ލ.ގަމު ތުނޑީ އަވަށު ބަނދަރުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ ލ. ގަން، ތުނޑި، ލަވްސައިޑް އަބްދުއް ލަތީފް އިބްރާހީމް ހެކި ނައްތާލި މައްސަލައެއްގައި ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

މިދިޔަ މާޗު މަހުގެ 22ވަނަ ދުވަހު ލ. ގަން، ތުނޑި ބަނދަރު ސަރަހައްދުގައި އޮތް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލޯންޗެއްގައި ޤަޞްދުގައި އަލިފާންރޯކޮށްލި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ލ. ގަން، ތުނޑި، ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސްއާ ލ. ގަން، ތުނޑި، ލަވްސައިޑް އަބްދުއް ލަތީފް އިބްރާހީމްގެ މައްޗަށެވެ.

ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އެ މައްސަލައިގެ ހެކި ނައްތާލާފައި ވާތީ އަބްދުއްލަތީފް އިބްރާހީމްގެ މައްޗަށް ލ. ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއަށް އަބްދުއްލަތީފް އިބްރާހީމް އިޢުތިރާފްވެފައިވާތީ އޭނާ 1 އަހަރާއި 12 ދުވަހަށް ޖަލަށްލުމަށް ގަމު މެޖިސްޓްރޭޓު ކޯޓުން ހުކުމް ކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އަބްދުއް ލަތީފް އިބްރާހީމް ދިރިއުޅޭ ލ. ގަން، ތުނޑި، ލަވްސައިޑް، ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން ބަލާ ފާސްކުރިއިރު ފެނުނު ހާޑް ޑިސްކްއެއް ތަހުލީލްކުރިއިރު ޓެރެރިސްޓް ޖަމާއަތްތައް ކަމަށްވާ ޖަބްހުތުއް ނުސްރާއާއި އަލް ގައިދާއަށް ތާއީދުކުރާކަން ދޭހަކޮށްދޭ ލިޔުންތައް ފެނިފައިވާ ކަމަށް ޕީޖީން ބުންޏެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ ދެމީހުން ފުލުހުންގެ ލޯންޗުގައި ރޯކޮށްލި މައްސަލާގައި ދެމީހުންގެ މައްޗަށް ވެސް ކުރަނީ އެއް ދައުވާއެކެވެ.

އެއީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ގެ 1-16 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާ ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. މި ދެމީހުންގެ މައްޗަށް ދައުވާ އުފުލުމަށްފަހު މިދިޔަ މަހުގެ 29ވަނަ ދުވަހު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. މި ދަޢުވާ ސާބިތުވެއްޖެނަމަ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙުސެން5

    8 ފެބުރުއަރީ 2012 ގައި ތަންތަން ރޯކޮށް ހުޅުޖެހި މީހުންނަށް ދައުވާ ނުކުރޭ؟

    24
    4
    • ގަޒީ

      އަބްލޯގާޒީ ކިޑްނެޕް ކުރި މައްސަލާ ކުއްސާބިތުވެ 12 އަހރަށް ޖަލށް ހުކުންކޮށްފަ ހުރި އެންމެ ބޮޑް ޓެރަރިސްޓް ކަލޭގެ މިނިވަން ކަމާއެކު އެއުޅެނީ މިގައުމުގާ ބޮޑު ހުޅުޖެހުމުގާވެސް ކޮމާންޑަރަކީވެސް ބުއްޅަބެ އަސްކު މިހާ ހިފާ ހައްޔަރު ނުކުރާހާ ހިދަކު ތިފަދަ ޖަރީމަތަށް ނުހުއްޓުވޭނެ ޕިޖީ މީ ހަމަ މީހެއްތަ ވަކިބަޔަކަށް ދައުވާކޮއްފަ ތިމާގެ ޕަޓީ މިހަކު ކިތަންމެ ބޮޑު ނުބާ ކެއް ކުރިއަސް ހެޔޮނިޔަތުގަ މިކަހަލަގެ ޔަހޫދީ ގައްދާރުން ފަޑިޔަރު ގޭގަ މިތިބީ މިދުވަސް ވެސް ހިނގާދަނެ ބުއްޅަބޭ 12 އހަރު އޮތްކަން ހަދާންކުރާތި އެކަން ބެލޭނެ ބުއްޅަބެ ޖަލަށްވެސް ދާނެ ހައް ހައް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

  2. ހަސަނާ

    ދެންކޮބާ ދީނައްފުރައްސާރަކޮއް އިސްލާމްދީން މިގައުމުންނައްތާލަން އުޅޭމީހުންނައް އޮތްއަދަބަކީ.. ދައުލަތުންމުސާރަދީ ސަރަފުވެރި ވަޒީފާތައްދިނުން ތާ...

    24
    2
  3. Anonymous

    07 ފެބްރުއަރީ 2012 އާއި ގުޅިގެން އެމްޑީޕީ ގެ ކެނެރީގެ ބުއްޅަބޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސަރުކާރުގެ ކޯޓުަތަކާއި ޕޮލިސް ސްޓޭޝަން ތަމުގައި އަލިފާން ރޯކޮށް އެންދި ކޮބާ އެ މައްސަލަ ތައް

    14
    2