މިދުވަސްވަރު ކަށުނަމާދުގެ ޖަމާއަތް ހަދާއިރު ދެމީހުންގެ ދޭތެރޭގައި ހުސް ޖާގަ ބެހެއްޓުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.
ސިޓީ ކައުންސިލުން މިގޮތަށް އަންގާފައި މިވަނީ މިދުވަސްވަރު ރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނާތީ އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. އެގޮތުން ސިޓީ ކައުންސިލުން ވަނީ މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ކަށުކަމާ ކެމީގެ ކަންކަން ކުރުމާއި ކަށުނަމާދު ކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލާފައެވެ.
މިސްކިތްތަކުގެ ތެރެއިން، މާލޭގައި ކަށު ނަމާދު ކުރާނީ، މަސްޖިދުއް ތަޢާވުން ނުވަތަ އާސަހަރާ މިސްކިތުގައި ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އަދި ކަށުނަމާދު ކުރެވޭނީ ފަރުޟު ނަމާދުތަކުގެ ޖަމާއަތްތަކާއި ދިމާނުވާ ގޮތަށް ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.
މައްޔިތާ ސަހަރާއަށް ގެންދިއުމާއި އެކު ކަށުކަމާކެމީގެ ކަންކަން ވީ އެންމެ އަވަހަކަށް ކުރަންވާނެ ކަމަށާއި އެކަމަށް މައްޔިތާގެ އާއިލާގެ ފަރާތުންވެސް ބޮޑު އިސްކަމެއް ދޭންވާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ހިނަވާ ގޭގައި މައްޔިތާ އެންމެ ގިނައިރުވަންދެން ވެސް ބޭއްވޭނީ ތިން ގަޑިއިރުވަންދެނެވެ. ޖަނާޒާގައި ބައިވެރިވުމަށް އަންނަ ފަރާތްތަކުން ހިނަވާގޭގެ އެތެރެއާއި ސަހަރާގެ ގޯތިތެރޭގައި އުޅޭއިރު، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސްކޮށްފައިވާއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފައިވެއެވެ.
ސިޓީ ކައުންސިލުން މިފަދައިން ބުނެފައިވާއިރު އިސްލާމިކް މިނިސްޓްރީން މިފަދައިން އެއްވެސް އެންގުމެއް އަންގާފައެއް ނުވެއެވެ. އަދި މިހާރުވެސް މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ފަރުޟު ނަމާދު ކުރަމުން އަންނައިރު ގައިދުރުކަމެއް ނުބަހައްޓައެވެ.
ދީން އަޅުކަން ސުއްނަށް ނައްތާލަން ހީނަރުކޮއްލަން ކުރެވުނުހައި ކަމެށް ކުރާނެ ނަމަވެސް ޙައްގުގައި ތެދުވާ ދީނަށް ނަސްރުދިނުމުގައި ތެދުވާނެ ޒުވާނުން ތިބޭނެ .
އާދެ އިންޝާﷲ
ސިޓީ ކައުންސިލަކަށް ނޭންގޭނެ، ސުންނަތުގައިވާ ގޮތަށް މަލާއިކަތުންގެ ސަފުތަކާއި އެއްގޮތަށް ކައިރީގައި ހަދަންވާނީ
ދުކޮތަރު އިޔާޒު ހަތިޔާރުބެހެއްޓީ ތަ!!
ދީނޭ ސުންނަތޭ ކިޔާއިރު ތިއުޅެނީ ސައުދީގެ މުފްތީންނަށް ވުރެ މަތީގަތާ؟ ކޮންތާކުންތޯ އިސްލާމްދީން ކިޔެވީ؟ ކީރިތި ގްރުއާނާއި ތަފްސީރާއި ހަދީޘް ފޮތްތަކާއި ދީނީ އިލްމުވެރިންގެ ބަހަށް ވުރެ އަމިއްލަ ބަސް މާ މަތިވީތޯ؟ މަށަކީ ހަދީޘް އިލްމު އެހާވަރަކަށް ނުކިޔަވާ މީހަކަށް ވުމުން ނެތިން ހަދީޘްތައް ތަރުޖަމާ ކުރާކަށް.
ބައްލަވާ "Volume 7, Book 71, Number 665o: Sahih al Bukhari"
ހަަމައެކަނި އެހަދީޘުގައިވެސް އެވަނީ ބަލިޖެހިފައިވާ މީހުންނާއި ބަލިނޫން މީހުން އެއް ނުވުމަށް.
އިސްލާމްދީނޭ ބުނީމާ ބައެއް މީހުންނަށް ބައެއް މީހުންނަށް ހީވަނީ އެއީ ހަމައެކަނި ތުނބުޅި ދިގުކޮށް ޖުއްބާ ލުން އެކަނި ކަމަށް. ނަމާދުވެސް ކުރާނީ ހިތަށް އެރިއްޔާ ނޫނީ "ތިމަންނަ ހުރިހާ ރެއެއްގައި މެދުނުކެނޑި ނަމާދު ކުރާނަމޭ،" (Sahih al-Bukhari 5063: Book 67, Hadith 1) އުސޫލުން.. ބުއްދީގެ ބޭނުމެއް ދުވަހަކުވެސް މިބައިގަނޑަކަށް ނުކުރެވޭނެ.
މިވަގުތުގައި ދީނަށް ނަސްރު ދެވޭނީ ސިއްޙީ މާހިރުންގެ ލަފާތައް އަޑުއަހައިގެން. ސަބަބުތަކުގައި ހިފޭނީ މާސްކުއަޅައި ގައިދުރުކޮށްގެން. މުޒާހަރާ ކުރެވިދާނެ މިބައްޔަށް ވެކްސިނެއް ހޯދި ބަލިން ރައްކާތެރިވެގެން. މިވަގުތު އޮތީ ކެތްތެތިވުން. ބޮޑާކަން ދޫކޮށްލައި ހެލްތުން ބުނާއެއްޗެ ވެބްސައިޓުން ބަލައި ރިސާޗުކޮށް ކަށަވަރުކޮށްގެން އަޑުއަހަންވީ. ބޮޑާނުވޭ. އިބިލީސް ސުވަރުގެއިން ބޭރުކޮށްލަން ޖެހުނީ ބޮޑާކަމުގެ ސަބަބުން. ދިވެހިން ބޮޑާވަންޏާ މިބަލިގަނޑު ބޮޑުވެ އެންމެން ނެތިގެން ދިޔުމަކީވެސް ދުރުކަމެއް ނޫން (ދިވެހީން މަރުނުވިކަމުގައިވިޔަސް ގައުމު އިކޮނޮމިކް ކޮލާޕްސް / ބޭންކްރަޕްޓް ވެގެން މަރުވެދާނެ ބޮޑާކަމުގައި އުޅެންޏާ)