ސަރުކާރަށް އެކަނި ކޮވިޑް-19 ކޮންޓްރޯލް ނުކުރެވޭނެ ކަމަށް ކުރީގެ ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ޖަމްޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމުގެ ޒިންމާ ސަރުކާރާ އެއްވަރަށް އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކަށް ވެސް އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެންގެ އުޅުމާއި ދިރިއުޅުމުގެ އާދަކާދަތައް އެސެސްކޮށް، އަޅުގަނޑުމެން ކޮންމެ މީހަކަށް އޮންނަ ދައުރު އަދާކޮށް، ބަލި ފެތުރެމުންދާ މިންވަރު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަން ޖެހޭ،" ޖަމްޝީދުގެ ޓުވީޓުގައި ވިދާޅުވިއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ އަދަދު ވަނީ 3،904 އަށް އަރައިފައެވެ. އެގޮތުން މި ބަލި ޖެހިފައި ވަނީ 1،936 ދިވެހިންނާއި 2،13 ބިދޭސީންނެވެ. އެ ބަލި ޖެހިގެން ރަނގަޅުވެފައި ވަނީ 2،613 މީހުންނެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެ އިން 17 މީހަކު ވަނީ ނިޔާވެފައެވެ. އަދި އައިސީޔޫގައި ހަ މީހަކަށް ދަނީ ފަރުވާދެމުންނެވެ.

ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދިން ފަހުން، ރާއްޖޭގައި ކޮވިޑް-19 ޖެހޭ ދިވެހިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. އަޙްމަދު

    ރައްޔިތުންގެ މަޖްލީސް ރަނގަޅުނުވެ އެއްކަމެއްވެސް ރަނގަޅު ނުވާނެ!

    54
  2. ވިސްނޭ

    ސަރުކާރުން އުޅޭތަ ކޮވިޑް ކޮންޓްރޯލް ކުރަން..ވާނެ އެއްޗެއް ވާން ދޫކޮށްލާފަ އޮތީ..

    50
  3. ޢަލީކޮއި

    މިސަރުކާރަކަށް އެ އްވެސް ކަމެ އް ނުކުރެވޭނެ، ކޮބާ ޖުލަ އިމަހު ނެރެންބުނި ފުލެޓް ލިސްޓް، މި އަދުމީ
    އޮގަސްޓް މަހުން ދެވަނަދުވަސް، ޔާމީނު ސަރުކާރުން ކަންކަން ނުކުރެވޭތީ، ކޮރަޕްޝަން ގިރަ އިގެން ބޯތީ،
    އެކަންކަން ރަގަޅުކުރަން އަ އި ސަރުކާރު މިފެންނަނީ ހުރިހާ ކަމެ އް ހަ އްދުފަހަނަ އަޅާފަ އޮތްތަން. އަދިވެސް
    އަނގަ ހވާތި.

    53
  4. Anonymous

    ސަރުކާރުގެ ނާގާބިލް ކަމުން ކޮންޓްރޯލް ނުވަނީ. ރައްޔިތުންނަށްވުރެ ފައިސާ މިހިންމިވެ ބޯޑަރު ބަންދުނުކުރީމަ ކޮވިޑް އެތެރެވީވެސް.

    45
  5. Anonymous

    ދައުލަތުގެ ހަޒާނާ ހުސްވީ 43 މިއަނަށް ޓްރީޓޮޕް ކުތިމަތީގައި ތަނެއް ހެދުމުގެ ނަމުގައި ވެރިންގެ އެކައުންޓްތަކަށް ފައިސާ ކަހާލުމާއި. 10 ވެންޓިލެޓަރު ގެންނަން 35 މިލިއަނާ ރިސޯޓްތަކުގެ 1 އަހަރު ދުވަހުގެ ކުލި އެކީގަ ކަނޑާލާ ވިޔަފާރުވެރިންގެ ޖީބުތަކުން ފައިސާ ހަރަދު ނުކުރާނެ ގޮތަށް ސަރުކާރުގެ ވެރިން ކަންކަން ކޮށްދިނީމަ.

    47
  6. Anonymous

    ސަރުކާރުގެ ދޯހަޅިބސިޔާސަތުގެ ސަބަބުން މިގައުމު ހަލާކުވެގެން މިދަނީ.

    43
  7. Anonymous

    ޖީއެސްޓީ ފައިސާކޮޅު ހޯދުމުގެ ބޭނުމުގައި ބޭކާރުކޮށް ރައްޔިތުން މަގުތަކަށް ދޫކޮށްލުމަކީ މިސަރުކާރުގައި ހިންގުން ތެރި ސިޔާސަތެއް އެކަށެއެޅުމުގެ ގާބިލްކަންވެސް ނެތްކަން އެނގުގެންދާކަމެއް.

    37
  8. Anonymous

    ރަ2ްޔިތުންގެ ސަލަމަތަށް ފިޔަވަޅުއެޅުމުގެ ގާބިލްކަން ނެތް ވެރިއަކު ހުރުމުން ގައުމު ނިމިމިދަނީ.

    39
    1
  9. ޙހހހ

    ސަރުކާރުން ނޫންތަ ބުނީ ތައްޔާރޭ ، އަދި އެވަރަށް އެހީތައްވެސް ލިބުނު ، މިއަދު ކޯޗެއް ކިޔާކަަށް ، ގެނޭ އަހަރެމެންނަށް ލާރިކޮޅު

    39
  10. ޓައްޕު

    އާދައިގެ އަރިދަފުސް ރޯގާ އަކާ ހެދި ބިރުނުގަނެ ބަލަ ހާސް ނުވޭ މަޖިލިސް ޕްރައިވެޓް ލިމިޓެޑުންވެސް ބުންޏެއްނޫންތޯ ކެރަފާ އިންވެސްޓް މެންޓް ގެ މަޖިލިސް ބޯޑު ގެ އިއްޒަތް ތެރި އެއްގަމު ކެޔޮޅު ބުއްޅަ ހުއްތު ގެ ދެފައިގާ ދޫ ލާ ކުދިން ދެން އަތްޖަހާ

    37
  11. އޮޅުވާލި ވޯޓު

    އެކަމަކު ތިމީނޫންތޯބުނީ ފުރިހަމަޔައް ސަރުކާރުއޮތީ ކޮވިޑައްތައްޔާރުވެފައޭ ދެންމިހާރު ކީކޭތިކިޔަނީ ތިއަޑެނީވޭނެ ދެނެއް އަޑުއަހާކައް ބޭނުމެވެސްނޫން

    29
  12. ދަރަނި ދަންތުރަ

    އާއްމު ރައްޔިތުން ޒިންމާކުރުވަން ޖެހެނީ ސަރުކާރު ، ސަރުކާރު މިއޮތީ ވާގިނެތިފައި ބޮޑުތަނުން ފެއިލްވެފައި

    32
  13. ރާނާ

    ޜަގަޅު ވާހަކަ އެއ އް އެކަމަކު މަމެންގެ ތެރެ އިން ގިނަމީހުން ޤަބޫލުކުރަނީ ހަމަ އެކަނި ސަރުކާރަށް މިކަން ހަ އްލު ކުރެވިދާނެކަމަށް ، ތިމާމެންގެ ޒިންމާ ވަނީ ހަނދާން ނަ އްތާ ލާފަ

    4
    25
  14. ޖަމީ

    ރަނގަޅު، އެކަމަކު ބޮޑަށް ކޮންޓްރޯލް ވެފަ ހުރި ގައުމުތަކުގަ ސަރުކާރުގެ އުސޫލް އަދި ސިޔާސަތުގެ އަތް ވަރަށް ބޮޑު... އެވާހަކަ އެންމެން މިދައްކަނީ..... ޒާތީ ވަނީކީއް ނޫން.... ސަލާމް

    35
  15. މޮޔަސޮރު

    ސަރުކާރަށް އެކަނި ރައްޔިތުންގެ އަޑެއްނެތި ޤައުމުގެ ބަޖެތް ފެންފޮދެއް ނެތި ދިރިވާލެވޭ ދޯ. ލިބުނު އެއީތައް ދިޔައީ އަޑިޔަށްތަ

    26
  16. ހޭބަލި

    ހޭބަލިންތަކެއ އްތަ ތި އީ. އޭނަ މިނިސްޓަރަކަށް ނޫޅޭ. އޭނަ އުޅުނީ ސްޓޭޓް މިނިސްޓަރަކަށް.

    2
    9
  17. ޙަމަ

    މުޒާހިރާ ބާރަ އް ކުރިޔަ އް

    13
    2
  18. އޮޅުވާލި ވޯޓު

    ަހަރުމެންގެ އެހީތެރިކަމެ ނުލިބޭނެ އަހަރުމެން މިތިބެނީބަފެފަ ކާނެއެއްޗެނެތހިފަ ބިކުތަނުދެއްކިފަ މިތިބެނީ ސަރުކާރުންކޮއްދިނީކޮންކަމެ

  19. ޝައްފަ

    ރައްޔިތުން ލެޔާއި ދަލާއި ކަރުނަ އޮހޮރުވައިގެން ގެނައި ސަރުކާރެއް ބަދަލުކޮށްގެން އައި މީހަކަށް ސަނާ ކިޔާފައި ވަޒީރުކަން ދިނަސް އެނުވާނެ ވަޒީރު ކަން ކުރީކަމަކަށް. އެހެންކަމަށް ބެލެވޭނީ އެމުއްދަތުގައިވެސް ކޮންމެވެސް ޕާރފޯމަންސް އެއްދައްކާ ބަދަލެއް ގެންނަން ކޮންމެވެސް މަސައްކަތެއް ކުރިނަމަ. އެ މުއްދަތުގައި އެއްވެސް މަސައްކަތެއް (ކަމެއް) ނުކޮށް ހުރެ ތިޔަހެންކީމާ ވާނެ ގޮތަކީ އަމިއްލަ އަށް ސޯ........ ބލޭނީ !

  20. މަނީއު

    ރައްޔިތުންގެ މަޖްލީސް އުވާލައިގެން ނޫނީ އެއްކަމެއްވެސް ރަނގަޅު ނުވާނެ!

    12
  21. ިބޯކިބާ

    ސަރުކާރެއް އެބައޮތޭތަ؟

    13
  22. ޕުއަރ އިބޫ

    ބަލަ މިއީ ސަރުކާރުގެ ބަޔަކު ބޭނުން ވެގެން ފެތުރާލި ކަމެއް.

  23. ބަކުރު

    ސަރުކާރު ހަމަ މިވަގުތު އިސްތުއުފާދިނުން ރަށްޔަތުން އެދޭ އެދުމެއް .

  24. ސުއޫދު

    ކީއްތޯ ނުވާންވީ ސަރުކާރަކަށް ހުރިހާކަމެއްވެސް ކުރެވޭނެ. މީ ހުން ވެސް މެރޭނެ

  25. މިއަދު

    ސަރުކާރަށް އެކަނި ނުވާނެ އެކަންގަބޫލުކިރަންވީ ސަރުކާރާއި ރަޢިއއޔަތުންގެމަޖިލިސް ދިވެހިރަޢިއްޔަތުން އެކަންގަބޫލުކުރޭ އެކަމު މަޖިލިހިގެ ނުލަފާކަމުން މިރާއްޖެއިން ކޮވިޑް ކޮންޓްރޯލް ނުވެގެންމިދަނީ

  26. މިއަދު

    އަތޮޅުތަކަށް މިބަލިފެތުރިގެންދަނީ އުސޫލެއްނެތި މާލެދޫކޮށްލުމުން ކައުންސިލްތަކާއި ސ މަރުކަޒުތަކަށް ބާރެއްނެއް އޮތްހާވެސް ބާރަކީ އަހުރެންދޭލިއުން ހަވާލުކުރުމާއި އަހުރެންދޭ ނޯޓިސް ހަރުކުރުން

  27. މިއަދު

    ޢަތޮޅުތަކަށް މިބަލި ފެތުރުން ހުއްޓުވަން ކުރަންޖެހޭ އެއްމެ މުހިއްމު އެއްކަމަކީ ދަތުރުކުރާމީހުން މާލެފައިބާ ނުއުޅެވޭގޮތަށް އުޞޫލުހަދާ ބެލެހެއްޓުން ގަވައިދާޚިލާފަށް ފައިބާއުޅޭމީހުން ބަންދުވެސްކިރަންވީ ކައުންސިލްތަކަށް އިތުރު ބާރުވެސްދޭންވީ