ދާދި ފަހުން ހުޅުމީދޫއަށް އެރި އުދައިގެ ސަބަބުން އެރަށުގެ އަތިރިމައްޗާ ދިމާލުން އެފުދުނު އާ ރަށަށް ގައުހެރެގެ ނަމުން ނަން ދީފިއެވެ.

އެރަށުގެ އަތިރިމައްޗާ ދިމާލުން އުފެދުނު އެ ހުރާގަނޑުގައި މިހާރު ވަނީ ގަސް އިންދާ އޮށް ވަޅުލާފައެވެ. އެކަންތައް ކުރިއަށް ގެންގޮސްފައި ވަނީ މީދޫ ނަލަ ފެހި ޖަމިއްޔާގެ ފަރާތުންނެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވީ، އައްޑޫއަށް އުދަ އަރައިގެން އުޅުމުގެ ތެރޭގައި މީދޫ ކައިރިން ރަށެއް އުފެދިފައިވާ ކަމަށެވެ. އަދި އެ ޖަމިއްޔާގެ ފަރާތުން އެތަނަށް ގޮސް ރުށް ޖަހާ ބައެއް ކަހަލަ އޮށް އިންދާ ހަދާފައިވާ ކަމަށް ރޮޒޭނާ ފާހަގަކުރެއްވިއެވެ.

އަދި އެރަަށް މީދޫ ރައްޔިތުން ދިން ނަމަކީ ގައުހެރެ ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

މި ހުރާގަނޑަކީ އެރަށު ފުއްޓަރު ފަރާތު ރާޅޫ ނަގާ ހިސާބުގައި އުފެދިފައިވާ ހުރާ ގަނޑެކެވެ.

މި ހުރާގަނޑުގެ ދިގުމިނުގައި 2500-3000 ފޫޓޫ ހުންނާނެ އެވެ. އަދި ފުޅާމިނުގައި 25-30 ފޫޓު ހުންނާނެ ކަމަށް ލަފާ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޏަވިޔަނި

    ޢަކިރި ހެރަ

  2. ޞާރި

    ޜޮޒޭ ހެރަ ކިޔަންވީ ރޮޒޭނާ

    5
    3
  3. އަމީނުލް އާއްމު މާލު

    މަޖިލީހުން ފާސް ކުރާ ނަމެއް ވަރަށް އަވަހަށް ތި ކޮޅަށް އެބަ ފޮނުވަން@

  4. ބޯކިބާ

    ގައުހެރަޕޫރު، ގައުހެރައާބާދު ނޫނީ ގައުހެރަޕަޓުނަމް ކަހަލަ ނަމެއްކީނަމަ އަޅެ.

  5. މީދޫ ސޮރެއް

    ގާ ގެ މާނައަކީ އައްޑޫ ބަހުން ގައު ... އެހެންވެ ދޯ "ގައުހެ ރެ" ކީ... ކާކު އުފެއްދި ނަމެއް ބާ؟؟????

    10
    1
  6. ކާފަ

    ތިދާނެ އިރުވައި ހަޅަ ޖަހާއިރަށް..