ކޮވިޑް-19 ޖެހިގެން އައިޖީއެމްއެޗްގައި ރޭ ނިޔާވި އުމުރުން 52 އަހަރުގެ އަންހެން މީހާ މީގެ ހަފްތާއެއް ކުރިން ވެސް އޭޑީކޭ ހޮސްޕިޓަލަށް ދެއްކި ކަމަށް އޭނާގެ އާއިލާ އިން ބުނެފިއެވެ.

އާއިލާ މެންބަރަކު ބުނީ މީގެ ހަފްތާ އެއް ކުރިން ދައްތަ ވަރަށް ގަދަ ހުމެއް އައިސްގެން އޭޑީކޭ ހޮސްޕިޓަލް އަށް ދެއްކުމުން ޔޫރިން އިންފެކްޝަނެއް ކަމައް ބުނެ އެންޓިބަޔޮޓިކް ދީފައި ގެޔައް ފޮނުވާލި ކަމަށެވެ. ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް އެދުމުން ވެސް ހޮސްޕިޓަލުން ކޮވިޑް-19 ޓެސްޓް ހަދައި ދީފައި ނުވާކަމަށް އާއިލާ މެންބަރު ބުންޏެވެ.

ނިޔާވި މީހަކީ ހިތުގެ ބަލި ހުންނަ މީހެކެވެ. އޭނާ އަކީ ހައި ރިސްކް މީހެއްކަން އޭޑީކޭ ހޮސްޕިޓަލަށް އެނގޭނެ ކަމަށް ވެސް އާއިލާ އިން ބުނެއެވެ.

"ހުން ރަނގަޅު ނުވެ ނޭވާ ލުމައް ދަތި ވެގެން އައިޖީއެމްއެޗްއަށް ގެންދިޔަތާ މާ ގިނަ އިރު ތަކެއް ނުވެ ކޮވިޑް އަށް ޕޮޒިޓިވް ކަމާއި ވެންޓިލޭޓަރައް ލާން އުޅެނިކޮށް ވިންދު ނުލިބޭ ކަމާއި ނިޔާ ވުމާއި ދެމެދު މާ ގިނަ ވަގުތެއް ނުނަގާ. އެހެން ކަމުން ފަރުވާ ނުހޯދާ ކަމައް ދެކެވޭ ވާހަކަ އަކީ ދޮގެއް." އާއިލާ މެންބަރު ބުންޏެވެ.

އޭނާ ބުނީ މި ކަމުގައި ވަކި ބަޔަކަށް އިނގިލި ދިއްކޮއްގެން ދައްތަ އަށް ދެން ފާއިދާ އެއް ނުކުރިޔަސް، ކޮންމެވެސް ބަޔަކައް ފާއިދާ ކުރާނެ ކަމަށެވެ. "އިންސާފު ނުލިބޭ ދުނިޔެއެއްގައި އޭޑީކޭ ފަދަ ތަނަކަށް އިނގިލި ދިއްކުރުމައް ޢާއިލާ އިން ނޭދޭ، އަޅުގަޑުމެން އެދެނީ އެންމެ ބޭފުުަޅުންގެ ހެޔޮ ދުޢާ. ދޮންދައްތަގެ ފުރާނައަށް އެންމެ މަތިވެރި ނިޢުމަތް ﷲ މިންވަރު ކުރައްވާށި." އާއިލާ މެންބަރު ފޭސްބްކްގައި ލިޔެފައި ވެއެވެ.

ރޭ ނިޔާވި މީހާ އައިޖީއެމްއެޗް އަށް ގެންދިޔައީ އިއްޔެ ހަވީރު 16:40 ހާއިރުއެވެ. އޭނާ ނިޔާވީ ރޭ 23:20 ހާއިރުއެވެ.

މީގެ ކުރިން ޕާކިސްތާން މީހަކު ވެސް އޭޑީކޭ ހޮސްޕިޓަލަށް އެތައް ފަހަރަކު ދެއްކި އިރުވެސް އޭނާ ކޮވިޑް-19 އަށް ޓެސްޓް ނުކޮށް، އަދި ޓެސްޓް ކުރަން ރެކޮމެންޑް ވެސް ނުކޮށް އޭޑީކޭ ހޮސްޕިޓަލުން އޭނާ އަށް ބޭސްދީފައި ވެއެވެ. އޭނާ އަށް ކޮވިޑް-19 ޖެހިފައި ހުރިކަން އެނގުނީ ފަހުން އައިޖީއެމްއެޗަށް ދެއްކުމުން ޓެސްޓް ކުރި ހިސާބުންނެވެ. އޭނާގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވެ، ވެންޓިލޭޓަރުގައި ވެސް ފަރުވާ ދޭން ޖެހުނެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 17 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ދާލި

    އޭޑިކޭ އަށް ސާބަސް

    22
    1
    • ލަމް

      ހަގީގަތުގަ ވެސް އޭޑީކޭ ވަރަށް ފަރުވާ ކުޑަ... ކޮވިޑް19 ޓެސްޓް ކުރަން ބޭނުމެއް ނުވޭ.... އޭޑީކޭ ކައުންޓަރުގަ ތިބޭ ބައެއް މުވައްޒަފުން ވެސް ތިބެނީ މާސްކް ނަގައިގެން ނޫނީ ދަތްދޮޅީގަ އަޅުވައިގެން... އޭޑީކޭ ތެރޭގަ މާސްކް ނާޅާ މީހުން އުޅޭ....

      15
      1
  2. އަރީ

    އޭޑީކޭ ބޮލުގަ ކަންކަން އަޅުވަން އުޅުމަށް ވުރެނ ރަނގަޅުވާނެ އަމިއްލަ ނަފްސު ކުއްވެރި ކުރީޔާ. ޢެޗްޕީއޭގެ ހޮޓްލައިން އަށްގުޅިނަމަ، ނުވަތަ ކޮންމެވެސް ފުލޫކުލިނިކަލަށް ދެއްކިނަމަ ކޮވިޑަށް ޓެސްޓްކުރެވުނީސް.. މަގުމަތިން ޓެސްޓްކުރާވަރުން ވެސް އަހަރުމެން މިއުޅެނީ ސަލާމަތް ނުވެވިގެން. ތިވާހަކަ އަށް ދޭނީ ސުމެއް.

    20
    60
    • ށަ

      ތިބުނާ އެޗްޕީއޭ އަކީ ފޯންއަށް ޖަވާބު ދޭބަޔެނޫން

      20
      1
      • ފަރުދީޒިންމާ

        ފުލޫ ކުލިނިކަށް ދިޔައީމަ ވަގުތުން ޓެސްކޮށްދީފަ ބޭސްވެސް ދޭނެ.. ކިއުއެއްވެސް ނޯވޭ ހިލޭ ޓެސްޓް ހެދޭ.. ހޮޓްލައިނަކީ ދުވާލަކު 2000 ޢާއި 5000 ކޯލާ ދެމެދު ރިސީވްވާ ނަންބަރެއް(ތަކެއް 24ލައިންނަށް ބެހޭ ގޮތަށް އިންނަ) އެހެންވީމަ ބޭނުންހާ އިރަކު ނުގުޅިދާނެ..

    • ބީޑީިކޭ

      އެހެންތަ އެކަމަކު އޭޑީކޭއިން ހަމަ ޓެސްޓްވެސް ކޮއްލެވޭނެ ދޯ، ކޮންމެ މީހަކު ދުއްވައެއް ނުގަންނާނެ ކަމެއް ވާއިރަކަށް މަގުމަތިން ޓެސްޓްކުރާކަށް ނޫނީ ކްލިނިކަށް ދައްކާކަށް، ކަލޭގެ ވިސްނުން ވަރަށް ކޮށި، އޭޑީކޭ އިޒް އަ މަނީ ސަކަރ

      24
      2
    • ގ

      ތިހާ ފަސޭހައިން ތި ޓެސްޓް ކުރެވެނީ އެއްބަޔަކު... އެޗްޕީއޭ އަށް ގުޅީމަ ވެސް ޓެސްޓް ކުރާކަށް ނާދޭ.... ރެންޑަމް ކޮށް ޓެސްޓް ނުކުރާ މީހުން ގެ ގެތަކަށް ގޮސް ޓެސްޓް ކުރާނަމަ ވަރަށް ރަގަޅު ވީސް... ބަލީގެ އަލާމާތެއް ނެތި ވެސް ޖެހިފަ ހުރެދާނެއް ވިއްޔަ....

      17
  3. ފުއާދު

    އޭ ޑީ ކޭގެ ވާހަކަ ނުދެއްކިއްޔާ ރަގަޅު ވާނީ ދުވަހަކުވެސް އެމީހުންގެ އިހުމާލެއް އޮތްކަމަކައް ގަބޫލެއް ނުކުރާނެ. ޢާސަދައިންވެސް އެތަން މިލިޔަން ރުފިޔާ އެއް ސަރުކާރުން ނަގާ ބައެއްތީ.

    42
    3
  4. ހުލޮ

    ތީގެން އިގެނީ ގައުމުގެ ހާލަތު.

    37
    1
  5. މޮލަ

    ޓެސްޓު ހަދާދެނީވެސް އެމީހުން ބޭނުންވާ ބަޔަކައް ..އެއީ އިތުރު ލާރި ލިބޭނެ ގޮތެއް އޮތިއްއް އެގޮތެއް ބަލާފަ.

    38
  6. ށަވިޔަނި

    ބަލިމީހުން ނައްވުރެ ބަލިނޫން މީހުންގެ ޓެސް ހަދަން ވަރައް ބޭނުންވާ ބައެއް ތިއީ..

    36
    1
  7. ހުލޮ

    އޭ ޑީ ކޭ އިން ތިޓެސް ނަހަދާދިނީ އެމީހުން ނައް އާސަންދައިން ލާރި ނުލިބޭނެ ކަމައް ހީކޮއް.

    28
  8. ށަވިޔަނި

    އޭ ޑީ ކޭ އަކީ މިގަމުއައް ދިމާވެފަ އޮތް މުސީބާތެއް. ބޮޑު ބިމެއް ނުއަގުގައި ނަގައިގެން ރައޔިތުން ފެލައިގެން އުޅޭ ތަނެއް.

    48
  9. ފާތުން

    އޭ.ޑީ.ކޭ ހާދަ ފޭކޭ އެހެންވީރު. ??

    33
  10. ވިސނުން

    ކޮންމެވެސް ބަޔަކައް ފައިދާ ކުރާނެ ކަމައް ތި ލިޔުމުގަ އޮތުން ވަރައް ސުވާލު އުފެދޭ، އޭގެން ވެސް އިގޭ އެއްޗަކީ އޭ ޑީ ކޭ އިހުމާލު ބޮޑުކަން. އޭ ޑީ ކޭއިން ކޮންމެކަމެއް ކުރިޔަސް ކުރެވޭނެ ކަމެއް ނޯންނާނެ..އެއައްވުރެ ނުފޫޒު ގަދަ ބޭފުޅެއް ނާސިދަކީ.

    39
    1
    • މުހައްމަދު

      އެއްވެސް އެއްޗެއް ބުނާކަށް ނެތހިން.

  11. މަގޭ ޚިޔާލު

    ހުން އައިމަ އޭޑީކޭ ފަދަ ތަންތަނަށް ނުގޮސް ފުލޫކުލިނިކު ތަކަށް ދައްކަބަލަ. ކޮވިޑު ޓެސްޓު ހައްދަދޭނެ.

    30
    6
  12. Anonymous

    މި ސަރުކާރުން ޒިންމާވާ ޒާތުގެ އެއްވެސް ކަމެއް ނުކުރާނެ!! އަދި މި ސަރުކާރު އައި ފަހުން މާނޑުމީހާ ބަނޑަށް ދަރިއަކު މަރުވެފައެްނުވާނެ!! ތެލަސީމިއާ ކުއްޖަކު މަރެއްނުވާނެ! އަދި މަރުވި ކުއްޖަކު ނުވަތަ މަޔަކު ބަފަޔަކު ނުވަތަ މުސްކުޅި އަކު މަރުވެފައިވާ ނީ ކުރީސަރުކާރުން ކަންކަން ކޮއްފައިވާ ގޮތުން.!! މިކަމުގައި އިހުމާލުވެ ޖަލު ހުކުމް ރައިސް ޔާމީނަށް އިތުރުކުރަންވީ!! ލާދީނީ ބަލާވރިކަން ނުފޯރާ ރައްޔިތަކު މި ގައުމުގަ ނެތް މިހާރަކު! ކިހާ ބޮޑު ނޮފޮރޮއްޕާނެއް މީ!!

    16
  13. ނީމް

    މިކަހަލަ ދުވަސްވަރެއްގަ ފުރަތަމަ ވެސް ހަނދާން ކުރަންވާނީ ކޯވިޑް19 ހުމެއް އަތުވެއްޖިޔާ! ދެން ހަމަ ފުލޫ ކުލިނިކަކުން ސުންކު ނަގަންޖެހޭ! ދެރަ ތިވީގޮތް 52 އެއީ މުސްކުޅި އުމްރެއް ކަމަށް ވެސް ނުބެލެވޭ މި ޒަމާނަކު .. މި ޒަމާނު 85 އަހަރުގަ ވެސް މީހުން ހަމަ ހެލި ފެލި އުޅޭ!

    9
    1
  14. އަޙްމަދު

    އަޅުގަނޑުގެ ދަރިފުޅު ބަލިވެގެން އޭޑިކޭގެ ފުލޫ ކުލިނިކަށް ހުންއައިސްގެން ދެއްކާ ކޮވިޑަށް ޓެސްޓް ހެދުމަށް އެދުމުން ދެންނެވީ މިތަނަކުން ޓެސްޓް ހާދާ ނުދެވޭނެޔޭ! އެޗްޕީއޭއަށް ގުޅާށޭ! އެތަށް ފަހަރަކު ގުޅައިގެން އެޗްޕީއޭ އިން ފޯނު ނެގިމީހާ ވާހަކަ ދެއްކީ އެހާ ރުޅިއައިސްފައި ހުރެގެން! އެތެކެއް ވާހަކަ ތަކެއް ދައްކާފައި އެންގީ ކޮވިޑް ޓެސްޓް ނެހެދޭނެކަމަށް އެހެނީ އެއްވެސް ޕޮސިޓިވް ކޭސް އަކާ ދީމާނުވާތީއޭ! އަޅުގަނޑަކަށް ނޭނގޭ ކޮވިޑްޖެހޭމިހެއް ދެން ކިހިނެއްތޯ ޕޮޒިޓިވް މީހަކާ ދީމާވިޔަސް އެނގޭނީ! ކޮންމެ އަކަސް ދެދުވަސް މަތިން މަގުމަތީ ދުއްވާގައިން ގޮސް ޓެސްޓް ހެދުނީ! އެވެސް އެބަލިހާލުގައި ދަރިފުޅު ގޮވައިގެން! ކޮވިޑް ނަތީޖާ ލިބުމުން އެޑީކޭއަށް ދެވަނަފަހަރަށް ދެއްކުމުން އިތުރު ލޭގެ ޓެސްޓެއް ހެދުމުން ޑެންގޫޖެހިފައިވާކަން އެނގުނީ! މިކަމުގައި އަޅުގަނޑުގެ ފަރުވާކުޑަކުރިތޯ ނުވާތަ އަޅުގަނޑުގެ ދަރިފުޅު ދެއްކި ހޮސްޕިޓަލް ފަރުވާކުޑަ ކުރިކަން ނިމާނީ މިކޮމެންޓް ކިޔާ ބޭފުޅުން!

    15
  15. ޢެކުއްޖާ

    ޢަޅުގަނޑަކީ އެޑީކަ މަސައްކަތް ކުރާ ކުއްޖެއް.
    ސިމްޓަމް އެއް ހިރީޔާ ކޮވިޑް ޓެސްޓް ހަދަން ދޭ.
    ޢެމަޖެންސީ އައް ދައްކާ އެންމެންނައް ކޮވިޑް ޓެސްޓު ހަދަން ދޭ ގިނަ މީހުން ގަސްތުގަ ނުހަދަނީ އަތުން ދައްކަން ޖެހޭ ބާ ބޮޑު ވާތިވެ. ދެން ފަހުން ކަމެއް ވީމަ އޭޑީކޭ ކުއްވެރި ކުރުމުގެ ޕޮއިންޓެއްނެތް ...
    ފުރަތަމަ ދައްކަން އަންނަ އިރު ވެސް އެގެން ޖެހޭނެ މީ ސަރުކާރުން ހިންގާ ހޮސްފިޓަލްއެއް ނުން ކަން ޕުރައިވޭޓް ތަނެއްކަން ހިދުމަތް ތަކުގެ އަގު ތަފާތު ވާނެކަން. ޢާސަންދައިން ވަކި ވަރެއް ކަން ކަވާކުރާނީ

    އަލުގަންޑުގެ ހިޔާލު މީ

    7
    3
    • މަ

      ކުށްވެރި ކުރެވޭ ހާލަތަށް ދިޔައިމާ ކުއްވެރިވެސް ކުރެވޭނެ.

  16. ޞައްދާމު

    އޭޑީކޭ އިން ދިން ފަރުވާއަކުން މިއުޅެނީ ހިގައިވެސް ނުލެވިގެން.

    8
    1
  17. ކަރީމު

    އޭޑީކޭ އަކީ އިހުމާލް ވަރަށް ބޮޑުތަނެއް. މީ އެއްދުވަހަކު ދެދުވަހަކު ހިގިކަމެއްނުން. ކިތަންމެ ބޮޑު އިހުމާލްވިޔަސް ދުވަހަކުވެސް ފިޔަވަޅުއެޅޭ ތަނެއްނުފެނޭ

    11
  18. އަހްމަދު

    ތިޔަކަމާ ގުޅޭގޮތުން އައްފާލާ ސުވާލުކޮށްފިނަމަ ބުނާނީ ޕްރޮސީޖާ އާ އެއްގޮތަށް ހުރިހާކަމެއްވެސް ހިނގަމުންދާނޭ. ދުވަހަކުވެސް ީން ތަނެއްގާ ޒިންމާއެއް ނުނަގާނެ. ކަމެއްގޯސްވިއަސް ކުށްވެރިވާނީވެސް ބަލިމީހާ. ނޫނީ އެހީތެރިޔާ.

    10