ސިނގިރޭޓުގެ އަގު އުފުލުމާ ގުޅިގެން ނުރުހުން ފާޅުކުރަމުން އަންނަ މީހުންނަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ނަސޭހަތެއް ދެއްވައިފިއެވެ.

މަހްލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިނގިރޭޓަށް ކުރަން ޖެހޭ ހޭދަ ބޮޑުވެގެން މިއަދު ހިތްހަމަނުޖެހިދާނެ ކަމަށެވެ.

އެކަމަކު، މާދަމާ ތިމާ ދުންފަތާ ދުރުހެލިވެ އެތައް ހާސް ފައިސާއެއް ސަލާމަތް ކުރެވި އަދި ސިއްހީ ގޮތުން ދުޅަހެޔޮކަންމަތީ ހުރުމުން ލިބޭ ހިތްހަމަޖެހުން ބޮޑުވާނެ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ. މަހްލޫފް އެގޮތަށް ޓުވީޓު ކުރެއްވީ "ހުއްޓާލާ"، "މަދުކުރޭ" މި ހޭޝް ޓެގާއެކުގައެވެ.

ސިނގިރޭޓުގެ އަގު ބޮޑު ކުރުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔުންތައް އަމާޒު ކުރަމުންނެވެ.

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަކީ މި ސަރުކާރުގެ ދުޅަހެޔޮ، ހަށިހެޔޮ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން ސިނގިރޭޓު ބުއިން ހުއްޓުވުމަށް ސަރުކާރުން އަންނަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެގޮތުން މީހުން އެއްވާ ގިނަ ތަންތަނުގައި ސިނގިރޭޓް ބުއިން މަނާކުރުމުގެ އިތުރުން، ފޮށީގެ ބޭރުގައި އިންނަ އިންޒާރުގެ މެސެޖާއި އެކު އިންޒާރުގެ ފޮޓޯއެއް ޖެހުން ހިމެނެއެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން ގެނައި އިސްލާހަށް އަމަލުކުރަން ފެށުމުން ފިހާރަތަކުން ވިއްކާ ސިނގިރޭޓުގެ އަގު ބޮޑުވާނެއެވެ. އެގޮތުން އެންމެ އަގުހެޔޮ ވައްތަރުގެ ސިނގިރޭޓު ފޮއްޓެއް ވެސް ލިބޭނީ 85 ރުފިޔާއަށެވެ.

އާއްމު ގޮތެއްގައި ދިވެހިން ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ ވައްތަރުގެ ސިނގިރޭޓު ފޮއްޓެއް ލިބޭނީ މިއަދުން ފެށިގެން 95 ރުފިޔާއަށެވެ. ބައެއް ވައްތަރުގެ ސިނގިރޭޓު ފޮއްޓެއްގެ އަގު އުޅެނީ 100 ރުފިޔާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ސްމީ

    މީގެކުރިން ސަރުކާރައް ހެޓަކައްބެވި ޒުވާ ނުނައް ނުބައި ނަަސޭހަތްދީ މަގުތަކުތައް ހަލަބޮލިކުރީ މިހާރު ތިދޭނަސޭހަތް ގަބޫލްކުރާ ބަޔަކުނެތް

    50
    2
  2. ސަލީމް

    މި ބައިގަނޑު އަންނަ ގޮތައް މިގޮތައް ކަންކުރޭ، މަގޭ ވޯޓް ދެން ތިއޮތީ ލިބިފަ ރީއްޗައް..

    44
    3
  3. ދަލާސްޓް

    ސުވާލަކީ މި އަދު ތިކަން ކުރީ ރަ އްޔިތުންނަށް ފަ އިދާ އަށްތޯ ނުވަތަ ވެރިން ދަވާލާނެ ލާރިކޮޅެ އް ދަ އުލަތަށް ހޯދަންތޯ؟

    58
  4. ސިދާތާގެ ބެޑްސީޓް

    މީ ސިގިރޭޓްގެ ބައްޕަތަ

    37
    1
  5. ޙހހހ

    ޝަކުވާ ކުރަނީ ބޮޑުވެގެންނެއް ނޫން ، މިހަަ އަވަހަށް ވިޔަފާރިވެރިން އަގު ޖައްސާލީމަ ، އެއީ ހަމަ ރިބާ

    33
    4
  6. Anonymous

    ސަރުކާރަށް ފާޑު ކިޔުމުގެ ބޭނުމެއްނެތް. ހުރިހާ ގޮތަކުންވެސް ގެއްލުން ހުރި އެއްޗެއްކަން ކަމުގެ މާހިރުން ގޮވަމުންދާއިރު އެބޯނީ މޮޔައިން. ތިމާއާއި ތިމާގެ މައިންބަފައންނާއި އަނބިދަރިން ތިކަމުން ސަލާމަތްވުމުން ފަހުން އުފާކުރާނެ

    35
    20
    • ސޮރީބުރޯ

      ތިބުނީ ވަރަށް ރަނގަޅު ވާހަކައެއް. ދެރައީ ބައެއް މީހުންގެ ބޯހަރު ކަމުން ގަބޫލު ނުކުރާތީ. އަސްލު 100ރ ވެސް ކުޑަ. 300ރ އަށް ހަދަންވީ.

      5
      4
  7. ކިނބޫ

    ހުއްޓާލާ މަދުކުރޭ ކިޔާކަށް ނުޖެހޭ. އާންމު ތަންތާ ސިގިރޭޓް ބުއިން މަނާ ކަމަށާއި ބޮއިފިނަމަ ޖޫރިމަނާ ކުރަން ގާނޫނުގަ އޮވޭ. ދެން ކޮން ހުއްޓާލާ މަދުކުރޭއެއް. ކޮބިޑާ ގުޅިގެންވެސް ކެފޭތަކުގަ ބުއިން މަނާ ކޮށްފަ އެ އެންގުންވެސް އުވާލީނު. ތީ އެއްވެސް އިޚްލާސްތެރިކަމެއް އޮވެގެން ދައްކާ ވާހަކައެއް ނޫން.

    38
    1
  8. ހިމާރުލް ޤައުމު

    މިނިސްޓަރ މިނިސްޓްރީގަވެސް ސިނގެގެރެޓް ބައްލަވާ. އެއީ ޤާނޫނާ ޚިޅާފު ޢަމަލެއް. މީން އެނގެނީ ސިގެރެޓް ބުއިން ނުހުއްޓޭކަން. މަނިކުފާނަށް ބޮޑޫ މުސާރާޔާ "ސްޕާރީ" ލިބިވަޑައިގަންނަވާތީ ދަތިނުިވާނެތާ

    37
  9. ނުޒޫ

    ކަލޭ ތީ ފަސޭހަ ޕޮއިންޓުން ކައިގެން ނިކުމެ ޕޭމަންޓް މަތީގަ ފެގު ދަމަން ހުންނަ މީހެއް. ޕޭމަންޓުން ދާ ކުޑަކުދިންނަށް ބެލުމެއް ނޯވެ.

    33
    3
  10. މާލްބޮރޯ

    ސިނގިރޭޓު ނުބުއީމަ ވީނުން އޭރުން ސަރުކާރަށް ޑިއުޓީއެއް ވެސް ދައްކާކަށް ނުޖެހޭނެ އަމިއްލަ ސިއްހަތާ ތިމާ މީހާ އަރުވާ ދުންތަކުން އުނދަގޫ ލިބޭ މީހުންގެ ސިއްހަތުވެސް ސަލާމަތްވާނެ 🙂

    11
    3
  11. އޮޅުވާލި ވޯޓު

    މިހާލަތުގަ ތަކެތީގެ އަގުހެޔޮކުރަން ވީމާ ދޭންވީނަސޭހަތެތޯ ސަވާލަކީ ހުރިހާދިމާލަކުންވެސް ރައްޔަތުން ފެލާލަނީ ހުރިހާމީހުން އެބަޖެހޭ މަފުތަކައްނިކުމެ ނާގާބިލު ދިވެހިންފެލާލާ ސަރުކާރު ހަމަމަގައް އަޅުވަން

    18
    2
  12. އަހުމަދު ނީޒް

    ޢެ އްވެ ސަރުކާރަކުން ސިނގިރެޓް ޑިޔުޓީ ބޮޑު ކުރަނީ ރަނގަޅު ނިޔަތެ އް އޮވެގެން ނޫން. ބޭނުމަކީ ކާނެ ލާރި ހޯދުން. ޑިޔުޓީ ކުޑަ ކުރަނީ އަަބަދުވެސް ޕާޓީ މީހުން ކުރާ ވިޔަފާރިން. މިސާލެ އް ފެންނާނެ ލެކި އުޓް ވިޔަފާރި. ޓެކްސް ނަގަން ފެށީ އިންޑައިރެކްޓް ޓެކްސް އުވާލާނެ ކަމަށް ބުނެ. އެކަމު އިންޑަ އިރެކްޓް އަދި ޑަ އިރެކްޓް ޓެކްސް ވެސް ނަގަނީ. ލާރި ތަކަށް ވާ ނުވާނޭނގި ބޮޑެތި މަހުޖަނުންނަށް ބަދަލު ވަނީ. ކޮބާ އިންސާފް

    18
    1
  13. ކަހަބު

    ސިގިރޭޓްގެ އަގު ބޮޑު ކުރިގޮތަށް އާފަލުގެ އަގު ހެޔޮކޮށްބަލަ. އާފަލެއް ލިބެނީ 5ރ 6ރ އަށް. އެވެސް ޑިއުޓީ ކަނޑާފަ އޮތް އެއްޗެއް.

  14. ޢަންސާރު

    މިސަރުކާރުން ކުރި ރަނގަޅު ކަމެއް..އަޅުގަނޑުމެން އަބަދުވެސް ކިޔާނީ ބިނާ ކުރުވަނިވި ފާޑުކިޔުން

    2
    3
  15. ތައްޚާން.

    މޮޅު ވާހަކަ ދައްކާނެ ކަމެއްނެތް؛ ސިގިރޭޓް ބޯމީހުން އެކަން ކުރާނެ މަދުމީހަކު ހުއްޓާނުލާނެޔެކޭނޫން؛ 1.5 ބިލިޔަން ފައިދާވާނެ ކަމަކަށް ނުބުނާނެ އެހެން ނޫނީ؛ މީ ރުފިޔާ ހޯދޭނެ ގޮތެއްނެތީމަ ޔަޤީނުންވެސް ލިބޭނެ މަގެއް ހޯދީ؛ މިހާރު ފޭސް މާސްކް ވެސް އެވަނީ އިޤްތިޞާދީ ނާރެއް އަދި ސްޓިކާ ވެސް؛

  16. ޖަޒީރާ

    ހުއްޓާލާ މަދުކުރޭ ޓެކުސްނެގުން ދުނިއެ ބޮޑުބަލިކައެއްގެ ތެރޭއޮއްވާ އާމްދަނީ ނުލިބޭރައްޔިތުން ފެލާލަނީ 200 ޕަސެންޓް ނަގާ ދައުލަތައް އެތައްމިލިއަންވައްދަނީ އޮބިއަޅާފަ ކޮއްމެ ފޮއްޓަކުން ސަރުކާރައް 60 ރުފިއާ އޮޅުވާލުމެއްގެ ތެރެއިން ބޮޑުއާމްދަނީއެއްނެރެން ބޯމީހުން މަދުކުރުމުގެ ނަމުގަ ކޮއްމެފަހަރަކު އެއްބައެއް މިކަންކުރަނީ

  17. ޖާހު

    ސަރުކާރުން ކޮންމެ ނިޔަތެއްގައި ކުރިޔަސް އެކަން ކުރީތީީ ޝުކުރުވެރިވަން އަހަރެންނަކީ 25 އަހަރު ދުންފަތުގެ އިސްތިޢުމާލު ކުރިމީހެއް މިމަހު 1 ވަނަ ދުވަހުން ފެށިގެން ހުއްޓާލީީ މަހަކު ހަހާސް ރުފިޔާ ޚަރަދު ކުރެވެން ނެތީމަ

    3
    4
  18. މޭން

    ކުކިންގ އޮއިލް ‘ ހަކުރު ، ލޮނު މިކަހަލަ ތަކެއްޗަކީ މާ ސިއްހަތަށް ގޯސް އެއްޗެތި. އަގުބޮޑު ކުރަންވީނު ؟ ތީ ހަމަ މަގުފޭރުން.

    3
    1
  19. ސަޓޯ

    މަގޭ އަތުން ބުޅި އިސްތައްޓެއްވެސް ނުލިބޭނެ އިބުރާހިމް ސޯލިހަކަށް