ޓްރާސްޕޯޓް އޮތޯރިޓީ، ކުރީގެ ސްޓާ ސިނަމާ ބިލްޑިންގަށް ބަދަލުކޮށްފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ޓްރާންސްޕޯޓް އޮތޯރިޓީ ހިނގަމުންދާނީ މ.ޗަނބޭލީވިލާ (ކުރީގެ ސްޓަރ ސިނެމާ) ގެ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ.

މީގެ ކުރިން ޓްރާންސްޕޯޓު އޮތޯރިޓީ ހިންގަމުން އައީ ހުރަވީ ބިލްޑިންގައެވެ.

ހުރަވީ ބިލްޑިންއަކީ މިހާރު މާލޭގައި ހުރި އިމާރާތްތަކުގެ ތެރެއިން ވަރަށް ބޮޑަށް ބާވެ، ވީރާނާވާން ކައިރިވެފައި ހުރި ތަނެކެވެ. ގާތްގަނޑަކަށް 30 އަހަރަށް ވުރެ ގިނަ އަހަރުވެފައިވާ އެ ތަން ހުސް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެެވެ.

ހުރަވީ ބިލްޑިންގެ ބައެއް ޝީޓްތައް ވެއްޓުމުގެ ހާދިސާތައް މީގެކުރިން ހިނގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޑުބޮރުކި

    ރަނގަޅު ބަަޔަކަ އް ލާރިކޮޅެ އްލިބޭނެ ގޮތެ އްވީނުދޯ.

    4
    1
  2. ޖުހާގެ ބޭބެ

    ކުލި ކިހަަވަރެއް ހިލޭތަ

    3
    1
  3. ކޮރަލް

    ބޮޑެތި ޑީލް ތަކެވެ. އަމިއްލަ މީހުންގެ ގެއަށް ސަރުކާރު އޮފިސް ތަކާ ބީއެމްއެލް ބަދަލު ކުރަނީ އެވެ.

    3
    1
  4. Anonymous

    ޕީޕީއެމްގެ މުންދު މެނާ މިސަރުކާރާ އޮތީ ކޮން ގުޅުމެއް؟

  5. ދަރަނި ދަންތުރަ

    ސަރުކާރުގެ ހަރަދު ކުޑަކުރަނީތާ ؟