މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާތަކުގެ ތެރެއިން 169 މިލިއަން ރުފިޔާ ހޯދައިފިއެވެ.

މީރާއިން ވަނީ ޑަނިން ޕޮލިސީގެ ދަށުން މިހާތަނަށް 64 މިލިއަން ދައުލަތަށް ހޯދާފައެވެ. މީރާއިން ބުނީ އެ ފައިސާގެ އިތުރުން ރިމައިންޑާ ކޯލްސް އާއި އީ-މެއިލް މެދުވެރިކޮށް ކުރި މަސައްކަތުން 71 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށެވެ.

ހަމައެއާއެކު ބޭންކް އެކައުންޓް ފްރީޒިން ޕޮލިސީގެ ދަށުން ދެ މިލިއަން ރުފިޔާ ހޯދާފައިވާއިރު ޑިއުޒް ކްލިއަރަންސުގެ ގޮތުގައި 31 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ.

ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަން އެންމެ ބޮޑަށް ފާހަގަވެގެން ދަނީ އޮޑިޓާ ޖެނެރަލް އޮފީހުން ނެރޭ ދައުލަތުގެ އިދާރާތަކުގެ އޮޑިޓް ރިޕޯޓުންނެވެ. އެ އޮޑިޓު ރިޕޯޓުތަކުގައިވާ ފައިސާތައް ހޯދުމަށް މިހާރު ފިނޭންސް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އޭރު ފިނޭންސް މިނިސްޓްރީން ވެސް އެ މަސައްކަތް އެގޮތަށް ކުރަން ވަނީ ފަށާފައެވެ.

ނަމަވެސް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އޮޑިޓް ރިޕޯޓްތަކުގައި އިސްލާހު ކުރުމަށް ހުށަހަޅާ ކަންކަން އެއް އަހަރުން އަނެއް އަހަރަށް އިސްލާހު ކުރާ ތަން ނުފެނުމެވެ. އެގޮތުން މާލިއްޔަތު ކޮމެޓީގައި މީގެކުރިން އެމަނިކުފާނު ވަނީ އެކަންބޮޑުވުން ހިއްސާކޮށްފައެވެ.

ޒިޔަތު ވިދާޅުވީ، އޮޑިޓް ރިޕޯޓްތަކުގައި އެއް މައްސަލަތަކެއް އަހަރުން އަހަރަށް ހިމަނަންޖެހިފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ގިނަ ރިޕޯޓުތަކުގައި އެއް ކަހަލަ މައްސަލަތަކެއް ހުންނަކަން ފާހަގަކުރެވޭ އިރު އެ މައްސަލަތައް ހައްލުކުރާ ތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގިނަ ފަހަރަށް ރިޕޯޓްތަކުގައި ފާހަގަކުރާ ކަންކަން ކުންފުނިތަކަށާއި މިނިސްޓްރީތަކުގެ ސަމާލުކަމަށް އަންނަނީ މިޑީއާތަކުގައި އެ ވާހަކަތައް ޖެހުމުން ކަމަށެވެ. އިސްލާހު ކުރަންޖެހޭ ކަންކަން ކުންފުނިތަކާއި މިނިސްޓްރީތަކުން ވެސް މިހާރަށް ވުރެ ރަނގަޅަށް މަޝްވަރާކޮށް އެނަލައިޒްކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މިތުރާ

  ކިތައް މިލއަން ރުފިޔާ ޚަރަދުކޮއްގެންތަ ތިއަދަދު ލިބުނީ

  10
 2. ހަކީމް

  އިބޫއަށް ވާނެ

 3. ބޯހަލާކު

  ކޮބާތޯ އެފްޕީއަޑީ (މާރިޔާގެ ކުރީގެފިރިމީހާ) ނެގިލާރިތައް، ނަޝީދުވެރިކަމުގަ ކޭހާލާރި (އޮޑިޓްރިޕޯޓުންދެއްކި)، އެމްއެންޕީއާރްސީގެލާރުގަނޑު، ކޮބާމިސަރުކާރުންބަހާލި ލާރިގަނޑު އަދި ކޮރޯނާ ލާރިގަނޑު....!!؟ ކުޑައަދަދެއްޖަހާލާފަ ރައްޔިތުން ގުނބޯހައްދަން...