިއުފާދޭން ޖެހޭ..

    37
    4
  6. ސަލީމް

    އިބޫ އަވަހާ ކީރިތި ކުރައްވާ، އޭރުން ހުރިހާ ކަމެއް ހަމަވީ

    34
    4
  7. ދަންނަ

    އަދިވެސް ބައެއް ސިޔާސި ފަރާތްތަކުން ބުނާނެ ކޮވިޑް އެއީ ސަރުކާރުން ބިރު ދައްކަން ބުނާ އެއްޗެކޭ! ދިވެހިން ތެރެއިން ގިނަ ބަޔަކު މަގުތަކަށް ޖަމާކޮށް ކުރަން އުޅުނު ކަންކަން މިއަދު ހާސިލް ވެގެން ދާތަން މި ފެނިގެން ދަނީ. ހިތާމަ ހުރި، ސަރުކާރަށް ޖެއްސުން ކުރަން ދިވެހި ރައްޔިތުން ގެ ފުރާނަ ބަލިމަޑުކަމުގެ ތެރެއަށް ނެރުމަކީ ދެރަ އަދި ކުރި ބޮޑު އަނިޔާއެއް. ރައްކާވެ ތިއްބަވާ! ފަރުދީ ޒިއްމާ އުފުއްލަވާ!

  8. Anonymous

    އެެެެެނަ ނިޔަަަވީ ވެންޓިލޭޓައެއް ނުލިބިގެން

  9. ސަލީމް

    އެމީހާ ނިޔާވީ އެމީހާ ވެންޓްޓިލޭޓަރަށް ލާނެ ޑޮކްޓަރަކު ނެތިގެންނޯ މިއީ ބޮޑުވަރެއްނޫންތަ.

  10. ސޯމާ

    ހުން އައިސްގެން ޑޮކްޓަރަށް ދެއަކީމަ ބުންޏޯ ޔޫރިން އިންފެކްޝަނެކޭ ބޭސްކޭމަ ރަނގަޅުވެދާނެޔޯ. ކޮވިޑަށް ޓެސްޓްޓެއް ނުކުރޭ

  11. Anonymous

    ކޮންމެ މީހަކުވެސް އަމިއްލަ ރައްކާތެރިކަން ހޯދަންވީ. ދުޢާކުރަންވީ. ހެނދުނާއި ހަވީރުގެ ޒިކުރު ތައް ކިޔަންވީ ކޮންމެ ދުވަހަކުވެސް. ލޮކްޑައުން ކުރަންވީ. ފިޔަވަޅުތައް ހަރުކަށި. ކުރަންވީ

  12. މުހައްމަދު

    ތަންދޮރުނޭގި ވާހަކަ ނުދައްކަބަލަ ދުނިޔޭގެ ތަހުޒީބުވެފަ މުއްސަދި ޤައުމުތަށް މިހާލުގައި އުޅެނީ ކީއްވެ

  13. އަރީ

    ކޮވިޑް އެކަނި ޖެހިގެން މިރާއްޖޭގަ މީހަކު މަރެއްނުވޭ އަބަދުވެސް ކޮވިޑް އަދި އެހެން ބައްޔެއް ހުންނަމީހަކު މަރުވަނީ ޒިންމާ އަޅުވަނީ ކޮވިޑް ބޮލުގަ.

    1
    1
  14. Anonymous

    ގައުމުތަށް މިބަލިމަޑުކަމުން އަރައިގަންނަނީ ނުވަތަ ބަލި ފެތުރުން ކޮންޓްެޯލް ކުެަނީ ދައުލަތުގެ ހަރުދަނާ ސިތާސަތުން. މިގައުމުގައި މިއޮތް ސަރުކާރާކީ ނާގާބިލް ޖާހިލް ވަހު ތަނެއްދޮރެއް ނޭނގޭ ސަރުކާރަކަށްވީމަ މިބަލި މިފެތުރެނީ. އެތަށް ފުރާނައެއް ގެއްލުނީމަ ދިވެހިން ހޭއަރާ މިސަރުކާރު ބޭރުކުރަން ތެދުވާނީ.

  15. ދޫނިހުރާ

    ފައިސާ، ފައިސާ. މިނޫން އެއްޗެއް ސަރުކާރަކަށް ނުފެނޭ. ރައްޔިތުން މަރުވެ ދިޔަޔަސް އޯކޭ. އެހހެންތާވާނީ ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އިންޑިޔާއިން 1 މިލިއަން މީހުން މިގަެުމަށް އަންނަން އެބަތިބިވިއްޔާ. ދިވެހި މަރާ ނުވަތަ މަރުވެ ހުސްކޮށްލީމަ އެކަން ކުރަން ފަސޭހަވާނެނު.

  16. Anonymous

    ރައްޔިތުން ދެކެ ލޯބިވާ ސަރުކާރެއް މިގައުމުގައި އޮތްނަމަ ހޮޓާ ރެސްޓޯރަންޓް ކެފޭ ހިންގުން މިދުވަސްކޮޅު ހުއްޓުވާނެ. ސްކޫލްތަކަށް ކުދިން ނުގެންދާނެ. އެކަމަކު މިމީހުންގެ "އަމާޒް" އަކީ ރައްޔިތުން ހުސްކޮށްލުން ކަމަށް ބޮޑަށް ހީވަނީ.

  17. Anonymous

    މާސްކްނނާޅަން މިސަރުކާރުން ގޮވީ ގިނަ ރައްޔިތުންނަން ބަލިޖައްސަން ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް.