ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ރަައީސުލްޖުމްހޫރިއްޔާ އާއި ބައްދަލު ނުކުރެވޭ ކަމަށް ބުނެ ދައްކާ ވާހަކަތައް ދޮގުކުރައްވައިފިއެވެ.
މި ވާހަކަތައް ސޯޝަލް މީޑިއާގައި އެންމެ ފުރަތަމަ ހިއްސާ ކުރެއްވީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރުއެވެ. އެގޮތުން އެމަނިކުފާނު ވަނީ ސަރުކާރު ވެއްޓުނަ ނުދީ ނަގަހައްޓާދިނުމުގައި ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުންގެ ދައުރަކީ މުހިއްމު ދައުރެއް ކަމަށް ކަމަށް ފާހަގަކުރައްވާ ޓްވީޓު ކުރައްވާފައެވެ. އަދި ރައީސަށް މެމްބަރުނާއި ބައްދަލުކޮށް މަޝްވަރާ ނުކުރެވޭ ނަމަ ދެން މަޝްވަރާ ކުރެވޭނީ ކޮން ބަޔަކާތޯވެސް އޭނާ ސުވާލު އުފެއްދެވިއެވެ.
އާދަމް ޝަަރީފްގެ އެ ޓްވީޓަށް ރައްދުދެއްވާ އާޒިމް ކުރެއްވި ޓްވީޓެއްގައި ވަނީ، ރައީސް އާއި އަބަދުވެސް މެމްބަރުންނާއި ބައްދަލުވާކަމަށް ފާހަގަކުރައްވާފައެވެ.
Alhugadumennaa verimeehaa aa bahdhaluve. Thee nimidhiya sarukaaruga thiyakan oiy goiy. Sarukaaru dhamahataaneeves nuvatha verikan badhalukuraaneeves rahyyithun. https://t.co/Wgf9EyV0gR
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) August 2, 2020
އާޒިމް މިފަދައިން ވިދާޅުވެފައި ވާއިރު ބައެއް މެމްބަރުން ރައީސް އާއި ބައްދަލުނުވެގެން ހަމަނުޖެހުން އުފެދޭ ކަމަށް މީސްމީޑިއާގައި ވެސް ވަނީ ޚަބަރުތައް ފެތުރިފައެވެ. އަދި މެމްބަރުން އެކަމާއި ހިތްހަމަ ނުޖެހޭ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.
އަދި ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރަން އެޕޮއިންޓްމެންޓެއް ދިނުމަށް ފަހު މެމްބަރުން ދިއުމުން ބައްދަލު ކުރީ ހައުސިން މިނިސްޓަރ އަސްލަމް އާއި، އިކޮނޮމިކް މިިސްޓަރ ފައްޔާޒް ހިމެނޭ ގޮތަށް ބައެއް ވަޒީރުން ކަމަށް ވެސް ވަނީ އަޑު ފެތުރިފައެވެ.
މި ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ ޕީޖީ ލީޑަރ އަލީ އާޒިމް "ވަގުތަށް" ވިދާޅުވީ އެ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.
"ރައީސް އާއި އަބަދުވެސް ޓެކްސްޓުން ވެސް ފޯނުންވެސް ބައްދަލުވޭ. ރައީސް އާއި ބައްދަލުކުރަން ބޭނުންވެ ބައްދަލު ނުވާ އެންމެ މެމްބަރެއްވެސް ނުހުންނާނެ. އަޅުގަނޑު މިހެން މިދަންނަވަނީ އަޅުގަނޑުމެން އެންމެންގެ ފަރާތުން. ރައީސް އޮފީހުގައި ބައްދަލުވުމެއް އޮތް އީދު ތެރޭގައި. އެއީ ރިވައިސްޑް ބަޖެޓާއި މެދު،" އާޒިމް ވިދާޅުވިއެވެ.
މެމްބަރުންނަށް ރައީސް އާއި ބައްދަލު ނުވާކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅޭ ގޮތުން އާދަމް ޝަރީފް "ވަގުތަށް" ވިދާޅުވީ މިދިޔަ ހަފްތާގައި ގިނަ މެމްބަރުން ރައީސް އާއި ބައްދަލުކުރަން ބޭނުންވި ނަމަވެސް ރައީސް އާއި ބައްދަލު ނުވާކަން އެނގިފައިވާ ކަމަށެވެ.
އެމްޑީޕީ އަށް ނިސްބަތްވާ ބައެއް މެމްބަރުން ފަހަކަށް އައިސް ސަރުކާރަށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ.
ރީނދޫ ހުމުގެ މީހުނާ ބައްދަލު ވާނެ.
ޢާޒިމް ދޮގު ހަދައިގެންވެސް ފޫބައްދަންވާނެ.
ތިޔަވިދާޅުވީ މަޖިލިސް ރަ އީސްގެ ވާހަކަ އުތަ
ކަލޭތިޔައީތެދުބަސްބުނާ،ތެދުބަސްގަބޫލުކުރާ
ހެޔޮ މަގުގަބޫލުކުރާނެ މ މީހެއްނޫން
އާޒިމް ކަލޭ ކޮސް ނުގޮވާ.ބޮޑު ރޯނު އެދުރު.